'ހިނގާ ސައިބޯން ދާން' މިއީ ދިވެހިންގެ އަނގަމަތީ ޖުމްލައެކޭ ބުންޏަސް ގޯހަކަށް ނުވާނެއެވެ. ރައްޓެއްސަކު ނުވަތަ ގާތްތިމާގެ މީހަކު ފެނުނަސް އެންމެ ފުރަތަމަ ވެސް ބުނެވެނީ މިހެންނެވެ. ވާނީވެސް އެހެންތާއެވެ. ދެމީހަކު ދިމާވެ ވާހަކަ ދައްކާލާ އެކަކު އަނެކަކާއެކު ރަނގަޅު ވަގުތުކޮޅެއް ހޭދަކޮށްލަން ގިނަބަޔަކަށް ސައިތަށްޓެއް މުހިންމެވެ. ހާއްސަކޮށް ހޫނު ކަޅު ސައި ތަށްޓެކެވެ. މިއީ ދިވެހިންގެ ވެސް ފޭވަރިޓެކެވެ. ހަމައެކަނި ދިވެހިންނެއް ނޫނެވެ. މުޅި ދުނިޔޭގައި ވެސް ފެން ފިޔަވައި ދެން އެންމެ ގިނައިން ބޭނުންކުރާ ބުއިމަކީ ކަޅު ސަޔެވެ.

ކަޅު ސަޔާ ނުލާ ހެނދުނުގެ ނާސްތާ ފުރިހަމަ އެއް ނުވެއެވެ. ބޭރު ބަހުންނަމަ 'އިންގްލިޝް ބްރޭކްފާސްޓް ޓީ' އަކީ ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ މަގުބޫލު ސަޔެކެވެ. ތަފާތު ވައްތަރުގެ ހަރބަލް ސައިތަކާ އެކި ފްލޭވަރގެ ސައިތައް އަންނަން ފެށީ މާ ފަހުންނެވެ. އަސްލު ސަޔަކީ ހަމަ ކަޅު ސަޔެވެ. ކަޅު ސައި ތައްޔާރުކުރުމަށް ދިވެހިން ގަނެ އުޅެނީ ސައިފަތް ޕެކެޓެވެ. އެގޮތުން މިހާރު މީހުންގެ މެދުގައި މަގުބޫލު ވަމުން އަންނަ ސައިފަތެއް ކަމުގައިވާ 'ޖެފް ޓީ' އަށް ބަލާލަމާތޯއެވެ.

'ޖެފް ޓީ' އަކީ ސައިފަތް އުފެއްދުމަށް މަޝްހޫރު ސިލޯންގެ 'ޑިމްބިއުލާ' ސަރަހައްދުގެ އުފެއްދުމެކެވެ. މިއީ ރަހަ ރަނގަޅު، އެހާމެ ފުރިހަމަ ހިތްގައިމު ސައިފަތެކެވެ. ސައިފަތް އުފައްދަނީ 'ކެމީލިއާ ސިނެންސިސް' ނަމުން ނަންދެވިފައިވާ ގަހަކުންނެވެ. މިއީ އެހެން ހުރިހާ ވައްތަރެއްގެ ސަޔަކަށް ވުރެން ވަރުގަދަ ސަޔަކަށް ކަޅު ސައި ވާ އެއް ސަބަބެވެ. ކަޅު ސަޔަކީ އޭގައި ކެފީން ވެސް އެކުލެވިގެން ވާ އެއްޗެކެވެ. އެހެންކަމުން މީހާ ހޭލުއްވާލާ، ތާޒާކަން ގެނުވާ ވަރުބަލިކަން ފިލުވާލަން ވެސް ކަޅުސައި ބޭނުންކުރެވިދާނެއެވެ.ހަށިގަނޑުގެ ސެލްތަކަށް ލިބޭ ގެއްލުން ކުޑަކޮށްދޭ 'އެންޓިއޮކްސިޑަންޓް' ވެސް ކަޅުސައިގަ ހިމެނެއެވެ. އެހެންކަމުން ކަޅުސައި ބުއިމުން ހިތުގެ ބަލި، ޑައިބެޓީސް އަދި ކެންސަރު ފަދަ ބަލިތަކުން މީހާ ރައްކާތެރިކޮށްދިނުމަށް އެހީވެދެއެވެ.

އަނެއްކާވެސް 'ޖެފް ޓީ' ގެ ވާހަކަ ދައްކަމާ ހިނގާށެވެ. ދިވެހިންނަކީ އަބަދުވެސް ހިތްޖެހޭ އެއްޗެކަށް ގޮސް ހަރުލާ ބައެކެވެ. އެގޮތުން ހުރިހާ އުފެއްދުމެކޭ އެއްގޮތަށް ސައިފަތް ވެސް ވަކި ވައްތަރެއް ކަމުދާ ފަރާތްތައް ވަރަށް ގިނައެވެ. ނަމަވެސް، އެ ވައްތަރުތައް އަގުބޮޑު ވުމުން، ނުވަތަ އައު ވައްތަރެއް ބާޒާރަށް އައުމުން ކުޑަ ޕެކެޓެއް ގަނެލައިގެން ނަމަވެސް އަޖުމަ ބަލާލުން އެއީ ކޮށްލަން ރަނގަޅު ކަމެކެވެ. ކަމުދާ ވަރެއް ވެސް އެނގޭނީ އޭރުން ނޫން ހެއްޔެވެ؟.

'ޖެފް ޓީ' ސައިފަތް ރާއްޖެއަށް ތައާރަފްކޮށްދީފައިވަނީ 'އެމް.ޔޫ' ސްޓޯރުންނެވެ. މިއީ މި އުފެއްދުމަށް އިތުބާރު ކުރަން ޖެހޭ އަނެއް ސަބަބެވެ. 'އެމް.ޔޫ' ސްޓޯރަކީ އެފަދަ ދެވަނައެއް ނެތް އެތައް އުފެއްދުމެއް ރާއްޖެއަށް ތަޢާރަފްކޮށްދީފައިވާ ތަނެކެވެ. އެހެންވީމަ ޖެފް ޓީ ސައިފަތް ޕެކެޓެއް ގަނެލައިގެން 'ހިނގާ ސައިބޯން ދާން'!