ދަތްތަކުގެ ހުދު ކުލަ ގެއްލެން ދިމާވާ ގިނަ ސަބަބުތަކެއްވެއެވެ. ކޮފީ ބުއިމުގެ އާދަ ބޮޑު ދިވެހިންގެ ތެރޭގައި، ޚާއްސަކޮށް ކަޅު ކޮފީ ބޯ މީހުންނަށް ވެސް މިއީ ބޮޑު މައްސަލައެކެވެ. ދަތްތައް ހަޑިވެ އޭގެ ހުދުކަން ގެއްލިދާ ފަހުން ދަތްޕިލަ ރީތި ކުރުން އެއީ ފަސޭހަ ކަމަކަށް ނުވާނެއެވެ. ނަމަވެސް އޭގެ މާނައަކީ ދަތްތައް ހަޑިވުމުން އަލުން އަނބުރާ ހުދުކަން ނުގެނެވޭނެ ވާހަކައެއް ނޫނެވެ.

ދަތްތައް ރީތިކޮށް އެ ރީތިކަން ދެމެހެއްޓުމުގެ ބޭނުމުގައި ބޮޑު އަގު ދީގެން އާދަކޮށް ބައެއް މީހުން ކްލިނިކުތަކުންނާއި އެފަދަ ތަންތަނުން ދަތްތައް ސާފުކުރާ އިރު، އަނެއް ބަޔަކު ތަފާތު އެކި ބާވަތް ބާވަތުގެ ބޭހާއި އުފެއްދުންތައް ބޭނުންކޮށް އުޅެއެވެ.

ނަމަވެސް އެ ފަރާތްތަކަށް ރަނގަޅު މޮޅު ހައްލަކާ ދިމާވަނީ މަދު ފަހަރެއްގައެވެ.

ދަތްތަކުގެ ރީތިކަން ދެމެހެއްޓުމަށް އެދޭ ނަމަ އެންމެ މުޙިންމު ކަމަކީ ރަނގަޅު ފައިދާކުރަނިވި، އެކަމަށް ޚާއްސަ އުފެއްދުމެއް އިޚްތިޔާރު ކުރުމެވެ. އެއީ ދަތްތަކަށް ގެއްލުން ލިބި ދާއިމީ ގޮތެއްގައި ދަތްތަކަށް ގެއްލުންކުރާ އެއްޗެއް ނޫންކަން ޔަގީން ކުރަން ޖެހެއެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮންލައިން އަދި ރީޓެއިލް ވިޔަފާރިކުރާ "ލިބޭ އޮންލައިން" އިން މި މައްސަލަ އަށް ހޯދައިދިން ޙައްކަލީ "ސްޕާކަލް" އެވެ. ސްޕާކަލް ބްރޭންޑުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ، "ލިބޭ" އިން ވިއްކަމުންދާ މިބްރޭންޑުގެ "ޓްރިޕްލް ވައިޓް ޓޫތްޕޭސްޓް" އަކީ، މަދު ދުވަސްކޮޅެއްގެ ތެރޭގައި ދަތްތައް ހުދުކޮށް ރީތިކޮށްދޭ ދަތްއުނގުޅާ ބޭހެކެވެ.

ދަތްތައް ހަޑިވެ ދަތުގެ ހުދުކަން ގެއްލިފައިވާ ފަރާތްތަކުން މި ބޭސް ބޭނުން ކުރަން ފަށާތާ ކުރު މުއްދަތެއްގެ ތެރޭގައި އާދަޔާ ޚިލާފު ބަދަލެއް ފެނިގެން ދެއެވެ. އަދި ޤަވާއިދުން މި ބޭސް ބޭނުން ކުރަން ފެށުމުން ހިތްހަމަޖެހޭ ފަދަ ހިތްގައިމު ބަދަލުތަކެއް ފެނިގެންދެއެވެ. ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހީނުކުރާ ފަދަ ބަދަލުތަކެއް ދަތްތަކަށް މި ބޭސް ބޭނުން ކުރުމުން އާދެއެވެ. އަދި ދަތުގެ ހުދުކަން އިތުރުކޮށްދީ، ދަތްތައް ޗާލުކޮށްދެއެެވެ.

ދަތްތައް ހުދުކުރުމުގެ އިތުރުން ދަތާއި އަނގައިގެ ދުޅަހެޔޮ ކަމަކީވެސް އެހާމެ މުހިއްމު ކަމެކެވެ. "ސްޕާކަލް - ޓްރިޕްލް ވައިޓް ޓޫތްޕޭސްޓް" އަކީ ދަތްތަކުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ވެސް މަގުފަހިކޮށްދޭ މޮޅު ބޭހެކެވެ. "ސްޕާކަލް" ގައި އެކުލެވޭ "ވައިޓް ސެލިކާ" އަކީ ދަތްތައް ހުދުކޮށްދިނުމުގެ އިތުރުން ދަތްތަކަށް ކެމިކަލްގެ އަސަރުން ކުރާ ގެއްލުމާއި ނޭދެވޭ އަސަރު ކުޑަކޮށްދީ، ދަތްތައް އިތުރަށް ވަރުގަދަކޮށްދޭ މާއްދާއެކެވެ.

