އެލައިޑް އިންޝުއަރަންސުން ވަނީ މޮޓޯ ކެމްޕެއިން ފެށިގެން ކުރިއަށްދާ ކަމަށް އެކުންފުނިން ބުނެފިއެވެ.

1 ފެބުރުވަރީން ފެށިގެން ކުރިއަށް ގެންދާ މިކެމްޕެއިންގެ ތެރެއިން މޮޓޯ ކޮމްޕްރިހެންސިވް ޕޮލިސީއެއް ބައްލަވައިގަންނަވާ އެންމެ ފުރަތަމަ 140 ކަސްޓަމަރުންނަށް ހިލޭ ހެލްމެޓެއް ލިބޭނެކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.

އެލައިޑް އަދި އެލައިޑް އިސްލާމިކް ވިންޑޯ އަޔާދީއިން ނަގާ ޕްލޭންތަކާއި އެކު ވެސް ހެލްމެޓް ލިބިލައްވާނެއެވެ. އަދި ޕޮލިސީ އަލަށް ނަންގަވާ އަދި އާ ކުރައްވާ ކޮންމެ ކަސްޓަމަރަކަށްވެސް ފުލުހުން އިލްތިމާސް ކުރައްވާފައިވާ މިންގަނޑުތަކަށް ފެތޭ ހެލްމެޓެއް ލިބިލައްވާނެއެވެ.

މޮޓޯ ކޮމްޕްރިހެންސިވް އިންޝުއަރެންސަކީ ތިން ވަނަ ފަރާތެއްގެ ރައްކާތެރިކަމުގެ އިތުރުން އެކްސިޑެންޓެއް ފަދަ ހާލަތުގައި ދުއްވާ މިހާ އާއި އުޅަނދުގެ ކަވާ ކުރާ ޕޮލިސީއެކެވެ. އެ ޕޮލިސީގެ ދަށުން ގުދުރަތީ ކާރިސާއެއްގައި ނުވަތަ އަލިފާނުގެ ހާދިސާ ފަދަ ހާލަތެއްގައި ވެސް ލިބޭ ގެއްލުން ކަވާ ކޮށްދޭނެއެވެ. ނަމަވެސް ގާނޫނުން ލާޒިމު ކުރާތީ މީހުން އާއްމުކޮސް ނަގަނީ ތާޑް ޕާޓީ އިންޝުއަރެންސެވެ. ނަމަވެސް އެ އިންޝުއަރެންސަކީ އެކްސިޑެންޓެއްގެ ހާލަތުގައި ތިމާ އަތުން އަނެކާއަށް ލިބޭ ގެއްލުން ކަވަރު ކުރާ އިންޝުއަރެންސެކެވެ. އޭގެން އަމިއްލަ މީހާ އަށް އިންޝުއަރެންސެއް ނުލިބޭނެ އެވެ.

މޮޓޯ ކޮމްޕްރިހެންސިވް ޕޮލިސީ އަކީ އެއްގަމު ހުރިހާ އުޅަނދަކަށް ވެސް ހޯދޭނެ އިންޝުއަރެންސް އެކެވެ. އެ ޕޮލިސީ ނަގާއިރު އުޅަނދު ވަގަށް ނަގައިފި ނަމަ ކަވަރު ކޮށްދޭ ގޮތަށް ނެގޭނެ އެވެ.