ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު ވަން ޕްލަސް ބްރޭންޑްގެ ނޯޑް އެން ޓެން 5ޖީ ސޮއްޓި ބިޒް ފިހާރައިން ލިބޭނެއެވެ.

މިއީ މިވަގުތު ދުނިޔޭގެ ބާޒާރުގައި 5ޖީ ސަޕޯޓު ކުރާ އެންމެ އަގުހެޔޮ ފޯނުކަން ފާހަގަ ކޮށްލެވެއެވެ.

5ޖީ އަކީ އެންމެ ފަހުގެ ފޯނުތަކަށް ސަޕޯޓު ކުރާ އެންމެ ފަހުގެ ޓެކްނޮލޮޖީ ކަމަށްވާއިރު، މި ޓެކްނޮލޮޖީ ލިބޭ ފޯނުތަކުގެ ތެރޭގައި އެޕަލްގެ އެންމެ ފަހުގެ ފޯނުތަކާއި ސެމްސަންގެ އެންމެ ފަހުގެ ފޯނުތައް ހިމެނެއެވެ.

ވަން ޕްލަސްގެ އެހެން ފޯނުތަކާ އެއްގޮތަށް މި ފޯނަކީ ވެސް ގިނަ ވަގުތު ޗާޖު ހިފަހައްޓާދޭ މޮޅު ފޯނެކެވެ. އަދި ފާސްޓް ޗާޖިންގ ހިމެނޭތީވެ ޗާޖު ކުރުން ވެސް އަވަސް ވާނެއެވެ.

ނޯޑް އެން 10 ފޯނަކީ ގެންގުޅެން ފަސޭހަ ބަލާލަން ވެސް އެހާމެ ރީތި ފޯނެކެވެ. 6ޖީބީ ރެމް، 128ޖީބީ މެމޮރީ ހުންނަ މި ފޯނު ސޮއްޓި ބިޒް އިން ލިބޭނީ 5300 ރުފިޔާއަށެވެ.

ވަން ޕްލަސް ނޯޑް އެން10 5ޖީގެ ބައެއް މުހިންމު ފީޗާރސްތައް:

• ޑިސްޕްލޭ: 6.49 އިންޗި،
• އޯއެސް: އެންޑްރޮއިޑް 10،
• މެއިން ކެމެރާ: 64 މެގަޕިކްސަލް
• ސެލްފީ ކެމެރާ: 16 މެގަޕިކްސަލް
• ބެޓެރި: 4300 އެމް-އޭ-އެޗް
• ދެ ސިމް ލެއްވޭނެ އަދި ވަކިން މެމޮރީ ކާޑުވެސް ލެއްވޭނެ
• ފިންގަރ ޕްރިންޓް
• ފާސްޓް ޗާޖިންގ 30 ވަޓްސް

ސޮއްޓިބިޒް އިން ފޯނު ވިއްކުމުގެ އިތުރުން ފޯނު މަރާމާތު ކުރުމުގެ ހިދުމަތްވެސް ދެއެވެ. ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރި ނަމަވެސް މި ހިދުމަތް ހޯދޭނެއެވެ. އެގޮތުން، މަރާމާތު ކުރަން ބޭނުންވާ ފޮނު ބޯޓަށް ލުމަށްފަހު ސޮއްޓި ބިޒްގެ ފޯނު ނަންބަރު 7449955އަށް ގުޅައިގެން ނުވަތަ ވައިބާ މެދުވެރިކޮށް އޭގެ މައުލޫމާތު ހިއްސާ ކުރުމުން، ފޯނު މަރާމާތުކޮށް އިތުބާރާއެކު އެ ބޯޓަކާ ހަމައަށް ފޯނު އަނބުރާ ގެންގޮސްދޭނެއެވެ.

މީގެ އިތުރުން އެ ފިހާރައިން މުދާ ގަންނަން ބޭނުންވާ ފަރާތްތަކަށް ވެސް ކޮންމެ ރަށެއްގައި ހުރެގެން ވެސް މުދާ ގަނެލެވޭނެއެވެ. މިގޮތަށް ގަންނަ ތަކެތި ބޯޓާ ހަމައަށްވެސް ޑެލިވަރީ ކޮށްދޭނެއެވެ.

އެ ފިހާރައިން ވިއްކާ ތަކެތީގެ ތެރޭގައި ދުނިޔޭގެ އެންމެ މަޝްހޫރު ބްރޭންޑުތައް ކަމަށްވާ، އެޕަލް، ސެމްސަންގ ،ވަން ޕްލަސް، ޒިއޯމީ ފަދަ ބްރޭންޑުތަކުގެ ފޯނުތަކުގެ އިތުރުން އެންމެ އާދައިގެ ފޯނުތައްވެސް ލިބެން ހުންނާނެއެވެ.

ސޮއްޓި ބިޒް ހުންނާނީ ޗާންދަނީ މަގު، ޖަލާލުއްދީން މިސްކިތް ކުރިމަތީގައެވެ.