"ހޯމް ސްޓޭ" ޓޫރިޒަމް ރަސްމީކޮށް ރާއްޖޭގައި ފަށައިފިއެެވެ. އެކަން ފެށުން ފާހަނގަކޮށްފައި ވަނީ މިއަދު ހަވީރު، މ. އަތޮޅު ދިއްގަރަށް އައި ފަސް ފަތުރުވެރިންނާއި އެކުގައެވެ.

މިއަދު ހަވީރު އެރަށަށް އައި ފަތުރުވެރިންނަށް އެރަށުން ހޫނު މަރުހަބާއެއް ކިޔާފައި ވެއެވެ. އެގޮތުން އެރަށު ބަނދަރަށް ލޯންޗް ވަނުމުގެ ކުރިން ދޯނިތަކުން އެ ފަތުރުވެރިންނަށް މަރުހަބާ ކިޔާފައި ވެއެެވެ. މި މަރުހަބާ ކިޔުމަށް ދޯނިތަކުގައިވެސް ސަގާފީ ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވެއެވެ. އަދި ވޯޓާ ސެލިއުޓެއް ދީފައި ވެއެވެ.

ހޯމް ސްޓޭ ޓޫރިޒަމް ރާއްޖެއަށް ތައާރަފް ކުރަން ދިއްގަަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ރާއްޖެ ޓީވީ ޓްވިޓާ

އަދި އެރަށުގައި ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށްޓަކައި ސަގާފީ ކުޅިވަރުތައް ކުރިއަށްގެންދިއުމަށްވެސް ވަނީ ނިންމާފައެވެ.

އަދި ރަށު ކައުންސިލާއި، ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމާއި، ރަށުގެ ރައްޔިތުން ބައިވެރިވެގެން އެ ފަތުރުވެރިންނަށް މަރުހަބާ ކިޔާފައި ވެއެވެ.

އެރަށުގައި ހޯމް ސްޓޭ ޓޫރިޒަމް ފަށާއިރު، އެރަށު މޫރިތި ގޭގެ ތިން ކޮޓަރިއެއް ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ސްޓޭންޑާޑްއަށް ފައްތާފައި ވެއެވެ. އަދި އެރަށުގައި ހޯމް ސްޓޭ ޓޫރިޒަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ގޭގެ ވެރި ފަރާތަށް އެކަމުގެ ލިޔުން ހަވާލުކޮށްފައި ވެއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން އެރަށު ކައުންސިލް ރައީސް އަހްމަދު ނިޝާން ވިދާޅުވީ، މި ފެށުމަކީ ނަމޫނާ ފެށުމަކަށް ވާނެ ކަމަށެެވެ.

އެރަށު މިއަދު އަންނަ ފަސް ފަތުރުވެރިންގެ ތެރޭގައި ހިމެނެނީ އެމެރިކާ ދެމަފިރިންނާއި ސޫދާން ދެމަފިރިންގެ އިތުރުން ހާއްސަ މެހެމާނެކެވެ. އެ މެހްމާނަކީ ޔޫއެންގެ ހާއްސަ ބޭކަނބަލެއް ކަަމަށްވާ ކެތްރީން ހިމެނެއެވެ.

ދެ ރޭ ވަންދެން މި ފަތުރުވެރިން އެރަށުގައި މަޑުކުރާނެއެވެ.

މިއަދު އޮތް ރަސްމިއްޔާތުގައި ފަތުރުވެރިންގެ ފައިގެ ޕްރިންޓް ނަގާފައި ވެއެވެ. މި ފަތުރުވެރިންގެ ޝަރަފުގައި އެރަށުގައި ހާއްސަ ހަރަކާތްތަކެއް ބާއްވަން ވަނީ ނިންމާފައެވެ.

މިހާރުވެސް އެރަށުގައި ހޯމް ސްޓޭ ޓޫރިޒަމަށް ހާއްސަކޮށް ކޮޓަރިތައް ތައްޔާރުކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީން އެކުލަވާލި ގަވައިދުގައި ބުނެފައިވާ ގޮތުގައި ގަވާއިދުގެ ދަށުން ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދޫކުރެވޭނީ، ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށެވެ.

ހޯމް ސްޓޭ ޓޫރިޒަމް ރާއްޖެއަށް ތައާރަފް ކުރަން ދިއްގަަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ރާއްޖެ ޓީވީ ޓްވިޓާ

ގަވައިދުގައި ވަނީ ފަތުރުވެރިން ބައިތިއްބާ ކޮޓަރި ހުންނަން ޖެހޭނެ ގޮތުގެ ތަފްސީލްތައް ވެސް ހިމަނާފައެވެ. އެކޮތުން ކޮޓަރީގެ ބޮޑުމިނުގައި މަދުވެގެން 120 އަކަފޫޓް ހުންނަން ޖެހޭނެ ކަމަށް ގަވައިދުގައި ބުނެފައި ވެއެވެ. އޭގެ އިތުރުން ކޮޓަރީގައި ބާލީސް ހުންނަން ޖެހޭނެ އަދަދާއި، ތަޅު ހުންނަން ޖެހޭނެ ގޮތާއި އަދި ފާހާނާ ހުންނަން ޖެހޭނެ ގޮތުގެ ތަފްސީލްތައް ވެސް ގަވައިދުގައި ހިމަނާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ލލ

