ހުޅުމާލޭ ސެންޓްރަލް ޕާކްގައި މިހާރު ކުރިށްގެންދާ މެރިން އެކްސްޕޯ 2022 ގައި ހުރިހާ ކަނޑު އުޅަނދު ފަހަރުތަކަށް ހާއްސަ ޝެލް ބްރޭންޑްގެ ރިމިއުލާ އާރް4 އެކްސް 15ޑަބްލިއު-40 މަލްޓި ގްރޭޑް 20 ލީޓަރުގެ ޓައްޕު ދައްކާލައިފިއެވެ.

މާދަމާ ރޭގެ ނިޔަލަށް ކުރިއަށްގެންދާ މި އެކްސްޕޯގައި ވިލާ ހަކަތައިން ބައިވެރިވަނީ އޮފިޝަލް އިންޖީނު އޮއިލް ޕާރޓްނާރގެ ހައިސިއްޔަތުންނެވެ. އެ ބްރޭންޑްގެ އުފައްދުންތައް ވަރަށް ބޮޑަށް މި އެކްސްޕޯގެ ވިލާ ހަކަތަ ސްޓޯލްގައި ދައްކައި، މައުލޫމާތު ދޭނެއެވެ.

ޝެލް ބްރޭންޑަކީ ދުނިޔޭގެ އިތުބާރާއި މަޤްބޫލުކަން ހޯދައިފައިވާ އަޑީ ތެޔޮ ބްރޭންޑެވެ. މިގޮތުން ވިދި ވިދިގެން ފާއިތުވި 15 އަހަރު ދުނިޔޭގެ އެންމެ މަގްބޫލު އަޑީ ތެޔޮ ބްރޭންޑްގެ ލަގަބު ހޯދައިފައި ވަނީ ޝެލް އެވެ. ވިލާ ހަކަތައަކީ މި ބްރޭންޑްގެ ރާއްޖޭގެ މާކެޓާއި ގުޅޭ ހުރިހާ މުހިންމު އަޑީތެލުގެ ބާވަތްތައް ގެންނަ ހަމައެކަނި ކުންފުންޏެވެ.

ވިލާ ހަކަތައިގެ އޮފިޝަލަކު ވިދާޅުވީ، ޝެލް ބްރޭންޑްގެ ރިމުއުލާ އާރް4 އެކްސް 15ޑަބްލިއު-40އަކީ ކަނޑު އުޅަނދު ފަހަރުތަކާއި، ޕަވާ އިންޖީނިއަރިންގ އަށް ހާއްސަށް އަޑީ ތެލެއް ކަމަށެވެ.

މިއަޑީ ތެލުގެ ސަބަބުން އިންޖީނުގެ މެއިންޓެނަސްއަށް ކުރާ ހަރަދު ކުޑަވެ، އިންޖީނު ތެރޭގައި އުފެދޭ އެސިޑް އަދި ދަބަރު ކޮންޓްރޯލްކޮށްދީ، އިންޖީނުގެ މުހިންމު ބައިތަށް ގިނަ ވަގުތު ބޭނުންކޮށްގެން ލިބޭ ގެއްލުންތަކުން ރައްކާތެރިކޮށްދީ، އިންޖީނުގެ އުމުރު ދިގުކޮށްދެއެވެ.

މި އަޑީ ތެލަކީ ކަނޑު އުޅަނދު ފަހަރުތަކަށް ހާއްސަ އަޑީ ތެލެއް ނަމަވެސް، ޕަވާ ޖެނެރޭޝަން ނުވަތަ (ހަކަތަ އުފެއްދުމަށް) ބޭނުންކުރާ އިންޖީނުތަކަށް ވެސް މި އަޑީ ތެޔޮ ބޭނުން ކުރެވޭނެކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ. އަދި މީގެ ކުރިން މި ވައްތަރު ވިއްކަމުން ގޮސްފައި ވަނީ 200 ލީޓަރު ފީފާ އާއި ހަތަރު ލީޓަރުގެ ހަމުގައި ނަމަވެސް މިހާރު މި ޕްރޮޑަކްޓް 20 ލީޓަރު ޓައްޕު ވިލާ ހަކަތައިން މި ވަނީ ރާއްޖޭގެ ބާޒާރަށް ނެރެފައެވެ.

"ކުރިން ވިއްކަމުން ދިޔައީ ފީފާ އިންނާއި ހަތަރު ލީޓަރުގެ ހަމުގައި. ދެން މަދުން ބޭނުންވާ މީހުންނަށް ކިރައިގެން ވިއްކަމުން ދިޔައީ، މިހާރު އަޅުގަނޑުމެން ކިރައިގެން ވިއްކުމަށް ނިމުމެއް މި ގެނައީ. ބޭނުންވަނީ އޮރިޖިނަލް ޕެކިންގައި މާކެޓަށް ޑިސްޓިބިއުޓު ކުރަން. މިހާރު 20 ލީޓަރުގެ ޕެކިންގގައި ލިބޭނެ"

ރިމިއުލާ އާރް4 އެކްސް 15ޑަބްލިއު-40ގެ 209 ލީޓަރުގެ ފީފާގެ އިތުރުން 4 ލީޓަރުގެ ހަމާއި، 20 ލީޓަރު ޓައްޕު ވިލާ ހަކަތައިން ލިބޭނެއެވެ.