ރާއްޖޭގެ ބާޒާރަށް ގިނަ އަދަދެއްގެ ޕްރޮޑަކްޓްތައް ތައާރަފް ކުރުމުގައި އާއްމުންގެ ބޮޑު މަގުބޫލަމެއް ހޯދާފައިވާ އެމްޔޫ ސްޓޯރ އިން "ކިން ބްރޭންޑް"ގެ ޔޯގަޓަށް ހާއްސަ ޗެލެންޖެއް ފަށައިފިއެވެ.

"ވަން މޯ ފްލިޕް"ގެ ނަމުގައި އެމްޔޫ ސްޓޯރއިން ފެށި މި ޗެލެންޖްގައި ބޭނުން ކުރާ ހާއްސަ މި ފުޅިއަކީ ބަލްގޭރިއާގެ ކިން ޔޯގަޓް ބްރޭންޑްގެ ފުޅިއެވެ. މިއީ އެމް ޔޫ ސްޓޯރުން ރާއްޖެ އެތެރެކޮށް މާކެޓްކޮށް ޑިސްޓްރިބިއުޓް ކުރާ ޔޯގަޓް ބްރޭންޑެކެވެ. އެމްޔޫ ސްޓޯރުން ކިން ޔޯގަޓްގެ ގިނަ ވައްތަރުތަކެއް ރާއްޖެއަށް ގެނެސް ވިއްކަމުންދާއިރު، މިއީ ދުވަހުގެ ކޮންމެ ވަގުތެއްގައި ބޭނުންކޮށްލަން ރަނގަޅު، ކޮންމެ އުމުރަކާއިވެސް އުޅޭ މީރު ޔޯގަޓެކެވެ.

އެގޮތުން އެ ބްރންޑްގެ ބްލޫބެރީ، ސްޓްރޯބެރީ، ލީޗް، އޮރިޖަނަލް އަދި ޓްރޮޕިކަލް އާއި މިކްސްޑް ބެރީސްވެސް އެމްޔޫ ސްޓޯރުން ލިބެން ހުންނައިރު، މި ޔޯގަޓް އެހެން ޔޯގަޓާއި ތަފާތު ވަނީ ތަންކޮޅެއް އޮލަކޮށް ހުންނާތީއެވެ. މިއީ މޭވާ ބޭނުންކޮށްގެން އުފައްދާފައިވާ ހަށިގަނޑަށް ފައިދާ ހުރި ޔޯގަޓަކަށްވާއިރު، ގިނަބަޔަކު ބުނަނީ މި ޔޯގަޓް މިއީ ކޮންމެ ވަގުތެއްގައި ބޯލަންވެސް ރަނގަޅު މީރު ބުއިމެއް ކަމަށެވެ.

@mustore.mv

Share your talent with the hashtag #KINonemoreflip flip & land a kin bottle in cool & creative ways. if you don't have tiktok account send the video on telegram to mu marketing: 798 4747. have fun 👍

♬ original sound - MU Store

އެމްޔޫ ސްޓޯރގެ "ވަން މޯ ފްލިޕް" ޗެލެންޖްގައި ބައިވެރިވުމަށް ކިން ޔޯގަޓް ބްރޭންޑްގެ ޔޯގަޓް ފުޅިއެއް ބޭނުންކޮށްގެން ބޮޓްލް ފިލްޕް ކުރާ ވީޑިއޯ އެ މީހަކު ބޭނުންވާ ގޮތަކަށް ނަގާފައި ޖެހޭނީ ޓިކްޓޮކް އަޕްލޯޑް ކުރާށެވެ، ނޫނީ 7984747 އަށް ޖެހޭނީ ޓެލެގްރާމް ކުރާށެވެ.

މި ހާއްސަ ޗެލެންޖް ފެށީ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ.

މި ޗެލެންޖްގައި ބައިވެރިވާ ފަރާތްތަކުން #KINonemoreflip ހޭޝްޓެގް ބޭނުން ކުރަން ޖެހެއެވެ. މި ވީޑިއޯތަކުގައި އަމިއްލަ ހިޔާލު ހުންނަން ޖެހޭއިރު، ތަފާތު ކަމެއް ހުރުމަކީ ލިބޭނެ ޕްލަސް ޕޮއިންޓެއްކަން ޔަގީނެވެ. އެހެންކަމުން މި ހުނަރު ދައްކާލައިގެން އަގުހުރި އިނާމުތައް ހޯދިދާނެއެވެ.

މިއީ ކޮންމެ އުމުރެއްގެ މީހަކަަށްވެސް ބައިވެރިވެވޭނެ ޗެލެންޖެކެވެ. އަމިއްލަ ހިޔާލާއި އަމިއްލަ ހުނަރު އަދި ތަފާތު ގޮތްގޮތަށް ކިން ޔޯގަޓް ބްރޭންޑްގެ ފުޅިއެއް ބޭނުންކޮށްގެން ބޮޓްލް ފްލިޕްކޮށް އަޕްލޯޑް ކުރަމުން ގެންދަންވީއެވެ.

މި ޗެލެންޖްގައި ބައިވެރިވެގެން އެއްވަނަ އަށް ދާ ފަރާތަކަށް ލިބެނީ ޕީއެސް5 އެކެވެ. އަދި އޭގެ އިތުރުން، އިތުރު 10 ފަރާތަކަށް، ނުވަތަ 10 ވީޑިއޯއަށް ހާއްސަ ގިފްޓް ހެމްޕާއެއް ލިބިގެން ދާނެ ކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.