ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާ ހަވާލުކޮށްފި އެވެ.

މީރުމާ މާލަމްގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއި ކޮށްފަ އެވެ.

އެ އެއްބަސްވުމުގައި ރީޖަނަލް އެއާޕޯޓްސްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ އެވެ. އަދި ޖޭއެމްސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ނާއިބު ރައީސް ކޭ.އެމް. އެސް ރެޑީ އެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ހިންގަން ހަމަޖައްސާފައިވާ މި މަޝްރޫއުގެ މަސައްކަތް ސަރުކާރުން ހަވާލު ކުރަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާއެވެ. މި މަޝްރޫއަށް 136.6 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ) ހޭދަވާނެއެވެ.

ޖޭއެމްސީ އަކީ އިންޑިއާގެ އެއްމެ ބޮޑު އެއް އީޕީސީ ކުންފުނިއެެވެ. ތިން ގަރުނުގެ ތަޖުރިބާހުރި ޖޭއެމްސީއަކީ ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް އަދި ދަތުރުފަތުރު ނިޒާމް ގާއިމްކުރުން، ލޭންޑް އެންޑް ވޯޓަރ ކޮންސްޓްރަކްޝަން އަދި އަރބަން އިންފްރާސްޓްރަކްޗާގެ މަސައްކަތަށް ޝައުގުވެރިކަން ހުންނަ ކުންފުންޏެކެވެ.

ހުޅުމާލޭގައި 2،000 ހައުސިން ޔުނިޓް އެޅުމަށް ވެސް ޖޭއެމްސީއާ މީގެކުރިން ހަވާލުކޮށްފައިވެއެވެ. އެ މަސައްކަތް ކުރިއަށް އެބަދެއެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2,460 ކިލޯ މީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމަރާތް ކުރުމަށް ވަނީ ނިންމާފައެވެ. އަދި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާ ކުރުމަށް ބޭނުންވާ އެހިނިހެން ވަސީލަތްތައް ވެސް ގާއިމު ކުރެވިގެންދާނެއެވެ.

މީގެ އިތުރުން 624،000 އަކަފޫޓުގެ އޭޕްރަން އަކާއި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ވެސް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ.

މި މަޝްރޫއު ނިމުމުން ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުން ކުރާ އެއަރބަސް A320 އާއި ބޮއިންގް 737 މަރުކާގެ ބޯޓު ފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވިގެންދާ އިރު، މެދުއިރުމައްޗާއި ދެކުނު އޭޝިއާ، ދެކުނު އިރުމަތީ އޭޝިއާއާއި އިތުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ވެސް ލިބިގެންދާނެއެވެ.

މި މަޝްރޫއު ފުރިހަމަ ކުރަން އަމާޒު ހިފާފައި އޮތީ ދެ އަހަރު ދުވަހުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޢހ

    ޢިންޑިއާ ނޫން ބަޔަކު ނެތީ ތ؟

  2. މަބޭ

    ޢައްޑޫގަ ބޮޑުއެއާޕޯޓްއެއް އެބައޮތް ނަމަވެސް އެތަނައް ފްލައިޓްތައް ނާންނަސަބަބު އެންމެނައްވެސް އެބަ އިންގޭ

  3. Anonymous

    ދެކުނު އޭޝިޔާ އަލުން އިސްތިޢުމާރު ކުރަން އިގިރޭސިން ފަށާފައިވާ މަސައްކަތުގެ ތެރެއިން ހިގާކަމެއް، އިންޑިޔާގައި ކުންފުނި ހަދައިގެން އިންޑިޔާވެސް އިސްތިއުމާރު ކުރިގޮތަށް ރާއްޖެވެސް އަލުން އިސްތިއުމާރުގެ ތެރެޔަށް މިދަނީ !

  4. އިސްޢާފް ސަލީމް

    ރާއްޖެ ވިއްކާލުމަށް އެޅި ފިޔަވަޅެއް! ރިޔާސީ އިންތިޚާބު 2018 ގައި އިންޑިޔާއަށް ވެފައިހުރި ވަޢުދުތައް ފުއްދުން. ތިކަމެއް ނުވެސް ވާނެ!

  5. ޝްރޭ

    އިންޑިއާ މީހުންނަށް ޙަވާލް ކޮށްގެން ކަމެއް ނުނިމޭ ތަން މުޅިންވެސް އަދިވެސް އެނޫން ބަޔަކު ނެތީތަ.. ދެރަކަމެއް

  6. މަޖުބޫރީހާލަތް.

    ތިޔައްވުރެ މާރަނގަޅުވާނެ ޗައިނާ ބަޔަކާ ހަވާލުކުރިނަމަ އުންޑިޔާ ފަރުރުވެރިން އެއީ ގެންނަން ހެޔޮވާ ވަރުބައެއްނޫން ގެސްޓް ރޫމުތަކުން ދުވާ ބޮލިކުނިވަސް ޗައިނާ މީހުން އުޅުނަކަސް ނުބައިވަހެއް ނުދުވާނެ އަނެއްކާ އެއްވެސް މައްސަލައެއް ނުޖައްސާނެ އިންޑިޔާ އައުޓު އެއްގޮތަކައްވެސް ކަމަކުނުދޭ ފުރަތަމަ ގެރި ނަޖިހުން ސަލާމަތް ކުރުވަންވީ

    2
    1
  7. ހުސޭނުބޭ

    ވިއްކާ ނިންމާލީތަ