މިމަހުގެ މެދުތެރެއިން ފެށިގެން ޕްލާސްޓިކް ކޮތަޅުން ފީ ނަގަން މަޖުބޫރުވި ނަމަވެސް، މުއްސަންދިންނާއި އަތްމަތި ތަނަވަސް މީހުންގެ އަތުން ބައެއް ހާލަތްތަކުގައި ޕްލާސްޓިކް ކޮތަޅުން ފީ ނުނަގާނެ ކަމަށް ބައެއް ފަރާތްތަކުން ބުނެފިއެވެ.

ސަރުކާރުން ވަނީ މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން ޕްލާސްޓިކް ކޮތަޅުން ފީ ނަގަން މަޖުބޫރު ކޮށްފައެވެ. މިއާއި އެކީ ބައެއް ހާލަތްތަކުގައި ދިވެހިން ގަންނަ ތަކެތީގެ އަގު ބޮޑުވާނެއެވެ. ނަމަވެސް ޑިއުޓީ ފްރީއިން ކޮތަޅު ވިއްކިއަސް އަދި އެއްޗެއް ގަނެގެން ޕްލާސްޓިކް ކޮތަޅަކަށް އަޅާފަ ދިނަސް ފީއެއް ނުނެގުމަށް ސަރުކާރުން ނިންމުމާއި އެކީ މުއްސަންދިންގެ އަތުން އެ ފީއެއް ސަރުކާރަކަށް ނުލިބޭނެއެވެ.

އެއާޕޯޓް ޑީއުޓީ ފްރީއަކީ ނިކަމެތިން އާންމުކޮށް ވިޔަފާރި ކުރާ ތަނެއް ނޫނެވެ. އެތަނުން ގިނައިން ވިޔަފާރި ކުރަމުން އަންނަނީ މުއްސަންދިންނާއި ފަތުރުވެރިންގެ އިތުރުން، މާލީ ތަނަވަސްކަން ތިބި މީހުންނެވެ.

ޑިއުޓީ ފްރީއިން ވިއްކާ ތަކެތި އަޅާ ކޮތަޅުން ފީއެއް ނުނެގިނަމަވެސް އެންމެ ނިކަމެތިން ގަންނަ ހަނޑޫ، ހަކުރު އަދި ފުށް އަޅާ ކޮތަޅުން ދައުލަތަށް ޓެކްސް މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން ނަގާނެއެވެ. މޭވާއާއި ތަރުކާރީ އަޅާ ކޮތަޅުން ވެސް ދައުލަތަށް ޓެކްސް ނަގާނެއެވެ.

ގިނަ މޭވާއާއި ތަރުކާރީ އަކީ ޓެކްސް ނުނަގާ އެއްޗެއްކަން ޤާނޫނުން އެނގެން އޮތްއިރުވެސް، އެތަކެތި އަޅާ ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނަގަން ފެށުމާއި އެކީ އެތަކެތީގެ އަގު ވެސް ބޮޑުވާނެއެވެ.

ޕްލާސްޓިކް ކޮތަޅުން ފީއެއް ނުނަގާ މަދު ބާވަތްތަކުގެ ތެރޭގައި ތާޒާ މަސް އަޅާ ކޮތަޅު ހިމެނޭއިރު، މަސް ގަނޑުކޮށްފިއްޔާ ފީއެއް ނަގަން ސަރުކާރުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަހްމަދު މާހިރު

    އިބޫ ސޯލިހް ކޮމްޕްލީޓް ފޭލިއަރ ބެޓަރ ރިޒައިން އަރލީ

    29
    6
  2. ލުޓޭރުންގެ ސަރުކާރު

    މަގޭހިތަންއަރާ ކޮބައިހޭ ރޔާމީންގެ ވެރިކަމުގަ ހަނޑޫ ހަކުރު އަގުބޮޑުވެގެން ތެލިތަށި ދޮވެ މަގުމަތީގަ ހިއްކަންއެޅި މީހުން..މިއަދު ޖީބުގަ ފައިސާގިނައީތަ މިސަރުކާރުން އިރުއިރުކޮޅާ ބޮޑުކުރާ ޓެކްސްތައް އޯކޭވަނީ...މައްސަލައަކަށް ވަނީ އޭރު ޓެކްސް ކިޔާފަ ޖީބުތައް ނުފެލީމަދޯ..

    33
    4
    • ޖަމީލު

      އޭރު ޔާމީން އެކަނި މަދު ބަޔަކަށް ދީގެން ކެއީ. މިހާރު އެންމެނަށް ދީގެން ކަނީ.

  3. މަރުކާ

    ޕްލާސްޓިކް ވެސް އޯކޭ

  4. ައަހުމަދު

    ސަރުކާރުން ބެނުންވަނީ ފަޤީރުން ފަޤީރުކޮށް މުއްސަދިން މުއްސަނދި ކުރާށޭ، އެހެންވީމަ ސަރުކަރުން ތިކަން ކޮންމެހެންވެސް ކުރާނެ. މިއޮތި ވާ ޤައުމެއް ހިޔެއްނުވޭ މި ދުނިޔޭގައިވެސް މިކަހަލަ ޤާނޫން ތަކެއް ހަދައިގެން އުޅެޤައުމެއް އޮންންހެން

    3
    1
  5. ދަރަނި ދަންތުރަ

    މަށަކަށް އެކައްޗެއް ވެސް ނުލިބޭ.

  6. ހޮއްކޮބެ

    މަރުވެދާނެ ކަމައް ނުވަތަ ދުނިޔެ ނިމިދާނެކަމަށް ޕުލާސްޓިކުފަދަ ތަކެތިނައްތައި ހެދުމަކީ މޮޔަކަމެއް

    6
    1