ހޯމް ސްޓޭ ޓޫރިޒަމުން ރާއްޖޭގެ ރައްޔިތުންގެ ޖީބަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށާއި، މިއީ ލިބޭ މުސާރަ ކުޑަވެގެން ދިމާފައި އޮތް މައްސަލައަށް ހަގީގީ ހައްލު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިކްރާމް ހަސަން މިއަދު ވިދާޅުވެއްޖެއެވެ.

އިކްރާމް މިހެން ވިދާޅުވީ މ. ދިއްގަރުގައި ހޯމް ސްޓޭ ޓޫރިޒަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރާއްޖޭގައި ހޯމް ސްޓޭ ޓޫރިޒަމް ފެށި ރަށަކީ ދިއްގަރެވެ. އެރަށަށް މިއަދު ފަސް ފަތުރުވެރިން އައިސްފައިވާއިރު، އެ ފަތުރުވެރިން ތިބޭނީ އެރަށު މޫރިތި ގޭގައެވެ. އެ ގެ ވަނީ އެ ފަތުރުވެރިންނަށް ހާއްސަކޮށް ތައްޔާރުކޮށްފައެވެ. އެ ގޭގެ ތިން ކޮޓަރި އެކަމަށް ތައްޔާރުކޮށްފައި ވަނީ ޓޫރިޒަމް މިނިސްޓްރީގެ އިރުޝާދާއި، އާއްމުކޮށްފައިވާ ގަވާއިދުގައިވާ ގޮތުގެ މަތިންނެވެ.

އިކްރާމް ވިދާޅުވީ، ސިޔާސީ މަސައްކަތުގައި އެންމެ ބޮޑު ގޮންޖެހުމަކަށް ދިމާވީ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުން ކަމަށެވެ. އަދި ލިބޭ އާމްދަނީ މަދު ވާހަކަ ރައްޔިތުން ކެނޑިނޭޅި ދައްކާ ކަަމަށް ވިދާޅުވިއެވެ.

"އަޅުގަނޑަށް މި ޥޭތުވެދިޔަ ތިން އަހަރެއްގެ ތެރޭގައި ސިޔާސީ މަސައްކަތުގައި އެންމެ ބޮޑު ގޮންޖެހުމަކަށް ދިމާވެފައި ވަނީ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް، އެ ފުދުންތެރިކަން އިތުރުކޮށްދިނުމުގައި މަސްވެރިންނަަށް ބޮޑެތި ގޮންހުންތައް ލިބިގެންދޭ". އިކްރާމް ވިދާޅުވިއެވެ.

އިކްރާމް ވިދާޅުވީ، އެ ލިބޭ މުސާރަ ކުޑަކަމުގެ ވާހަކަދައްކާއިރު، އޭގެ ހަގީގީ ހައްލަކީ ހޯމް ސްޓޭ ޓޫރިޒަމް ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާގޮތުގައި މިއަދު މި ފެށިގެންދާ، ގޭގައި ހުންނަ ކޮޓަރިއަށް ގެސްޓެއް ގެނެސްގެން ލިބޭ އާމްދަނީއަކީ އެއީ ހައްލު، ހަގީގީ ހައްލު". އިކްރާމް ވިދާޅުވިއެވެ.

އިކްރާމް ވިދާޅުވީ، ދިއްގަރު ރައްޔިތުންނަކީ ވަރަށް ބޮޑު ހިތެއް ގެންގުޅޭ ރައްޔިތުން ތިބި ރަށެއް ކަމަށެވެ.

"ތިބޭފުޅުން ތިދެއްވާ މަރުހަބާ އާއި ތިދެއްވި މެހްމާންދާރީއަކީ އަޅުގަނޑުގެ ހިތުގައި ވަރަށް އެހެން ކަހަލަ ޝުއޫރުތަކެއް އުފައްދާ މެހްމާންދާރީއެއް. އަޅުގަަނޑު މި ނަމޫނާ މެހްމާންދާރީ އެހެން ރަށްރަށުން ފެންނާނެ ކަމަށް އުއްމީދު ކުރަން".

އިކްރާމް ވިދާޅުވީ، މި މެހްމާންދާރީ އެހެން ރަށްރަށުން ފެންނަ ކަމުގައިވަނަމަ ހޯމް ސްޓޭ ޓޫރިޒަމް ބޮޑު ކާމިޔާބަކަށް ވެގެންދާނެ ކަމަށެވެ.