    ތިޔަ ހޯމް ސްޓޭ ޓޫރިޒަމް މާލޭގައި އޮންނަތާ 50 އަހަރު ފަހުން އަތޮޅުގެ ރައްތަކަށް ދިޔައީމާ ބައިއަޅަން ޖެހޭމީހުންވެސް ގިނަ މީރާޔަށް ބަޔެއް ޓޫރިޒަމް މިނިސްޓުރީއަށް ބަޔެއް ކައުންސެލަށްވެސް ބަޔެއް އަޅަން ޖެހިފައި މިއޮތީ !

    11
  2. ސސ

    ސީދާ ރައްޔިތު މީހާގެ ޖީބަށް ޑޮލަރު ފޭބީ !

    6
    13
    • ހހ

      ނުވާނެ ތިކަމެއް... ގެްސްޓް ހައުސްގެ މުއްސަދި ވެރިންނަށާ ސަރުކާރަށް ދައްކަން ޖެހޭނީ... ނިކަމެތިން ތިޔަކަމުން މުއްސަންޖެއް ނުވާނެ

  3. ފެންނާނެއޭ

    ހޯމް ސްޓޭ ޓޫރިޒަމް ގެ ސަބަބުން ރާއްޖެތެރޭ ރަށްރަށު މީހުން ދީނާއި ދުރަށް ދާނެ ކަން އެއީ ޔަގީންވެ ކަށަވަރުވާ ކަމެކޭ މިހާރު މާފުށި ބަލާބަލަ މާފުށީގައި ގިނަ ޒުވާނުންނަކީ އެއީ މިހާރު މަސްތުވާ ދިޔާ ތަކެތި ބޭނުންކުރާ ޒުވާނުންނޭ ކުރިން މާފުއްޓަކީ އެއީ އެޒާތުގެ އެއްވެސް ކަމެއް ކުރާ ރަށެއް ނޫނޭ އަދި ނިވާކަން ކުޑަ ހެދުން އަޅައިގެން މާފުށީ ޒުވާން އަންހެން ކުދިން ވެސް އެއީ ފެޝަނަކަށް ހަދައިގެން އުޅެއޭ ހޯމް ސްޓޭ ޓޫރިޒަމްގެ ސަބަބުން ރާއްޖޭގައި އިތުރަށް ޑްރަގް ގެ ވިޔަފާރި މެކުހަށް ޖަހާނެއޭ ސަބަބަކީ ލަންކާ އިންޑިއާ އިން ޑްރަގް ވިއްކަން އަންނަ މީހުންނަށް ހުންނަ ސޭފް ހައުސް އޭ އެއީ ހޯމް ސްޓޭ ޓޫރިޒަމް އަކީ މިއިން ރަނގަޅު ނަތީޖާ އެއް ނުނިކުންނާނެއޭ މާލޭގައި ކިނބިގަސްދޮށުގޭ މައުމޫނުގެ ވެރިކަމުގައި ހޯމް ސްޓޭ މަސާޖް ޕާރލާތައް ހެދިއޭ އެއިން ޑޮލަރު ވެސް ލިބުނޭ އެކަމަކު އެއިން ނިކުތް ނުބައި ނަތީޖާ އެއީ ބުނަން ވެސް ނުކެެރޭ ފަަދަ ނުބައި ނަތީޖާ ތަކޭ ހޯމް ސްޓޭ ޓޫރިޒަމް އެއީ އިސްލާމް ދީނުގެ ކަންކަމާއި ދިވެހިން ދުރަށް ގެންދާނެ ކަންކަން އެއީ ޔަގީންވެ ކަށަވަރުވާނެ ކަމެކޭ...

    19
    1
  4. ބަލާތި

    ތިޔާ ހޯމް ސްޓޭގެ ސަބަބުން އިސްލާމް ދީނުގެ ކަންކަމަށް ލޮޅުން އަރާނެތޯ އަދި ރަށްރަށުގައި އޮންނަ އިސްލާމީ ރިވެތި އުސޫލު ގެއްލިގެންދާނެތޯ އެއީ ސަރުކާރުން ކިހާ ވަރަކަށް ބަލާފައި އޮތް ކަމެއްތޯ ތިޔާ ގޮތަށް ލިބޭ ޑޮލަރަށް ވުރެން ދުރު މުސްތަގްބަލް ގައިވާނެ ގެއްލުމަށް ބަލަން ޖެހޭނެއޭ މާފުށިން ހަގީގީ ފައިދާ މާފުށި ތަރައްގީ އަށް ނުކުރާކަން އިނގެއޭ މާފުށި ސްކޫލް ގައި ކިޔަވައިގެން މަތީ ތައްލީމް ހާސިލް ކުރާ ކުދިންގެ އަދަދު ދަނީ ދަށަށް އަދި މާފުށީގައި ވަޒީފާ ގައި މާފުށި މީހުން ނެތުން އެއީ ވެސް ފާހަގަ ކޮށްލަން ޖެހޭނެ ކަމެކޭ...

