ރޯދަ މަސް ފެށުނު އިރު، އެކަށީގެންވާ ވަރަށް މަސް ނުލިބޭ ކަމަށް މަސް ވިއްކާ ބައެއް މީހުން ބުނެފިއެވެ.

މާލޭގެ މަސް މާރުކޭޓުގައި މަސް ވިއްކާ މީހަކު "ވަގުތަށް" ބުނީ ކަޅު ބިލަމަސް އެކަށީގެންވާ ވަރަށް ނުލިބޭ އިރު، ކަންނެލި މަސް ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ.

އެމީހާ ބުނި ގޮތުގައި ކަޅު ބިލަ މަސް ލިބުމުގައި ދަތިވީ ރޯދަ މަހުގެ ފުރަތަަމަ ތިން ދުވަހު މަަހަށް ދާ މަސްވެރިންގެ އަދަދު މަދުވެފައިވާތީއެވެ. އަދި ކަންނެލި މަހާއި ބޮޑު ކަންނެލި މަސްވެރިކަން ކުރާ މީހުން ރޯދަ މަހު އާންމުކޮށް މަސްވެރިކަން ނުކުރާ ކަމަށް ވެސް އެމީހާ ބުނެފައިވެއެވެ.

ކަޅު ބިލަމަސް ކިލޯއެއް މިއަދު ހުރީ ކިލޯއެއް 45ރ. އަށެވެ. އިއްޔެ ކަޅުބިލަ މަސް ކިލޯއެއް ހުރީ 50ރ. އިން މަތީގައެވެ.

"ހީވަނީ ދެން އަގުހެޔޮ ވާނެހެން ކަޅު ބިލަމަހުގެ އަގު ކުރިއަށް ދުވަސް ތަކުގެ ތެރޭގައި. މިހާރުވެސް އެބައޮތް 11 ޓަނުގެ ދޯންޏެއް އައިސްފައި ކަޅުބިލަމަސް ހިފައިގެން" މަސް މާރުކޭޓުގައި މަސް ވިއްކާ މީހަކު ބުންޏެވެ.

ބޮޑު ކަންނެލީގެ އަގުތަަކަށް ބަލާއިރު ކިލޯއެއް 80ރ. އަދި ކުޑަ ކަންނެލި އުޅެނީ 65ރ. އާއި 70ރ. އަށެވެ.

މީގެ އިތުރުން މާރުކޭޓުގައި މުށި މަހާއި ރާގޮނޑި، ރާގޮނޑި އަދި ލައްޓި އަދި ރަތް މަސް ލިބެން އެބަ ހުއްޓެވެ.

ބޮޑު ރާގޮނޑިއެއް 20ރ. އަށް އަދި ކުދި ރާގޮނޑިއެއް 10ރ. އަށް ލިބޭ އިރު ލައްްޓިއެއް 50ރ. އަށް ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރާއްޖެތެރެ

    މާލޭގަ އުޅުއްވާ ބޭދުޅުންނައް ތިއަގު ބޮޑުވެގެން ނުވާނެ. މަސްވެރިންނަކައްވެސް އެނގޭ ޑިމާންޑާއި އެއްވަރައް އަގު އަރަންޖެހޭކަން. ޢެެއީ ވިޔަފާރި އަކީ ދޯ. މަސްވެރިންނަކައްވެސް ހިލެއަކު މަހެއް ނުދެވޭނެ ދެއްތޮ!!!

    7
    7