ރާއްޖޭގެ ވިލާ ޓްރޭޑިންގް އިން މިވަގުތު ސަޕްލައި ކުރާ ތަފާތު އެކިއެކި ފައިދާހުރި ބްރޭންޑް ތަކުގެތެރެއަށް އިތުރުވި އާ ބްރޭންޑް އެއް ކަމަށްވާ ''ޕްލެއިންސޮލެއިލް''އާއެކު ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އިޝްތިހާރެއް ކުޅެފިއެވެ.

1999 ވަނަ އަހަރު އުފެދިގެން އައި ޕްލެއިން ސޮލެއިލް ބްރޭންޑް އަކީ ލެބަނޮންގެކާތަކެތި އުފައްދާ ސިނާޔަތުގައި މިވަގުތު އެންމެ މަގްބޫލު އެއް ބްރޭންޑް އެވެ. މިއީ ފުޅާދައިރާއެއްގައި ކާބޯތަކެތީގެ އެކި ބާވަތްތައް އުފައްދަމުން އަންނަ ކުންފުންޏެކެވެ. މީގެތެރޭގައި ގަނޑުކުރި ތަރުކާރި، އެޕެޓައިޒާސް، ދަޅުގައި ހުންނަކާނާ، ތަފާތު ސޯސްތައް،ތަރުކާރީ ތެޔޮ، އަދި ޑެއިރީ ކާނާގެ އިތުރުންވެސް ތަފާތު ވައްތަރުގެ ކާނާ އުފައްދައެވެ. މިހުރިހާ ކާބޯތަކެއްޗެއްވެސް އުފައްދާފައި ވަނީގުދުރަތީގޮތުން އެންމެ ތާޒާހުރިއިންގްރީޑިއެންޓްސް ބޭނުންކޮށްގެންނެވެ.

ޕްލެއިން ސޮލެއިލް އަކީ ދުނިޔޭގެ އަށް ގައުމެއްގައި ފުޅާ ދާއިރާއެއްގައި ހަރާތްތެރިވެ ތަކެތި ވިއްކާ ކުންފުންޏެކެވެ. އަދި މިއީގަނޑުކުރި ކާނާ ވިއްކާކުންފުންޏަކަށް ބަލާފައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ކުންފުންޏެކެވެ.

ދާދި ފަހުން ވިލާ ޓްރޭޑިންގްއިން ވަނީ ސާއިދުއާއި އެކުމި ބްރޭންޑުގެ ބައެއް ކާބޯތަކެތީގެ އިޝްތިހާރެއްވެސްކުޅެފައެވެ.

މި އިޝްތިހާރު ތައްޔާރު ކުރުމުގައި ހުޅުމާލެ ބީޗުގައިކުޑަކުދިން ހިމެނޭގޮތަށް ޟޫޓުކުރުމުގެ ސަބަބުންބެލުންތެރިންނަށް މަޖާ އަދި ބަލާލަން ހިތްގައިމު ގޮތެއް ހުރައެވެ.

 

View this post on Instagram

 

A post shared by Villa Mart (@villamartmv)

 

ޕްލެއިލް ސޮލެއިލްގެ އުފެއްދުންތައް ބޭނުންކޮށްގެންސިއްހަތަށް ފައިދާހުރިކާނާ އަދި ސްމޫތީ ފަދަ އެއްޗެހިފަސޭހައިން ތައްޔާރުކޮށްލެވޭނެއެވެ.

މި އިޝްތިހާރުންފެނިގެން ދަނީ ޕްލެއިން ސޮލެއިލްގެގަނޑުކުރި މިކްސްޑް ބެރީސް ބޭނުންކޮށްގެން ސްމޫތީއެއް ތައްޔާރުކުރާ ތަނެވެ. މި ސްމޫތީ އަކީސާއިދުގެ ކަސްރަތުކުރުމުގައި ހަކަތައާއި ވަރުޖެއްސުމުގެ ގޮތުން ބޯ ސްމޫތީއެކެވެ.

މިކްސްޑް ބެރީސް ބޭނުންކޮށްގެންބތައްޔާރުކުރެވޭ މިސްމޫތީއަކީ ތައްޔާރުކޮށްލަން ފަސޭހަ އަދި ރަހަ މީރުސްމޫތީއެކެވެ .ގަނޑުކޮށްފައި ހުންނަ އެޕެޓައިޒާސް އިންފެށިގެން ގޮސް ގަނޑުކުރި ތަރުކާރީފަދަތަފާތުއެބާވަތްތައް ހުރުމުގެ ސަބަބުން ޕްލެއިން ސޮލެއިލްއަކީ ހުރިހާ އުމުރުފުރައަކަށްވެސް ހިތްގައިމުބްރޭންޑްއެއްކަން އިޝްތިހާރުން ދައްކުވައިދެއެވެ.

ޕްލެއިން ސޮލެއިލް އަކީމިވަގުތު ވަރަށްވެސް އަވަހަށްދައުރުވާ، ކަސްޓަމަރުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބްރޭންޑެކެވެ.

ޕްލެއިން ސޮލެއިލް އަކީމިވަގުތު ވަރަށްވެސް އަވަހަށް ދައުރުވާ، ކަސްޓަމަރުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބްރޭންޑެކެވެ.