މި އަހަރު ރާއްޖެއަށް އަންނާނެކަމަށް އަންދާޒާކުރި ޓާގެޓަށް ވާސިލުވާން ކުޑަތަންވެ، މާދަމާ 1.6 މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އަންނާނެ ކަމަށް ބެލެވިއްޖެ އެވެ.

1.6 ވަނަ މިލިއަން ފަތުރުވެރިޔާއަށް މަރުހަބާއަށް ކިއުމަށް އެމްއެމްޕީއާރުސީން ވަނީ ހާއްސަ ރަސްމިއްޔާތެއްވެސް ބާއްވަން ނިންމައިފައެވެ.

އެމްއެމްޕީއާރުސީން އަންޒާދާކުރާ ގޮތުގައި 1.6 މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އަންނާނީ މާދަމާ މެންދުރު ނުވަތަ މެންދުުރު ފަހުގެ ވަގުތެއްގައެވެ.

އެމްއެމްޕީއާރުސީން ބުނީ ކޮވިޑް-19އާ ގުޅިގެން އަޑިއަޅާލި ފަތުރުވެރިކަމުގެ ދާއިރާ މިހާރު އެއްކޮށް އިއާދަވެފައިވާ ކަމަށާއި އަދި ފަތުރުވެރިކަމުގެ ދާއިރާގެ މިހާރު ފެންނަނީ ކުރިއަށް ވުރެ މާ އުޖާލާކޮށް ކަމަށެވެ.

މިއީ ޓޫރިޒަމް ޕީކް ދުވަސް ވަރެވެ. މި ދުވަސްވަރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އަބަދުވެސް މަތިވާކަން ފާހަގަކޮށްލެވެއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުން ޑިސެމްބަރު 14 ވަނަ ދުވަހުގެ ނިޔަލަށް 1،566،083 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ.

އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މި މަހު މިހާތަނަށް 74،840 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ.

މި އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ އިންޑިއާއިންނެވެ. އެގޮތުން އެ ގައުމުން 224،640 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ. ދެވަނައަށް ރާއްްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ ރަޝިޔާއިންނެވެ. އެ ގައުމުން ރާއްޖެއަށް 189،586 ފަތުރުވެރިން އައިސްފައި ވެއެވެ. ތިން ވަނައަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި އިނގިރޭސިވިލާތުން ރާއްޖެ އައިސްފައި ވަނީ 168،123 ފަތުރުވެރިންނެވެ.

މި އަހަރު މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ފާއިތުވެ ދިޔަ އަހަރު ރާއްޖެ އައި ފަތުރުވެރިންނާއި އަޅާ ކިޔާއިރު ވަނީ އިތުރު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙަނދުކޭތަ

    އެކަމަކު ރައްޔެތުން މިތިބެނީ ހުސް ގޮހޮރާ ދައުލަތައް ޖީއެސްޓީ ދައްކާލަ ދައްކާލަ ކިހިނެއްތަ ކަލަެމެން ހިސާބު ތިހަދަނީ ދޮގު ހެދުންއެއީ ކަލޭމެންގެ ކަށީގަ ހިފާފަހުރި ކަމެއް ނެގޭއަހަރު ދެމިލަޔަން ކަލޭމެންގެ ދުލުންބުނެގިއްޔާ އެއަދަދު ނަޔަސް ހަމަކުރާނެ ކަލޭމެން އެކަމް ރައްޔިތުންނައް ލިބުނު ލުޔެއް ނެތް ބުރަބޮޑޮވެގެން މިދިޔައީ ޖިބައް

  2. ސައީ

    ތި ލަގަބު ލިބޭނީ ރީތި ޒުވާން ދޮން އަންހެން ކުއްޖަކަށް. މިއީ ހަމަ އާދަ.. ބަލަނ ތިބޭތި.. އޮޅިގެންވެސް ލިބޭނީ ހަމަ ޒުވާން އަންހެން ކުދިންނަށް.. ވާހްވާހް..

    1
    1
  3. Anonymous

    މިސަރުކާރުގައި މިލިއަނުން ބިލިއަނުން ފަތުރުވެރިން ރާއްޖެއަށް އަންނަނީ. އެމީހުންގެ އަތުން މިލިއަނުން ބިލިއަނުން ޑޮލަރުތައް ދަޢުލަތަށް ވަންނަނީ. ނަމަވެސް ޑޮލަރު ލިބެންނެތް. ބަޖެޓެއްނެތް. ޚަރަދުކުރެވޭނެ ގޮތެއްނެތް. ދައުލަތުނެތް ލޯލާރިއެއްވެސް. އަރަތެއްނު. ޒީރޯ ޓޮލެރެންސްގައި އޮތީ ވަގޭވަގޭ ގޮވަމުން ދަޢުލަތް ލޫޓުވާލުން.

  4. އަހައްމަދޫ

    ތިމީހުން އަތުން ލިބޭ ޑޮލަރުތަކައް ކިހިނެއްތަވަނީ. ޚަރަދުތައް ފޫބައްދަން އަދިވެސް ފައިނަގަނަގާ ތިބެނީ ނިކަމެތި ރައްޔަތުންގެ އަތުން ކޮންމެހެންވެސް ނަގަން ޖެހޭ ޖީއެސްޓީ ކޮޅަކުން. ތިޑޮލަރުތަކަށް ވާގޮތެއް ބަލަން އިބޫސޯބެއަށް ގޮވާލަން ކޮންމެސް ކޮމިޝަނެއް އުފައްދަން

  5. ދަންނަ އާދަނު

    ތިވެސް ވާނީ ފޭކް އަކަށް 1.6 ކޭ ކިޔާފަ .. ރިޒާވްގައި ހުރި ޑޮލަރު ކާލާ ހުސްކޮށްފި.. ހުސް ވައްކަން..