ޓޫރިޒަމާ ބެހޭ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިިމް މުހައްމަދު ސޯލިހް ތަސްދީގު ކުރިއިރު ގްރީން ޓެކްސް ނެގުން މެދުކަނޑާލުމުގެ ވިސްނުން ނެތް ނަމަވެސް އެއިސްލާހުގައި ތާރީހު ޖަހާފައި އޮތް ގޮތުން، ގްރީން ޓެކްސް ނެގުން ހުއްޓިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުން މިދިޔަ ޖޫން 30 ގައި ފާސްކޮށް، އަދި ޖުލައި 3 ގައި ރައީސް ސޯލިހް ތަސްދީގުކުރެއްވި، ޓޫރިޒަމާ ބެހޭ ގާނޫނަށް 11 ވަނަ އިސްލާހުގައި ބުނެފައި ވަނީ ގްރީން ޓެކްސް ނަގަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން ކަމަށެވެ.

ނަމަވެސް ސަރުކާރުގެ ވިސްނުމަކީ ޖަނަވަރީ މަހުން ފެށިގެން 50 ކޮޓަރިއަށްވުރެ ގިނައިން ކޮޓަރި ހުންނަ ގެސްޓްހައުސްތަކާއި ހޮޓާތަކުން ތިން ޑޮލަރުގެ ގްރީން ޓެކްސްއެއް ނެގުމެވެ. ގާނޫނުގައި ލިޔެފައި އޮތީ ވެސް އެހެންނެވެ. ސަރުކާރުން ލަފާކުރީ ގާނޫނަށް ގެނައި ބަދަލުގެ ސަބަބުން ގެސްޓްހައުސްތަކާއި ހޮޓާތަކުން ގްރީން ޓެކްސް ނަގާ ގޮތައް ބަދަލު އަންނަންދެން މިހާރުވެސް ގްރީން ޓެކްސް ނަގަމުން އަންނަ ގޮތައް ނެގޭނެ ކަމަށެވެ.

ސަރުކާރުގެ ވިސްނުން އެގޮތައް ހުރި ނަމަވެސް އަދި ސަރުކާރުން ލަފާކޮށްފައި އޮތީ ގްރީން ޓެކްސް މެދުނުކެނޑޭނެ ކަމަށް ކަމުގައި ވީނަމަވެސް ގާނޫނުގައި އޮތީ 1 ޖަނަވަރީ 2023 އިން ފެށިގެން މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ ހޮޓާތަކާއި ޓޫރިސްޓް ގެސްޓްހައުސްތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދުން ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ތަންތަނަށް އަންނަ ޓޫރިސްޓުންގެ އަތުން، އެއިން ތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް ތިން ޑޮލަރުގެ ރޭޓުން، ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ޓެކްސް ނެގޭނެ ކަމަށެވެ.

މީރާ އިން ބުނީ މި މައްސަލަ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި އެކަން އިސްލާހުކޮށްދިނުމަށް ޓޫރިޒަމް މިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަމަށެވެ. މީރާގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި އެތަނުން އަމަލު ކުރާނީ ގާނޫނުގައި ބުނެފައިވާ ގޮތަށެވެ.

މި މައްސަލަ ފެންމަތިވެފައި މި ވަނީ މި މަހުގެ 31 ގެ ކުރިން ގްރީން ޓެކްސް ދައްކަން ޖެހިފައި އޮއްވަ އެވެ.

ދެން ގްރީން ޓެކްސް އަލުން ދައްކަން ފެށޭނީ ގާނޫނަށް ބަދަލު ގެނެސްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ހުސޭނުބޭ

    ސަރުކާރުގައި މިތިބެނީ މުޅިންވެސް މަރުމޯލުން. އަޅެ އެހެންނެއްނު ވާނީ. ރައީސަކީ ސަންގޯރެއް.

