އެސްޓީއޯ އިން ވިއްކާ ތެލުގެ އަގު ހެޔޮކޮށްފި އެވެ.

އެސްޓީއޯއިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއަދުން ފެށިގެން އެ ކުންފުނިން ވިއްކާ ތެލުގެ އަގު ހެޔޮކުރަން ނިންމާފައިވާ ކަމަށެވެ.

އަގަށް ގެނައި ބަދަލާ އެކު އެސްޓީއޯއިން 16.77ރ. އަށް ވިއްކަމުން އައި ޑީސަލް ލިޓަރެއް ދެން ވިއްކާނީ 16.32ރ. އަށެވެ. މިއީ 45ލ. ހެޔޮ އަގެކެވެ. ޕެޓްރޯލް ލީޓަރެއްގެ އަގު ވަނީ 16.55ރ. އިން 15.97ރ. އަަށް ހެޔޮކޮށްފަ އެވެ. މިއީ 58ލ. ގެ ހެޔޮވުމެކެވެ.

އެސްޓީއޯ އިން ބުނީ ރާއްޖޭގެ މާކެޓަށް ދެމެހެއްޓެނިވި ގޮތެއްގައި ތެޔޮ ފޯރުކޮށްދޭން މަސައްކަތްކުރި ނަމަވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތަކަށް އަންނަ ބަދަލުތަކާ ހުރެ ދަތިތަކާ ކުރިމަތިވާ ކަމަށެވެ.

އެންމެ ފަހުން އެސްޓީއޯ އިން ތެލުގެ އަގަށް ބަދަލުގެނައީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ. އެ ފަހަރު ޕެޓްރޯލް ލިޓަރަކުން ވަނީ 1.95ރ. ބޮޑުކުރި އެވެ. އަދި ޑީސަލް ލީޓަރަކުން 1.97ރ. ބޮޑުކުރި އެވެ.

އެސްޓީއޯ އިން ތެލުގެ އަގު ހެޔޮ މިކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް ދަށަށް ދާން ފެށުމުންނެވެ. ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ތެލުގެ އަގު ދަށަށް ދާނެ ކަމަށް ލަފާކުރެވެއެވެ. އެއީ ބައެއް ގައުމުތަކުން ތެޔޮ އުފައްދާ މިންވަރު އިތުރު ކުރަން މިހާރު އެއްބަސްވެފައި ވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އެދުރުބެ

    ކޮބާ ޓެކްސީގެ އަގު ކުޑަކުރާކަށް ނުވޭތަ؟

    13
    2
  2. މާމިގިލީ މީހާ

    މާމިގިލީގަ ޕެޓްރޯލް ލީޓަރެއް ވިއްކަނީ 23 ރުފިޔާއަށް. އެސްޓިއޯއިން ތެލުގެ އަގު ކިތައްމެ ކުޑަ ކުރިޔަސް. މާމިގިލީ ތެޔޮ ވިއްކާ މީހުން ކުރަނީ އަގު ބޮޑު.

    6
    1
    • ތެޔޮވަގުން

      ހުޅުމާލޭގަވެސް

  3. ހަބަރުބޭ

    ޕެޓެރޯލް 9 ރުފިޔާއަށް ހުއްޓައި 7 ރުފިޔާ ބޮޑުކޮ 16 ރުފިޔާއަށް ހަދާފަ 45 ލާރި ހެޔޮކުރީމާ ލައްކަ ބޮޑުވަރެއް ތިވީ ފަލަ ސުރުޚީ ޖަހަން.!!!

    19
  4. Anonymous

    ޔާރައްބީ! ތީ އަގުހެޔޮކޮއްފިމޭ ބުނަން ކުރި ކަމެއް ދޯ! 44 ލާރި. 30 ލިޓަރު ގަނަގެންވެސް 1 ލިޓަރުގެ އަގު ތިޔާ ހެޔޮކުރި އަގަކުން ގަންނަފަރާތަށް ނުލިބޭ. ތިޔާއީ ހަމަ އަގު ހެޔޮކުރިމޭ ބުނަން ކުރިކަމެއް.

  5. އަން

    އަނިޔާވެރި އިބޫ ެެެެެެެެެެެއިސްތިެުފާ

    2
    1
  6. ޙަބީބު.

    ޓެކްސީ މާލެ ތެރޭގެ ދަތުރު 20 ބަދަލު ކުރާކައް ނުވޭބާ ނުކުރަންޏާ އެމްޓީސީސީ މިނީބަސް މާލޭގެ އެކިމަގުތަކުން ދުއްވޭގޮތައް ހަދާފަ މާލޭގަ ޕާކިންޒޯނު އިތުރުކޮއް ސައިކަލު މަގުމަތީ ޕާކުކުރުން މަނާކުރަންޖެހޭ އެއީ ދަތުރުފަތުރު ކުރުމައް ލުއިފަސޭހަކުރުމައް ޙުރިހާ ޓެކްސީއެއް އުވާލާ މާލޭގަ ޓެކްސީކުރުން މަނާކުރޭ އަދި ސައިކަލުވެސް ދާންޖެހޭނީ ހަމައެކަނި ހުޅުމާލެ ފޭސްދޭއް މިތަންތަނައް މާލޭގަ ދުއަވުން މަނާލުރެވެންޖެހޭ

  7. ޢޯކިޑް

    ދަތުރު އަގުހެޔޮ ކުރޭތޭ މީދޫމީހުން

  8. މުޙައްމަދު

    ތި އަގުހެޔޮ ސްޓޮކް ދުވަހަކުވެސް ރައްޔިތުންނަށް ފެންނާނެބާ

    1
    1
  9. މުޙައްމަދު

    ރަށްރަށުން ޕެޓްރޯލް ލިބެނީ 19ރ އިން މަތިން