މިއަދު ފެށި ހޯމް ސްޓޭ ޓޫރިޒަމް އަތޮޅު ތެރޭގެ ކޮންމެ ރަށެއްގައިވެސް ކުރިއަށްގެންދެވޭނެއެވެ. އެހެން ނަމަވެސް މިނިސްޓްރީން ހޯދަން ޖެހޭ ހުއްދަތައް ހޯދަން ޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އައުޓް

    އިއްޒަތޭ އައުޓް އިންޑިއާ އައުޓް އިއްޒަތޭ އައުޓް އިންޑިއާ އައުޓް އިއްޒަތޭ އައުޓް އިންޑިއާ އައުޓް އިއްޒަތޭ އައުޓް އިންޑިއާ އައުޓް އިއްޒަތޭ އައުޓް އިންޑިއާ އައުޓް އިއްޒަތޭ އައުޓް އިންޑިއާ އައުޓް އިއްޒަތޭ އައުޓް އިންޑިއާ އައުޓް އިއްޒަތޭ އައުޓް އިންޑިއާ އައުޓް އިއްޒަތޭ އައުޓް އިންޑިއާ އައުޓް އިއްޒަތޭ އައުޓް އިންޑިއާ އައުޓް އިއްޒަތޭ އައުޓް އިންޑިއާ އައުޓް އިއްޒަތޭ އައުޓް އިންޑިއާ އައުޓް އިއްޒަތޭ އައުޓް އިންޑިއާ އައުޓް އިއްޒަތޭ އައުޓް އިންޑިއާ އައުޓް އިއްޒަތޭ އައުޓް އިންޑިއާ އައުޓް އިއްޒަތޭ އައުޓް އިންޑިއާ އައުޓް އިއްޒަތޭ އައުޓް އިންޑިއާ އައުޓް އިއްޒަތޭ އައުޓް އިންޑިއާ އައުޓް އިއްޒަތޭ އައުޓް އިންޑިއާ އައުޓް އިއްޒަތޭ އައުޓް އިންޑިއާ އައުޓް އިއްޒަތޭ އައުޓް އިންޑިއާ އައުޓް އިއްޒަތޭ އައުޓް އިންޑިއާ އައުޓް އިއްޒަތޭ އައުޓް އިންޑިއާ އައުޓް

  2. ދިރިއުޅުމަކީމީބާ

    ރިހާކުރައް ޔޫސޭއެޅީފުއް ރިހާކުރުގިނަކުރަން ހޯމްސްޓޭ އިތުރުކުރަން ޔޫސޭނަމަ އަޅާނީ ބޮލުގަ ބެޑްޝީޓް ޔޫސޭވެސް އެކަންކުރީ ޖީބައްއިންގިލާބެއް ގެއްނަން ޔޫސޭގެ މިދިރިއުޅުމަކީމީބާފެއްނާނެ ކޮއްމެވެސްދުވަހަކުން އުމުރާވެސްގުޅޭން ހޯމްސްޓޭއާމިހާރު.

  3. އައި

    މުސާރައިގެ މައްސަލައަކީ އިގްތިސާދު ހިންގަން ނޭނގުމުން ދިމާވާ މައްސަލައެއް. އިގްތިސޯދު މެކުހަށް ޖަހާއިރަށް ހައްލުވާނެ. އައިހެވަންއާއި ފ އަތޮޅު ޖައްސަބަލަ. ސަލާނަޖަހާކަށް ނުޖެހޭނެ

  4. ޖ

    މިހާރު ކުރިޔާ ހިލާފަށް ބިކިނީގަ ބުރުތަޅަނީ... ދިވެހިންނަށް އެރިލާނެ މޫދެއް ނެތް... ރަށް ވެސް މުއްސަދި މާލޭ ބޭފުޅުން މުއްސަދިވާން ދީގެން... ގެސްޓް ހައުސް ހިންގަނީ ވެސް މުއްސަދިން... ހޯމް ސްޓޭ ވެސް މުއްސަދިން... އަަހަރުމެން މީ މޮޔައިންނެއް ނޫން... ހޯމް ސްޓޭއިން މުއްސަދި ވާނީ މާލޭ ބޭފުޅުން