ދަނޑުވެރިކަމަށް ދޫކޮށްފައިވާ ބ. އަތޮޅުގެ ރަށެއްގައި ފަތުރުވެރިންނަށް ކޮޓަރިތައް ވިއްކާ މައްސަލައެއް ފެންމަތިވެއްޖެއެެވެ.

ބ. ކިހާދޫ ކައިރީގައި އޮންނަ އެ އަތޮޅު އައިދޫގައި ކޮޓަރިތައް ވިއްކާ މައްސަލަ ޓުވިޓާގައި ސަމާލުކަމަށް ގެނައީ ކިހާދޫ ކައުންސިލް މެމްބަރު ހުސެއިން ޝާފިއުއެވެ.

އޭނާ ޓުވިޓާގައި ވިދާޅުވީ، އެ ރަށުގައި ރަނގަޅު ފެންވަރުގެ ޕޫލަކާއި ގެސްޓްރޫމްތައް އަދި ރެސްޓޯރެންޓެއް ހަދައިގެން ފަތުރުވެރިންނަށް ވިއްކަމުންދާ ކަމަށެވެ.

"ހަމަ ރަނގަޅު ގެސްޓްހައުސްއެއް ލެވެލްގަ ހިންގަމުންދަނީ" ޝާފިއު ވިދާޅުވިއެވެ.

އެ ތަނުގެ ކޮޓަރިތައް މީހަކަށް 150 އާއި 800 ރުފިޔާއާ ދެމެދު ހިންގާ އިރު ކޮންމެ އިރަކު ކެއުމަށް 100 އެއްހާ ރުފިޔާ ނަގައެވެ.

ޝާފިއު "ވަގުތު"އަށް ވިދާޅުވީ އެކަން 2017 އިން ފެށިގެން ހިނގަމުންދާ ކަމަށާއި އެ މައްސަލަ ޓޫރިޒަމް އަދި ފިޝަރީޒް މިނިސްޓްރީއަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ.

"މީރާއަކަށްވެސް އަދި ފިޝަރީސް މިނިސްޓްރީއަކަށް ވެސް ފެންނަ ކަމަކަށް ނުހެދި.". ޝާފިއު ވިދާޅުވިއެވެ.

އެ ތަން ހިންގަނީ ރަޖިސްޓްރީނުކޮށްވާތީ އެތަނުން ލިބޭ އާމްދަނީ މީރާއަކަށް ނުދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަސަނު

    މ.އަތޮޅު ކުރެލި ބަލާލަބަލަ ހަމަތިފަދަ ކަމަށް ކާރީރަށްރަށުމިހުންކިޔަނީ.. ް

  2. ދަވާލާ

    ޗޯރު ޗޯރޭ އިބޫ ވަށްކަން ކުރުމުގައި އަތުފަތުނުޖެހޭ ، އެހެން މީހުން ވެސް ޗޯރޭ ކައިރިން ދަރިވަރު ވެގެން ޗޯރޭ ޗޯރޭ ލޫޓުވަނީ