  2. ހަނދުވަރީ

    ދެބޯ ބުރާންތިވެފަ އަދިވެސް 100 ދުވަސް ހަމަނުވޭ ވިއްޔާ

  3. ހަގީގަތް

    ކެމްޕޭނަށް ކަހަނީ އެކިގޮތްގޮތަށް ބަލަންޖެހޭ ތިޔަފައިސާ ޓޫރިސްޓުންއަތުން ނެގިތޯ ނެގިއްޔާ އަތުލެވެންޖެހޭ ޖޫރިމަނާގެގޮތުގައިނަމަވެސް

  4. އހ

    އެއީ ގަސްތުގައި ކުރިކަމެއް ރިސޯޓް މުއަޒުފުންގެ މުސާރަ ބޮޑު ކުރިބައި އޮތީ ސަރުކާރު އަތުން ކަޑާގޮތައް މުޅިންވެސް އޮޅުވާލުން އޮންނާނީ

  5. މޕ

    މަޖިލުސް 19 ތަފާތުވާނެ މިހިރަފެންނަނީ ތަފާތު އޮޅިގެން އިސްލާހުފާސްކުރީ އޮޅިގެން ތަސްދީގުކުރެކެވުނީ އޮޅިގެން ގެޒެޓުކުރެވުނީ މިވަރުބަޔަކު އޮޅިގެން މިގައުމު އިންޑިޔާއަށް ވިއްކާނުލާނެކަމަށް ގަބޫލުނުކުރަން ދިވެހިދަރިން ހޭއަރާވިސްނާތި

  6. ނާހަމަ ތެދެއް

    އެމް ޑީ ޕީ ގައި ތިބޭނީ ހުސް ބުރާންތިން ކެބިނެޓުގައި ވެސް ހުސް ބުރާންތިން ރައީސް ސޯލިބޭ އެހުރީ މޯދީގެ އަވާގައި ޖެހި ބުރާންތި ވެފަ ހުރިހާ ގެއްލުމެއް ދިވެހި ރައްޔިތުންގެ ހަޒާނާ ޔަށް ، ތިއޮތީ ރާވައިގެން ރިސޯޓު އޯނަރުންނަށް ރުފިޔާ ތަކެއް މިލްކު ކޮށްދީފަ

  7. ހަސަން

    ވައްކަމާއި، ކޮރޮޕްޝަނާއި، ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ އެންމެ މަތީ ފެންވަރުގެ ޕްރޮފެޝަނަލް އުކުޅުތައް މީ. މިފަދަ ކަންކަން އުނގަންނައިދޭ އިންޓަރނޭޝަނަލް ސެންޓަރެއް ރާއްޖޭގެ މަޖިލިސް ގޭގައި ހަދަން ފެނޭ. މި ރޮނގުން މިތާ މިތިބަ ވަރުގެ ޕްރޮފެސަރުން ދުނިޔޭގެ އެހެންތާކުން ނުލިބޭނެ. އިބިލީސްވެސް ދަސްކުރާނީ މިތަނުން ތޯއްޗެ!! ގުޅިގެން ހިންގާ ޖަރީމާ

  8. އަހަރެން

    ޓޫރިސްޓުން އަތުން ނަގާފަ ސަރުކާރަށް ނުދައްކާ ހުރި ގްރީންޓެކްސްއަށްވާ ލާރިކޮޅޮ ރިސޯޓު އޯނަރުންނަށް މިލްކްވީތޯ މި ވީގޮތުން، އޮފީހަށް ލިބެންޖެހޭ 20 ރުފިޔާ އޮފީހެއްގެ އާދައިގެ މުވައްޒަފެއްގެ އިހުމާލުން ނުހޯދާ އޮވެއްޖެނަމަ އެކަމުގެ ޒިންމާ މުވައްޒަފު ނަގަންޖެހެއެވެ. ދައުލަތުން 600 މިލިއަން ގެއްލިގެން ދިއުމުގެ ޒިންމާ ނަގަންޖެހޭނީ، ޤާނޫނު ގެ އިސްލާހް ޓައިޕް ކުރި މުވައްޒަފުތޯ؟ ނޫނީ އިސްލާހް ތަސްދީގުކުރި ފަރާތްތޯ؟

  9. އަމާ

    ކުރިން ބުނި އެތި ކެންސަލް

  10. ޢަލީ

    ފެހި ޓެކްސް އާއިބެހޭ ގާނޫނަށް އިސްލާހުގެނައިރު އެބޭފުޅުން ތިބީ ހަމަ ބުއްދީގަތޯބަލައި ސަރުކާރަށް ޓެކްސް ނެގުމުގައި ހުރަސް އެޅިފައިވާތީ އެކަން ކުރިމީހުންގެ މައްސަލަ ބަލައި އަވަސް ފިޔަވަޅު އަޅަން އެބަޖެހޭ ނޯންތޯ؟؟؟