ހޮންގްކޮންގް އެއާލައިންސް އިން ރާއްޖެއަށް ސީދާ ދަތުރުތައް އަލުން ފަށަން ނިންމައިފިއެވެ.

އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށިިއިރު، ފުރަތަމަ ފްލައިޓް މިރޭ 7:35ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖައްސާނެއެވެ.

މިއަދުން ފެށިގެން މި ދަތުރުތައް ކޮންމެ ބުދަ، ހުކުރު އަދި އާދީއްތަ ދުވަހަކު އޮޕަރޭޓްކުރުމަށް ހަމަޖެހިފަައި ވެެވެ.

މިއީ ރާއްޖޭގައި ޗުއްްޓީ ހޭދަކޮށްލަން އަންނަން ބޭނުންވެފައިވާ ފަރާތްތަކަށް ފަސޭހަ އަދި "ބަޖެޓް ފްރެންޑްލީ" އޮޕްޝަނަކަށް ވެގެން ދާނެެެއެވެ.

މި އެއާލައިނުން މީގެ ކުރިންވެސް ރާއްޖެއަށް ދަތުރުތައް ފެށިއިރު، އެއިރު ދަތުރުތައް ހުއްޓާލާފައި ވަނީ ކޮވިޑް-19އާ ގުޅިގެންނެވެ.

މިހާރުވެސް 40 އަށްވުރެ އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ކުރަމުން ދެއެވެ.