ރާއްޖޭގެ އެންމެ ފުރަތަމަ އަދި އެންމެ މަގްބޫލު އަތަރް ބްރޭންޑް އޫދް އަލް ސަބާޔާގެ މައި ފިހާރަ ވަރަށް ބޮޑު ރިނޮވޭޝަނަކަށްފަހު އަލުން ހުޅުވައިފިއެވެ.

އޫދް އަލް ސަބާޔާއަކީ ދިވެހިންގެ އެންމެ މަގްބޫލުކަން ހޯދާފައިވާ އަތަރް ބްރޭންޑެވެ. އަމިއްލަ ބްރޭންޑްގެ އަތަރާއެކު މަޝްހޫރު އެތައް ބްރޭންޑެއްގެ އުފެއްދުންތައް އޫދް އަލް ސަބާޔާގެ ފިހާރަތަކުން ލިބޭނެއެވެ.

އޫދް އަލް ސަބާޔާގެ މާލެ ފިހާރަ މިހާރު ހުންނާނީ ވަރަށް މޮޑާންކޮށް، އަރަބި ސްޓައިލްއަކަށް

ހުޅުމާލެ އާއި މާލޭގައިވެސް ފިހާރަ ހިންގަމުންދާ އޫދް އަލް ސަބާޔާގެ މާފަންނު މިރިޔަސް މަގުގައި ހުންނަ މި ފިހާރަ ރިނޮވޭޝަނަށް ބަންދުކޮށްފައި ވަނީ މެއި ދެ ވަނަ ދުވަހުއެެވެ. އޭގެ ފަހުން އެތަން މިހާރު ވަނީ ވަރަށް ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައެވެ.

އޫދް އަލް ސަބާޔާގެ މާލެ ފިހާރައަށް ބޮޑު ބަދަލެއް

އޫދް އަލް ސަބާޔާގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ޝަބީން ވިދާޅުވީ، އެ ބްރޭންޑްގެ މައި ފިހާރަ ރިނޮވޭޝަނަކަށް ފަހު އަލުން ހުޅުވީ މި މަހުގެ ހަތަރު ވަނަ ދުވަހު ކަމަށެވެ. އަދި ފިހާރައިގެ އިންޓީރިއާއަށް ބޮޑު ބަދަލެއް ގެނެސް، ވަަރަށް މޮޑާންކޮށްފައިވާ ކަމަށް ޝަބީން ވިދާޅުވިއެވެ.

އޫދް އަލް ސަބާޔާގެ މާލެ ފިހާރައިގައި މިހާރު ހުންނާނީ އަރަބިކް ސްޓައިލްގެ ގޮތެއް

"މިހާރު ވަރަށް މޮޑާންކޮށް އަރަބިކް ސްޓައިލްއަކަށް މިތަން ފަރުމާކޮށްފައި ވާނީ، ކަސްޓަމަރުން ވަރަށް ގަޔާވާ ގޮތަށް".

އޫދް އަލް ސަބާޔާގެ މާލެ ފިހާރައިގައި މަޝްހޫރު އެތައް ބްރޭންޑެއްގެ އަތަރް ލިބެން ހުންނާނެ

އޫދް އަލް ސަބާޔާއަކީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިންގެ މަގްބޫލުކަން ހޯދާފައިވާ ބްރޭންޑެކެވެ. އެ ބްރޭންޑުން ރާއްޖެއަށް އަމިއްލަ އުފެއްދުންތައްވެސް ތައާރަފްކޮށްފައިވެއެވެ. އެެގޮތުން މިހާތަަނަށް އަމިއްލަ އެތައް ވައްތަރެއްގެ އަތަރާއި، ޕާފިއުމް، ލޯޝަނާއި، އެއާ ފްރެޝްނާ ތައާރަފްކޮށްފައި ވެއެވެ. އަދި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ އަތަރާއި ޕާފިއުމް އެކުންފުނިން ރާއްޖެއަށް ތައާރަފްކޮށްފައި ވެއެވެ.

އޫދް އަލް ސަބާޔާގެ މާލެ ފިހާރަ ހުންނަނީ މާފަންނު މިރިޔަސް މަގުގައެވެ. އަދި ހުޅުމާލެ އައުޓްލެޓް ހުންނާނީ ހުޅުމާލެ ނިރޮޅު މަގު ގޯޅި ދޭއްގައެވެ.

އޫދް އަލް ސަބާޔާއަށް ގުޅޭނެ ނަމްބަރަކީ 9495757 އެވެ.