  5. ޙަަަހަ

    ދެން ދިއްގަރު ސިޓީކިޔަންވީނު ، ތިއޮތީ ވާ މޮޅުކަމެއް ކުރެވިފައި

    11
    • މައުސޫމް

      ހޯމް ސްޓޭ ރިހާކުރު.

  6. ޒާ

    ރައްޔިތަކަށް ފައިސާ ފޮއްޗެއް ލިބޭގޮތްވަންޏާ ވަރަށް މޭކަރާ މީހުން އުޅޭނެ. ވަރަށް ދީންވެރިވެސް ވާނެ

    3
    15
    • ޖ

      ގެސްޓް ހައުސް ހިންގަނީ ވެސް މުއްސަދިން... ހޯމް ސްޓޭ ވެސް މުއްސަދިން... އަަހަރުމެން މީ މޮޔައިންނެއް ނޫން... ހޯމް ސްޓޭއިން މުއްސަދި ވާނީ މާލޭ ބޭފުޅުން

  7. ޙަފޯ

    ޙޯމް ސްޓޭ އަކީ ޖަރީމާ އަކަށް ނުވެއްޖެޔާ ކިތަންމެހާވެސް ރަނގަޅު. ދީނާ ދުރުކުރުވުގެ ޖަރީމާ މީސްތަކުންނާ ގާތުން ހިދުމަތެއްގެ ގޮތުގައި ދޭންފެށުމުން ވާނެގޮތް ވިސްނުން މުހިންމް. ތި ޓޫރިޒަމް ތުއްތު ސިނކުޑި ތަކުގެ ގެ ތަކަށް ނުވެއްދުން މުހިންމު

    13
  8. ފޭރާން

    މި ސަރުކާރުން ދީނާ ފުށުއަރާ ހުރިހާކަމެއް ކުރާނެ! މިހާތަނަށް ކިތައްކިތައް ކަންތައް އެ ކޮށްލީ ! މޮޅުއަނގައަރުވަން އެނގޭ ލާދީނީ އެމްޑީޕީ އާއި އެޕާޓީގެ އަޑިގުޑަން ނޭންގޭ އެޖެންޑާ ދިރުވާ އާލާކުރާ މީހުންގެ ބޮލަށް މާދަމާ މިކަންކަން ﷲ ގެންނަވާނެ! އެދުވަހަކުން ކެނެރީގޭ ސޮރު ބުނާނެ މީ މެޖޯރިޓީ ސަރުކާރުން ކުރި ކަމެކޭ! ތިމަންނަމެެން ކުރި ކަމެއްނޫނޭ! ސާފުތޯ ދިވެހި ރައްޔިތުންނާއި ދިއްގަރު މީހުންނަށް! ތިޔަކަމުގެ ސަބަބުން މާފުށްޓަށް ވީހެންވާނީ! ދަރިންނާ ދަރިންގެ ލަދުޙަޔާތް ކެނޑޭނީ! ރަށްގަނޑު ފަސާދަވާނީ! ސަބަބަކީ ﷲ ޙަރާމް ކުރެއްވި ކަންކަމަށް ދޮރުތައް ހުޅުވިގެން ދިއުން! އެމްޑީވެރިކަން ރައްޔިތުން ނުކުމެ ވަގުތުން ބަދަލުކުރަން ގޮވާލަން !

    4
    1
  9. ނާޅި

    ހޯމް ސްޓޭ ޓޫރިޒަމަކީ ދިވެހިން ޢައިރު މުސްލިމުން ނަށް އިސްލާމް ދީނަށް ދައުވަ ދިނުމަށާއި އިސްލާމް ދީން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހުށަހަޅާ ދިނުމަށް ދިވެހިންނަށް ރަގަޅު ފުރުސަތެއް ރަގަޅުގޮތުގައި ބޭނުން ހިފަންވީ، ޔޫރަޕްގައިވެސް އެމެރިކާގައިވެސް މުސްލިމުން ނާއި ޢައިރު މުސްލިމުން އެއްގޭގައިވެސް އެއުޅެނީ ، ހޯމް ސްޓޭ މާލޭގައި އޮންނަތާ 50 އަހަރު ވެއްޖެ، މާލޭގައި ހޯމް ސްޓޭ ހިންގި މީހުން ގެސްޓް ހައުސް އާއި ހޮޓަލް ތަކަށް އެތަން ބަދަލް ކޮށްގެން އެހިންގަނީ !

    1
    3