ގިނަ ފަހަރަށް ޑައެޓްރީ އުފެއްދުންތައް ޚާއްސަވެފައި އޮންނަނީ އަންހެނުންނަށެވެ. ހަށިގަނޑުގެ ބައްޓަން ރީތި ކުރުމުގައި ކަމުގައި ވީނަމަވެސް، ހަންގަނޑުގެ އުޖާލާކަން އިތުރުކޮށް ރީތިކުރުމުގައި ކަމަށްވިޔަސް އަދި ސިއްހީ އެނޫން މުޙިންމު ބޭނުންތަކުގައި ވިޔަސްވެސް މެއެވެ. ނަމަވެސް މިފަހަރުގެ ވާހަކަ މުޅިން ތަފާތެވެ. މިއީ ފިރިހެނުންނަށް ޚާއްސަ މިފަދަ އުފެއްދުމެއްގެ ވާހަކައެވެ.

ދުނިޔޭގޭ އެކި ކަންކޮޅުތަކަށް ބަލާލިކަމުގައި ވީނަމަވެސް ވަރަށް ގިނަ ފިރިހެނުންނަށް ބޮޑު އުދާސްކަމެއް ގެނުވާ އެއް ކަމެއް އޮވެއެވެ. އެއީ ދިމާވާ އެކި ސަބަބުތަކަށްޓަކައި ބައެއް މީހުންގެ ހަށިގަނޑުގައި އެކަށީގެންވާ މިންވަރަށް ހަކަތަ އާއި ސްޓެމިނާ ނެތިގެން ދެން ކުރިމަތިލާންޖެހޭ ގޮންޖެހުންތަކެވެ. ޒަވާޖީ ހަޔާތެއް ފެށުމަށްފަހުވެސް މި މައްސަލަ ދިމާވެގެން ދިރިއުޅުން އެންމެ ދެކެންބޭނުންވާހައި އުފާވެރިކަންމަތީ ހޭދަނުކުރެވޭ ކިތަންމެ ބަޔަކު އަހަރެމެންގެ ތެރޭގައިވެސް އެބަތިއްބެވެ. އެހެންކަމުން އެކަމަށް ހައްލެއް ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި ތިބި ފިރިހެނުން މަދެއް ނޫނެވެ.

މި މައްސަލައިގައި ދިވެހިންގެ ތެރެއިން ވެސް ގިނަ ބަޔަކު ތަހައްމަލްކުރަމުންދާ އުދާސްކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ރާއްޖޭގައި އޮންލައިން ވިޔަފާރިކުރާ "ލިބޭ" އިން މިވަނީ ވަރަށް ހާއްސަ އުފެއްދުމެއް ރާއްޖެއަށް ތަޢާރަފްކޮށްފައެވެ. ތައިލޭންޑުގެ ކުރިއަރާފައިވާ "ބިއުޓީ ކޮސްމެޓް" ކުންފުނިން ދާދިފަހުން އުފައްދާފައިވާ ޑައެޓްރީ ސަޕްލިމެންޓެއް ކަމަށްވާ "އަޓްސަޗަން" އަކީ އިސްވެ ފާހަގަކޮށްފައިވާ މައްސަލަތަކަށް މިވަގުތު ލިބެންހުރި އެންމެ އިތުބާރު އެއް އުފެއްދުމެވެ. ހަމައެކަނި ފަތްޕިލާވެލީގެ ބާވަތްތައް ހިމަނައިގެން އުފައްދާފައިވާ މި ޑައެޓްރީ ސަލްޕިމެންޓަކީ މިހާރު ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ގައުމުތަކުގައިވެސް މަގުބޫލު އުފެއްދުމެކެވެ.