މި ބްރޭންޑުގެ އެންމެ ޚާއްސަ އެއްކަމަކީ އޭގައި ހިމެނޭ ވައިޓް ސޯޑިއަމް ޓްރިޕޮސްފޭޓް ނަމަކަށް ކިޔާ މާއްދާއެވެ. އެ މާއްދާއަކީ ދަތްތަކުގައި ހަރުލައި އަށަގެންފައި ޖަރާސީމުތައް ނައްތާލަން މަސައްކަތް ކުރާ މާއްދާއެކެވެ. އެހެންކަމުން ދަތްތަކުގެ ރީތިކަން ގެއްލުވާލަން މަގުފަހިކުރާ ޖަރާސީމުތަކުގެ ސަބަބުން ދަތްތަކަށް ލިބިދާނެ ދާއިމީ ގެއްލުމަކުން ދުރުކޮށްދިނުމަށް "ސްޕާކަލް" އެހީއަކަށް ވެއެވެ.

"ސްޕާކަލް"ގައ ހިމެނޭ ވައިޓް ހައިޑްރޯކްސީ އެޕެޓައިޓަކީ، ދަތްތަކާއި ހިރުގަނޑަށް ކުރީން ލިބިފައިވާ ގެއްލުންތަކަށް ފަރުވާ ލިއްބައިދޭ މާއްދާއެކެވެ. "ސްޕާކަލް - ޓްރިޕްލް ވައިޓް ޓޫތްޕޭސްޓް" ގައި އެކުލެވޭ މި މާއްދާގެ ސަބަބުން، ނުރައްކާތެރި ކެމިކަލާއި އެނޫންވެސް އެފަދަ ބައިތަކުން ދަތްތަކަށް ގެއްލުން ލިބި ހަޑިވެފައި ހުންނަ ހުރުމަށް ހައްލު ހޯދައިދެއެވެ.

"ސްޕާކަލް - ޓްރިޕްލް ވައިޓް ޓޫތްޕޭސްޓް" ބޭނުން ކުރުމުން ނަތީޖާ އަވަހަށް ފެނުމަކީ އެ ބޭސް ބޭނުން ކުރާ ފަރާތްތަކަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމެވެ. އެ ބްރޭންޑް ބޭނުން ކުރަން ފަށާތާ، އެއް ދުވަހާއި ހަތް ދުވަހާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި، ބޭނުންވާ މިންވަރަށް ދަތްތައް ހުދުކޮށްލުމުގެ ޤާބިލްކަން ލިބިފައިވެއެވެ. ކުރު މުއްދަތެއްގެ ތެރޭގައި ދަތްތަކަށް އަންނަ ހެޔޮ ބަދަލު ފެނި، މި ބޭހަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ. މީގެ އިތުރުން އޭގެ ފައިދާ އާއި މޮޅު ކަމުގެ ސަބަބުން އެކަން ފާހަގަކޮށް "ސްޕާކަލް - ޓްރިޕްލް ޓޫތްޕޭސްޓް" އަށް 2018 އަހަރު ވަނީ "ކޮންވީ" އެވޯޑު ވެސް ލިބިފައެވެ.

ކޮންމެ ދުވަހަކު މަދުވެގެން އެއްފަހަރު މި ބޭސް ބޭނުންކޮށްގެން ދަތް އުނގުޅުމަށް ތަޖުރިބާކާރުން ލަފާދެއެވެ. ބޭނުން ނަމަ އެހެން ވަގުތުތަކުގައިވެސް ދަތް އުނގުޅާއިރު މި ބޭސް ބޭނުންކުރުން އެދެވިގެން ވެއެވެ. މީގެ އިތުރުން ހެނދުނު ހޭލުމަށްފަހު އާއި ރޭގަނޑު ނިދުމުގެ ކުރީން އާދަކޮށް މި ބޭހުން ދަތް އުނގުޅުމަކީ ވެސް ރަނގަޅު ގޮތެކެވެ.

މި ބްރޭންޑުގެ އިތުރު އުފެއްދުންތައް ވެސް އިން "ލިބޭ" އިން ވިއްކަމުން ދެއެވެ. ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ މި ޕްރޮޑަކްޓުތައް، ލިބޭ އިން ރީޓެއިލްކޮށް އަދި ހޯލްސޭލްކޮށް ލިބެން ހުރިއިރު، ޕްރޮޑަކްޓް ގަތުމާއި އިތުރު މަޢުލޫމާތު ސާފުކުރުމަށް، 9759452 ނަމްބަރު ފޯނަށް ގުޅުމަށް އެފަރާތުން އެދެއެވެ. އަދި "ލިބޭ" ގެ ފޭސްބުކް ޕޭޖަށް މެސެޖުކޮށްގެން ވެސް އޯޑަރު ކުރެވޭނެ އެވެ.

މި ޕްރޮޑަކްޓުތައް މާލެއިން ގަންނަ ފަރާތްތަކަށް އިތުރު އަގަކާއި ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް ލިބޭ އިން ފޯރުކޮށްދެއެވެ.