ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ރަންވޭ އަންނަ ބުރާސްފަތި ދުވަހު ބޭނުންކުރަން ފަށާއިރު، ފުރަތަމަ ޖައްސަން ހަމަޖެހިފައި ވަނީ އެމިރޭޓްސްގެ ބޮއެންގ 777 ކަަމަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފިއެވެ.

ދިގުމިނުގައި ގާތްގަނޑަކަށް 3،400 މީޓަރު އަދި ފުޅާ މިނުގައި 65 މީޓަރުގެ މި ރަންވޭއަށް ފުރަތަމަ ޓެސްޓް ފްލައިޓް ޖެއްސީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު 18 ވަނަ ދުވަހުއެވެ. އޭގެ ފަހުން 3 އަހަރު ވެގެން ދިޔައިރު ވެސް އާ ރަންވޭ ބޭނުން ކުރަން ފަށާފައެއް ނުވެއެވެ.

ސަރުކާރުން ބުނާ ގޮތުގައި އާ ރަންވޭ ހުޅުވެން އޮތީ ސީޕްލޭން ޓާމިނަލް ހުޅުވިގެންނެވެ. މިހާރު އާ ސީޕްލޭން ޓާމިނަލަށް ހުރިހާ އޮޕަރޭޓަރުން ބަދަލުކޮށް ވަނީ ނިމިފައެވެ.

އެހެންވެ އަންނަ ހަފްތާ ތެރޭގައި އެ ރަންވޭ ރަސްމީކޮށް ބޭނުން ކުރަން ފަށަން ވަނީ ނިންމާފައެވެ.

އެމްއޭސީއެލްގެ ކޯޕަރޭޓް އެފެއާޒް، ޖެނެރަލް މެނޭޖަރ ހަސަން އަރީފް ވިދާޅުވި، އާ ރަންވޭގައި ހަ ވަނަ ދުވަހުގެ ހެނދުނު 7:00 ޖަހާއިރު ފުރަތަމަ ފްލައިޓް ޖައްސާނެ ކަމަށެވެ.

އަދި ފަސް ދުވަހުގެ ރޭގަނޑު 11 އިން ފެށިގެން އަނެއް ދުވަހު ހެނދުނަށް ފްލައިޓްތަކަށް ރަންވޭ ބަންދު ކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރަންވޭ ބަންދު ކުރަން ނިންމާފައި ވަނީ ދެ ރަންވޭ ސްވިޗް ކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ކަމަށެވެ. އަދި އެކަން މިހާރު ހުރިހާ އެއާލައިނަކަށްވެސް އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އާ ރަންވޭ ބޭނުން ކުރަން ފެށުމާާއި އެކު މިހާރު ބޭނުންކުރާ ރަންވޭ ބޭނުންކުރާނީ ޓެކްސީވޭއެއްގެ ގޮތުގައެވެ. އޭގެ ސަބަބުން އެއާޕޯޓަށް ދިމާވެފައިވާ ޓްރެފިކްގެ މައްސަލައަށް ހައްލުލިބެގެން ދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އަހުމިއްޓޭ

    އެމިރޭޓްސް ކައިރީ ތި 777 އަކީ ކުޑަބޯޓު. އޭ380އަކީ ބޮޑުބޯޓު.

    21
  2. ާނޫރީ

    ޝުކުރިއްޔާ ރައީސް ޔާމީން. މަނިކުފާނުދެކެ ވަނީ އާދައިގެ ލޯތްބެއްނޫނޭ.
    އިބުރޭ 5 އަހަރުގަ އަދިވެސް ހުޅުވަމުންދަނީ ތިޔަލޯބިވާ ރައީސް މި ގައުމަތް ކޮއްދެއްވި އަގުހުރި މަސައްކަތް

    50
    4
    • ޜަނާ

      ބަލަ އެމިރޭޓްސް ގެ ބޮޑު ބޯޓު ވަނީ ތިތަނަށް ޖައްސާފަ ނޫންތަ

      4
      1
  3. އައިމިސްޔޫ

    އާ ރަންވޭ ހުޅުވަން އެއާޕޯޓުގެ ދަތުރުތައް 8 ގަޑިއިރަށް މެދުކަނޑާލަނީ ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެން ޕިންކީންގެ ވެރިކަމުގައޭ މިރާއްޖޭގައި ފިރިހެންވަންތަ ކަމެއް ކުރިއްޔާ ކޮށްފައި އޮންނާނީ ތަމެންގެ ކައްޕަޅި ވެރިކަމުން ކުރަނީ ދަ ކިއްލި ތަޅާ ކަންކަމޭ މަމެން ޕިންކީން މިއަދާއި ހަމައަށް ވެރިކަމުގައި ތިބި ނަމަ މާލެ ސަަރަހައްދު އޮންނާނީ ލިޓިލް ސިންގަޕޯރ އަށް ބަދަލު ކޮށްފައޭ އެވްރީ ނައިޓް ވެން އައި ފެލް އަ ސްލީޕް އައި އޭމް ޑްރީމިންގް އޮޕް ޕިންކީސް ވެރިކަން އަލުން ކުރާނޭ ދުވަހަށޭ އައި އާސްކް ޔޫ އައި އާސްކް ޔޫ އައި އާސްކް ޔޫ އައި މިސް ޔޫ އައި މިސް ޔޫ އައި މިސް ޔޫ އައި މިސް ޔޫ ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް...

    21
    2
  4. ޟަފޭ

    ފުރަތަމަ ޖެއސީ އިންޑިއާ ބޯޓެއް

    12
    8
  5. ބޯދިގުޒައީމް

    ރިބަނެއް ކަނޑާލާފަވެސް ރައްޔިތުން ބޮލުގަ ދަރަނިއެއް އަޅުވާލާ ބަޔަކުކުރިކަމެއްތީ ނަން ބަދަލުކޮއްފަ ކިޔާޖަޒީ ދުންމާރިއޭ މިބައިގަނޑައް ކަމެއްކުރެވޭނަމަ ރާޓީވީ އެންޓަނާއިންނާނީ ކިނބުލެއްގެ ނިގޫހެން

  6. އޫއްއޫއްއޫއް

    އާ ރަންވޭ ބޭނުން ކުރަން ފަށާއިރު، ފުރަތަމަ ޖައްސަނީ އެމިރޭޓްސްގެ ބޮޑު ބޯޓު ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ރާއްޖޭގެ ބަޖެޓަށް އެންމެ ބޮޑު އާމްދަނީ ހޯދާ ދޭ ތަނަކީ އެއީ ވެލާނާ އެއާރޕޯރޓޭ އެތަނުގެ އާރަންވޭ ހުޅުވުން އެއީ ދައުލަތުގެ ބަޖެޓަށް އާރޯކަން ލިބިގެންދާނޭ ކަމެކޭ އޫއް އޫއް އޫއް ހޯލްޑް މީ ލައިކް ޔުއަރ މައި ފްރެންޑް ކެއަރިންގް މީ ލައިކް ޔޫއާރ މައި މާރދަރ ލަވިންގް މީ ލައިކް އަ މާރދަރ ވިލް ޔޫ ބީ ދެއަރ ފޯރ ޕިންކީސް އޯއް އޯއް އޯއް އޯއް ވެން ޔޫއާރ ލޮސްޓް ވީ ގޮނާ ފައިންޑް ޔޫ އޫއް އޫއް އޫއް އޫއް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް..

  7. ކައްޕިތާނީ

    ބޮއިންގ 777 މިހާރުވެސް ޖައްސާ ބާ ރަންވޭ އަށް ކޮންމެ ދުވަހަކު. އެމިރޭޓްސް ގެ އެންމެ ބޮޑު ބޯޓަކަށް ގެންގުޅެނީ އޭ380

  8. ދވހި

    ލަދުވެތި. އަމިއްލަ ގައުމީ އެއާރލައިނެއް އޮތް އިރު ކޮން އެމިރޭޓްސްއެއް؟

  9. ދަރަނި ދަންތުރަ

    ސުކުރިއްޔާ ރައީސް ޔާމީނު ، ރާއްޖޭގެ ތަރައްގީގެ ބާނީ

  10. ޖީއެމްއާރް

    އައްނި ވަރައް އުފާވާނެ ދުވަހެއް!ދިވެހީންނައް ނުވާނެ ކަމައް ބުޱެ ބޭރު ބަޔަކައް ހިލޭ ސާބަހައް ދިން އެއަރްޕޯރޓް ވާ ވަރު މީހެއްގެ ވެރި ކަމުގަ ތަރައްޤީ ކުރަން ފަށާ ބޮޑު ބައި ނިމިފަ އޮއްވާ 4 އަހަރު ފަހުން ބަޔަކު މީހުން އެތަން ހުޅުވުމަކީ ވަރައްވެސް އުފާވެރި ޚަބަރެއް! މަ ނަމަ ލަދުން ދެ ފައި ކައިރު ވެސް ނުކުރެވުނީސް! އަދި އާ ޓާރމިނަލް ހުޅުވުނީމަ ވަރަށް ފުރިހަމަ ވާނެ! ބޮޑު ރީނދޫ ޓައި އަޅާލައިގެން ގޮސް ރިބަން ކަނޑަން ތިބޭއިރު ހިތައް އަރާނެ ދޯ މަމެން ނައް ވެސް ކަމެއް ކުރެވިއްޖެޔޭ! ރައީސް ޔާމީނު ވެރިކަމުގަ ކޮއްފ ހުރި އިންވެސްޓްމެންޓް ތަކަކީ ވަރުގަދަ، ޒަމާން ތަކަކައް ދިވެހީންނައް މިންފާ ކުރާނެ ކަންކަން! ތޭންކްސް ރަޢީސް ޔާމީން