ފިރިހެނުންނަށް ހާއްސަ މިފަދަ އެހެނިހެން އުފެއްދުންތަކާއި ހިލާފަށް "އަޓްސަޗަން" އަކީ ގުދުރަތީ ފައިދާކުރަނިވި ބައިތައް އެކުލަވާލައިގެން އުފައްދާފައިވާ އުފެއްދުމެއް ކަމަށްވީއިރު މި ޕްރޮޑަކްޓު ބޭނުންކުރުމުން އެނޫން ތަކެތި ބޭނުންކޮށްގެން ކުރިމަތިވާ ސައިޑް އިފެކްޓުތައް އެއްވެސް ވަރަކަށް ކުރިމަތިނުވާނެ ކަމަށް "އަޓްސަޗަން" ތަހުލީލުކުރި ފަރާތްތަކުން ވަނީ ބުނެފައެވެ.

ހަކަތަ އިތުރުކޮށްދިނުމުގެ އިތުރުން "އަޓްސަޗަން" ޚާއްސަވާ އިތުރު ގިނަ ސަބަބުތައްވެސް ވެއެވެ. އެއީ މި އުފެއްދުމުގައި ހިމެނޭ ބައިތަކުގެ ސަބަބުން ހަށިގަނޑުގެ ލޭ ދައުރުވުން ރަނގަޅުކޮށްދީ ގުދުރަތީ ބައިތަކުން ހަށިގަނޑަށް ލިއްބައިދޭންޖެހޭ މުހިންމު ވިޓަމިނާއި މިނަރަލްސް އަދި ފައިދާކުރަނިވި އެތައް މާއްދާއެއްގެ ސަބަބުން ސިއްޙީ ގޮތުން ދުޅަހެޔޮކޮށްދީ ހޯމޯން ލެވެލް އިތުރުކޮށްދޭކަން ދިރާސާތަކުގެ އަލީގައި ހާމަވެފައިވާތީ އެވެ. މީގެ އިތުރުން މި ސަޕްލިމެންޓު ބޭނުންކުރުމުން ހަންގަނޑުގެ ކުރަކިކަންވެސް ފިލުވައިދީ ރީތިކޮށްދޭ ކަމަށް ތަޖުރިބާގެ އަލީގައި ގިނަ ބަޔަކު ވަނީ ބުނެފައެވެ.

"އަޓްސަޗަން" ޑައެޓްރީ ސަޕްލިމެންޓް ބޭނުންކުރަން ޖެހެނީ ހަކަތަ އިތުރުވުމަށް އެދޭ ވަގުތުގެ ގަޑިއެއްހާ އިރު ކުރިން ކަމަށް މި ޕްރޮޑަކްޓު އުފައްދާ ފަރާތްތަކުން ބުނެއެވެ. އަދި މި ސަޕްލިމެންޓު ބޭނުންކުރުން އެންމެ އެދެވިގެންވަނީ ދުވާލަކު އެއްފަހަރު ކަމުގައި ވެސް އެފަރާތުން ބުނެފައި ވެއެވެ.

"ލިބޭ" އިން މިހާރު އަންނަނީ "އަޓްސަޗަން" ޑައެޓްރީ ސަޕްލިމެންޓުގެ ދެ ކެޕްސޫލް ހިމެނޭ ޕެކު ވިއްކަމުންނެވެ. "ލިބޭ" އިން ބުނެފައި ވަނީ މިއީ ދިވެހިންނަށް ވަރަށް ކަމުދާނެ "ކުއެލިޓީ" އުފެއްދުމެއް ކަމަށް ޔަގީން ކުރެވޭ ކަމަށާއި، މި އުފެއްދުން ތަޖުރިބާކުރި ގިނަ ބައެއްގެ ފަރާތުން މިހާތަނަށް "ޕޮޒިޓިވް" ފީޑްބެކް ލިބިފައިވާ ކަމަށެވެ.

"ލިބޭ" އިން "އަޓްސަޗަން" ޕެކެއް ވިއްކާ އަގަކީ 200 ރުފިޔާ އެވެ. ނަމަވެސް ހޯލްސޭލްކޮށް މި ޕްރޮޑަކްޓު ގަންނަ ނަމަ ޚާއްސަ އަގުތަކެއްގައި ލިބެން ހުންނާނެ ކަމަށް "ލިބޭ" އިން ވަނީ ބުނެފައެވެ.

