ރާއްޖޭގެ ލީޑިން ޓްރެވަލް ޓްރޭޑް ބިޒްނަސް ޕްލެޓްފޯމް، ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް)ގެ މި އަހަރުގެ އެވޯޑްސް ހަފްލާގައި ކްރޮސްރޯޑްސް މޯލްޑިވްސް ވިދާލައިފިއެވެ.

ޓީޓީއެމްއިން މިފަހަރު ޓީޓީއެމްގެ ޕާޓްނަރުންނާއެކު ބޭއްވި އަހަރީ އެއްވުމާއި، ޓީޓީއެމް ސަމިޓްގެ އިތުރުން، ގާލާ ޑިނާ ބާއްވާފައި ވަނީ ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ.

ޓީޓީއެމް އިވެންޓް ތެރެއިން

ޓީޓީއެމް އެވޯޑްސްއަށް ބަލާއިރު ކްރޮސްރޯޑްސް މޯލްޑިވްސް އަދި ހާޑް ރޮކް ހޮޓެލް މޯލްޑިވްސް އަށް ވަނީ "ބެސްޓް އެމްއައިސީއީ ޑިސްޓިނޭޝަން، ބެސްޓް ފެމެލީ ރިސޯޓް" އެވޯޑްގެ އިތުރުން، އަލަށް ތައާރަފް ކުރި ކެޓެގަރީއެއް ކަމަށްވާ "ބެސްޓް ފަން އެންޑް ފްރެންޑްލީ ރިސޯޓް" އެވޯޑް ލިބިފައެވެ.

ޓީޓީއެމް އެވޯޑް ހަފްލާގައި ކްރޮސްރޯޑްސް އަށް ލިބުނު އެވޯޑާއި ހަވާލު ވަނީ

ރާއްޖޭގައި އެންމެ ތަފާތު ކޮންސެޕްޓަކަށް ހިންގަމުންދާ މި މަންޒިލަކީ އިންޑަސްޓްރީގެ އެންމެ މަތީ ހަރުފަތްތަކުގައި ކުރިއަރަމުން އަންނަ ފަތުރުވެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ލިބިފައިވާ މަންޒިލެކެެވެ. މީގެ ކުރިންވެސް ކްރޮސްރޯޑްސް މޯލްޑިވްސް އާއި އެތަނުގެ ރިސޯޓްތަކަށް އެވޯޑްތަކެއް ލިބިފައި ވެއެވެ. އެގޮތުން ބައިނަލްއަގްވާމީ އެވޯޑްތައްވެސް މި ތަންތަނަށް ލިބިފައިވާއިރު، އޭގެ ތެރޭގައި ކޮންޑޭ ނާސްޓް ޓްރެވަލާސް އެވޯޑްސް އާއި ވޯލްޑް ލަގްޒަރީ އެވޯޑްސް އާއި ބުކިން.ކޮމް އާއި ޓްރިޕް އެޑްވައިޒަރ އިން އަހަރަކު އެއްފަހަރު ދޭ އެވޯޑްތައް ފާހަގަކޮށްލެއެވެ.

2019 ވަނަ އަހަރުގެ ފަހުކޮޅު ހުޅުވި ކްރޮސްރޯޑްސް މޯލްޑިވްސްގައި ލައިފްސްޓައިލްގެ ދެ ރިސޯޓެއް ކަމަށްވާ ކަމަށްވާ ހާޑް ރޮކް ހޮޓެލް މޯލްޑިވްސް އާއި ކިއުރިއޯ ކަލެކްޝަން ބައި ހިލްޓަން ސައި ލޭގޫން މޯލްޑިވްސް ހިމެނެއެވެ. މި ދެ ރިސޯޓްގައި ތިބޭ ފަތުރުވެރިންނަށްވެސް ކްރޮސްރޯޑްސްގެ ދަ މެރީނާގެ ވަސީލަތްތަކާއި، ތަންތަނަށް ވަދެވޭނެއެވެ.

އެތައް އެވޯޑެެއް ލިބިފައިވާ މި މަންޒިލަށް އަންނަ ސެޕްޓެމްބަރު މަހު ތިން އަހަރު ފުރޭކަން ފާހަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަޒީ

    ރައީސް ޔާމީންގެ ޙިމކުމަތުޢަމަލީއާއި އިޤްތިޞާދީ އުސް ސިޔާސަތުގެ މަންފާ އަދުގެވެރިން ސަޅިކޮށް އެބަ ލިބިގަނެއެވެ. ޝުކުރިއްޔާ ރައިސް ޔާމީން

    3
    1