ރާއްޖޭގައި އަބަދުވެސް ފުޓްބޯޅައިގެ ފޯރި ގަދަ އެވެ. ހާއްސަކޮށް ބޮޑެތި ފުޓްބޯޅަ މުބާރާތްތައް ފަށާއިރު، އެންމެ ފޯރީގައި މެޗްތައް ބަލާ އެއް ބަޔަކަށް ދިވެހިން ވާނެއެވެ. ގިނަ ދިވެހިންގެ އެންމެ މަގުބޫލް ކުޅިވަރަކީ ފުޓްބޯޅަ ކަމާއިމެދު އެއްވެސް ޝައްކެއް ނެތެވެ. މިހާރުވެސް އެކަން ވަރަށް ބޮޑަށް ފެނިގެން ދެއެވެ. ހާއްސަކޮށް މިހާރު ގަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑްކަޕްގެ މެޗްތައް ބެލުމަށް ފޯރި ނަގައެވެ.

އެންމެން އެކު އެކީގައި މި މެޗްތައް ބެލުމަށް މާލެ ސަރަހައްދުގައި އެކި އިންތިޒާމްތައް ހަމަޖައްސާފައިވާއިރު، މާލެއިން ބޭރުގައި ތަފާތު މާހައުލެއްގައި މެޗްތައް ބަލަން ބޭނުންވާނަމަ ދާންވީ ކްރޮސްރޯޑްސްއަށެވެ.

ކްރޮސްރޯޑްސްގެ އުރީދޫ ފޭންޒޯންގައި ލައިވްކޮށް މެޗްތައް ބެލޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. މި މެޗްތައް ކްރޮސްރޯޑްސްގެ ހިތްގައިމު ގޮނޑުދޮށުގައި ތިބެގެންވެސް ބަލާލެވޭނެއެވެ. އެހާވެސް ފުރިިހަމައަށް، އިންތިޒާމްތައް ވަނީ ހަމަޖައްސާފައެވެ.

ކްރޮސްރޯޑްސްގައި މެޗްތައް ބެލޭނެ އިންތިޒާމްތައް ހަަމަޖައްސާފައި ވަނީ ދެކޮޅު ދަތުރާއި، ސްނެކްސް އާއި ބުއިންތަކާއި، ސައި އަދި ކޮފީވެސް ލިބޭ ގޮތަށެވެ. އެހެންކަމުން އަވަހަށް ދަތުރު ހަދާފައި ކްރޮސްރޯޑްސްއަށް ދާންވީއެވެ.

މީގެ އިތުރުން ކްރޮސްރޯޑްސްގެ ރިސޯޓެއް ކަަމަށްވާ ސައި ލެގޫންގައި މެޗްތަކަށް ފަހު ތިބުމަށް ދިވެހިންނަށް ހާއްސަ ރޭޓެއްވެސް ވަނީ ހަމަޖައްސާފައެވެ. އެހެންކަމުން މިއީ ކުރު ޗުއްޓީއެއް ހޭދަކޮށްލަންވެސް ވަރަށް ރަނގަޅު ދުވަސްވަރަކަށް ވާނެއެވެ.

ކްރޮސްރޯޑްސް އާއި ގުޅޭގޮތުން މައުލޫމާތު ހޯދުމަށާއި، ބުކިންގ ހެދުމަށް ގުޅާނީ 7307000 އަށެވެ.