މި އަހަރުގެ ޖަނަވަރީ މަހުގައި މީރާއަށް 3.40 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.

މީރާއިން ދިން މަައުލޫމާތަށް ބަލާއިރު މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ %43.1 އިތުރު އަދަދެކެވެ. އަދި މި އަހަރު ޖެނެއަރީގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ ވަރަށްވުރެ %43.6 އިތުރު އަދަދެކެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، ޖަނަވަރީ 2022 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު ޖަނަވަރީ 2023 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޖީއެސްޓީ، ކޯޕަރޭޓް އިންކަމް ޓެކްސް، އެއަރޕޯޓް ޓެކްސް، ޓޫރިޒަމް ލޭންޑް ރެންޓް އަދި ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ.

މިގޮތުން، ޑިސެންބަރު 2021 އާއި އަޅައިބަލާއިރު، ޑިސެންބަރު 2022 ގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 12.0% އިތުރުވެފައިވާކަމަށް މީރާއިން ބުނެފައި ވެއެވެ.

މީރާ އިން ބުނީ މި އަހަރު ޖެނުއަރީގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީންނެވެ. އެއީ 1.62 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 1.30 ބިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ގްރީން ޓެކްސް 100.79 މިލިއަން ރުފިޔާ، ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 94.04 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ގޮތުގައި 89.60 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 198.63 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މި އަހަރު ޖަނަވަރީގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 112.80 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ތިޔައައް ވާގޮތެއް ނޭނގި ދައުލަތް ބަނގުރޫޓް ވާތީ މައްސަަލަޔަކީ ، އަދި މިކުޑަ ކުޑަ ގައުމުގަ ވަކިބަޔަކު އަތްނޮފޯރާފަށައް މުއްސަނދިވެ ވަކިބަޔަކު ނިކަމެތި ފަގީރުންނައްވާތަން ފެންނަނީ.