"ލިބޭ" އިން އަންނަނީ ރާއްޖެއަށް މިނޫންވެސް މިފަދަ ތަފާތު އަދި ހާއްސަ ގިނަ އުފެއްދުންތައް ތަޢާރަފްކުރަމުންނެވެ. މިގޮތުން "ލިބޭ" އިން ރާއްޖެއަށް އެތެރެކުރަމުން އަންނަ ބަނޑުހިނދާ "ލޭންސްލޭ ޑައެޓް ކޮފީ" އަކީވެސް ދިވެހިންގެ ބޮޑު މަގުބޫލުކަމެއް ލިބިފައިވާ އުފެއްދުމެކެވެ. މީގެ އިތުރުން ދަތް ހުދުކުރުމަށް ހާއްސަ "ސްޕާކަލް" ގެ އުފެއްދުންތައްވެސް ފާހަގަކޮށްލެވެއެވެ.

"ލިބޭ" އިން ރާއްޖެއަށް އެތެރެކުރަމުން އަންނަ އުފެއްދުންތަކުގެ މަޢުލޫމާތު (މި ލިންކުން) ލިބިގެންދާނެ އެވެ. އަދި މި ޕްރޮޑަކްޓުތައް ގަންނަން ބޭނުންވާ ފަރާތްތަކުން "ލިބޭ" ގެ ފޭސްބުކް ޕޭޖަށް ނުވަތަ 9759452 ނަމްބަރަށް ގުޅުއްވުމަށް "ލިބޭ" އިން އެދެއެވެ. "ލިބޭ" އިން ކުރާ އޯޑަރުތައް މާލެ ސަރަޙައްދުގައި ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތްވެސް އަންނަނީ ފޯރުކޮށްދެމުންނެވެ. އަދި ރަށްރަށުން އޯޑަރުކުރާނަމަ ބޯޓާއި ހަމައަށް ގެންގޮސްދޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކެނެރީ

    އަވަހަށް މުސްކުޅިވެ ގައިބާރު ދެރަވާ ފަދަ ރަނގަޅު ބޭހެއް ލިބޭ އިން ވިއްކަބަލަ ހާދަ ބޭނުމޭ

    25
    5
    • ގުރާ

      ސުރުޚީގަ އޮތީ ޑައެޓަރީ ސަޕްލިނެންޓެއްގެ ވާހަކަ. އެ ޚާއްސަ ވަނީ "ވަގުތުން ހައްލު ހޯދައިދޭ ފިރިހެނުންނަށް" ކަމަށް. އެ ކޮންކަމަކަށް ހައްލު ހޯދައިދޭ ފިރިހެނުންނެއް ބާ؟؟

      9
      1
  2. ހުމާ

    "ކުއެލިޓީ" އޭ؟؟؟
    ޔޫޒް = އުސޭ
    ވަން= އޮނޭ
    ފަޔާ = ފިރޭ

    މިއީތަ ލިޔަން ވީ ގޮތަކީ؟؟
    ކޮލިޓީ އަކީ "ފެންވަރު ރަނގަޅު". އެހެން ނުލިޔަންޏާ "ކޮލިޓީ" އޭ ލިޔުނީމަ ނިމުނީ ދޯ؟

    7
    1
  3. ބުރާންތީ

    މިކަހަލަ ބޭކާރު އެއްޗހެހި ބޭނުންކޮށް މީހުން ހަލާކު ކުރުން ނުން ކަމެއް ރާއްޖޭގަ އެބަ ކުރޭތަ؟ ފަތްޕިލާ ވެއްޔޭކިޔާނެ ކަމެއް ނެތް ސައިޑު އިފެކްޓް ނެތް އެއްޗެއް ނުހުންނާނެ.