ގދ.މަޑަވެލީ ޓީއެސް ލައިން ދޯނިން އިއްޔެ 57.15 ޓަނުގެ މަސް މިފްކޯއަށް ކިރުވައި އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ މަސް ކިރުވުމުގެ ރެކޯޑް އާ ކޮށްފި އެވެ.

މޯލްޑިވްސް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ ސީއީއޯ އިސްމާއީލް ފައުޒީ ކުރެއްވި ޓްވީޓެއްގައި ދެކުނުގެ މޫސުން އެންމެ ރަގަޅަށް ތަން ނުދިންކަމުގައިވިޔަސް އިއްޔެ މަހަށް ނިކުތް ޓީއެސް ލައިން ދޯނިން ވަނީ 57.152 ޓަނު މަސް ކޫއްޑޫއަށްކިރުވައި، އެއްދުވަހެއްގެ ދޮށީގެ މަސްވެެރިކަމުގެ ރިކޯޑެއް ހަދާފައި ކަމަށެވެ.

ފައުޒީ ވިދާޅުވީ ޓީއެސް ލައިން ދޯނިން ކިރުވި މަަށް ލިބުނު އާމްދަނީއަކީ 971،584 ރުފިޔާ ކަމަށެވެ. ދޯނީގެ ފަޅުވެރިންނާއި ކެޔޮޅު ކުރެއްވި ހިތްވަރަށް އައްސަރިބަހާއި ސާބަސް ދަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފައުޒީ ވިދާޅުވި ގޮތުގައި ޓީއެސް ލައިން ދޯންޏަކީ މިދިޔަ އަހަރު ވެސް މިފްކޯއަށް އެންމެ ގިނަ އަދަދަކަށް މަސްކިރުވި ދޯންޏެވެ. އެއީ 1095.805 ޓަނުގެ މަހެވެ.

އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ މަސް ބޭނުމުގެ ރެކޯޑް ކުރިން ވެސް އޮތީ ޓީއެސް ލައިން ދޯންޏަށެވެ. މިދިޔަ އަހަރުގެ ޑިސެންބަރު މަހު އެ ދޯނިން އެއް ދުވަހުގެ ތެރޭގައި 50 ޓަނުގެ މަސް ކިރުވާފައިވެއެވެ.

ފާއިތުވި ދެހަފްތާއެއްހައި ދުވަހު މަސްވެރިކަން ވަނީ ވަރަށް ބޮޑަށް ރަނގަޅު ވެފައެވެ. އެއާއިއެކު މަސްވެރިންނަށް މަސް ނުކިރި އަދި އައިސް ހޯދަން ދަތިތައް ކުރިމަތިވެގެން މަސްވެރިން އަންނަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ماشاءالله

    الحمدلله، ޝައްކެތްވެސް ނެތް ގޮތުގައި ތިއީ ޙަލާލު ފައިސާ އެވެ.

    17
    1
  2. ބެއްޔާ

    އެއްދުވަހުގައި ކިރުވީ ކިތައްދުވަހު ބޭނިމަސްބާ؟

    4
    1
    • ގިނި

      ގަބޫލެއް ނުކުރެވޭ އެއް ދުވަސް މަތިން 57ޓނ ބޭނުން

  3. ނަނަނަ

    ވަގަށް ނަގާ ލާރިން ކައިފަ މުސާރައިން ހައްޖަށް ދާ ގޮތަށް ދޯ؟

  4. Anonymous

    ﷲ ސުްބްޙާނަހޫ ވަތަޢާލާއީ ރިޒްޤް ދެއްވާ މަތިވެރި ފަރާތް.
    ޝުކުރު ވެރިވާ ބަޔަކަށް އަޅަމެން ވަމާ.
    މިކަންނެލި ދޯނިތަކުގައި ވެސް ވަރަށް ނުބައި ޢަމަލު ކުރާ މީހުން އުޅޭ ކަމަށް ރައްޓެއްސަކު ބުނި. ހަޑިހުތުރު ފިލްމް ބެލުމުގައި ވަގުތު ހޭދަ ކުރާކަމަށް. ތިމާމެން މިތިބެނީ ކަނޑުމަތީގައިކަން ހަނދާން ވެސް ނުހުންނަ ޙާލަތު ގައިކަމަށް .
    ކޮންމެ ތާކުވެސް ހެޔޮ ޢަމަލުތަކުގެ މަތީގައި ވަމާ