ހަނގުރާމައަށް ފަހު ފަލަސްތީނުގެ ޣައްޒާ އާ މެދު ކަންތައް ކުރާނެ ގޮތުގެ ޕްލޭނެއް ރަސްމީކޮށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އޭނާގެ ސަލާމަތީ ކެބިނެޓަށް ހުށައަޅައިފިއެވެ.

ނަތަންޔާހޫގެ ޕްލޭންގައިވާ ގޮތުން އުރުދުންގެ ހުޅަނގުގެ ހުރިހާ ސަރަހައްދެއްގައި "ނިރުބަވެރިން ބާރުގަދަވިޔަ ނުދިނުމަށާއި އެމީހުންގެ ފަރާތުން އިސްރާއީލަށް ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށް" އެ ސަރަހައްދުތަކުގެ ސަލާމަތީ ކޮންޓްރޯލް އެއްގަމާއި، ވައި އަދި ކަނޑު މަގުން އޮންނާނީ އިސްރާއީލަށެވެ. އެ ސަރަހައްދުތަކުގެ ތެރޭގައި އިސްރާއީލުން މިހާރުވެސް ހިފައިގެން އުޅޭ ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާ ހިމެނެއެވެ.

ހަނގުރާމަ ނިމުމުން ޣައްޒާގައި މަދަނީ ކަންތައްތައް ބަލަހައްޓާނީ "ތަޖުރިބާ ހުރި ލޯކަލް އޮފިޝަލުން" ކަމަށާއި "ނިރުބަވެރި ގައުމުތަކާއި ޖަމާއަތްތަކާއި އެއްވެސް ގުޅުމެއް ނެތް" ފަރާތްތަކުން ކަމަށްވެސް ނަތަންޔާހޫގެ ޕްލޭނުގައި ބުނެފައި ވެއެވެ.

އަދި އޭގެ އިތުރުން ހަނގުރާމަ ނިމުމުންވެސް ނިރުބަވެރި ހަރަކާތްތައް ހިންގިޔަ ނުދިނުމަށްޓަކައި މުޅި ޣައްޒާގައި ހަރަކާތްތެރިވުމުގެ މިނިވަންކަން އިސްރާއީލުގެ އަސްކަރިއްޔާއަށް އޮންނާނެ ކަމަށްވެސް އޭނާގެ ޕްލޭނުގައި ވެއެވެ.

އަދި ޣައްޒާއިން އެއްކޮށް އަސްކަރީ ބާރު ކަނޑުވާލުމަށާއި، ޣައްޒާގެ ހުރިހާ ތައުލީމީ، ދީނީ އަދި އެހެނިހެން ތަންތަނުގައި ހައްދު ފަހަނައެޅުން ކުޑަ ކުރުމުގެ ޕްރޮގްރާމްތައް ހިންގަންވެސް އޭނާގެ ޕްލޭންގައި ހިމަނާފައި ވެއެވެ.

ނަތަންޔާހޫގެ ޕްލޭންގައިވާ އެންމެ މުހިންމު އެއް ބަޔަކީ ފަލަސްތީނުގެ ރެފިއުޖީންނަށް ހާއްސަ އދ ގެ އެހީދޭ ޖަމިއްޔާ އަންރާ އުވާލުމެވެ. އޮކްޓޫބަރު 7 ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ހަމަލާގައި އަންރާގެ މުވައްޒަފުންތަކެއް ބައިވެރިވެފައިވާ ކަމަސް އިސްރާއީލުން ތުހުމަތު ކުރެއެވެ.

ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމު ކުރުމާއި ދެކޮޅު ހަދާ ނަތަންޔާހޫ ހުށައެޅި ހުށައެޅުމަށް އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީހުންވެސް ވަނީ ތާއީދު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ނަތޭ

    ކަލޭ އަކަށް އެކަމެއް ނުވާނެ. ކަލޭ ހަމާސް ނައްތާލާ އަރަށް އެހެން ހަމާސް އެއް އެބިމުން ނިކުންނާނެ.ކާމިޔާބު ނުވާނެ. ދުނިޔޭގެ ބާރު ތަށް ބޭނުން ކޮށްގެން ތިހިންގާ ޖަރީމާ ނިމިގެން ދާނީ ހިތި ގޮތަކަށް.ހަގުރާމަ ތިކުރަނީ ކުށެއް ނެތް މީހުންނަށް. އެމީހުން މަރައިގެން ހަމާސް ބަލިކުރަން ތިއުޅެނީ.

    22
  2. މެން

    ހަގުރާމަ ނިމުމައްފަހު ނަތައްޔާހޫގެ މަގުބަރާ ޒީނަތްތެރިކޮށް ވަލުލެވޭނެ އިންޝާ ﷲ

    23
  3. ކޮންކަހަލަ

    އެއްހެްން ގައުމެއްގެ އެހެން ބަޔާކާއި ބެހޭ ގޮތުން ކަންތައް ރަާވާ ހިންގަން މީ ދެން ކާކު، ބަލަ ފަލަސްތީނު މީހުންނަކީ އަރަބީން ނެވެ. ކަލޭމެންނަކީ ޔަހޫދީންނެވެ.

    20
  4. Anonymous

    ވިސްނާލާ. މުޅި ދުނިޔެވެސް މިއަދި އޮތީ މި ނިރުބަވެރި ހައްދުފަހަނައަޅާފައިވާ ޓެރަރިސްޓު ނަތަންޔާހޫ ހިފާ ހައްޔަރުކުރުމަށް ނުކުޅެދިފާ. މީގެ ސިއްރު ނުދަނެހުރީ ކާކުތަ؟ ސަބަބަކީ އިސްރާއީލޭ ކިޔުނު ނަހަލާލު ދަޢުލަތަކީ އިނގިރޭސިވިލާތާއި ހުޅަނގުގެ އިސްތިޢުމާރީ ބާރުތަކާއި އެމެރިކާ އިސްވެ އޮވެގެން ޒަޔަނިސްޓުންނާ އެކު އުފައްދާފައި އޮތް ދައުލަތެއް. އެހެންމީހާ އެމީހުން ހިމާޔަތްކޮށް އެމީހުން ރައްކާތެރިކުރަން ތިބި ބަޔަކީވެސް އެމީހުން.

    15
  5. ޓި

    ކަލޭ އައް ދުވަހަކުވެސް ތެދުމަގެނުފެނާނެ އާމީން. އަދި ނަރަކަ ކަލޭއައް އިންތިޒާރު ކުރާނެ.

  6. ސާއްލާ

    އިސްރޭލޭ ކިޔާ ގައުމެއް ނޯންނާނެ. ޔަހޫދިން ވަޒަންވެރިގެން ތިބީ ފަލަސްޓީނުން ފޭރިގެންފައިވާ ބިމުގައި،

    11
  7. ލާމު

    އެމެރިކާއާއި އިނގިރޭސިން ކުރަން ބޭނުންވާކަމެއްނަމަ، ނަތަންޔާހޫ ބޭނުންނުވިޔަސް ކުރާނެ. އެމެރިކާއާއި އިނގިރޭސިން ވެސް ބޭނުންވަނީ ނަތަންޔާހޫ ބޭބުންވާގޮތް. އެދެބައި މީހުންނަކީ ނަތަންޔާހޫ މެންނަށްވުރެ ވެސް ދެފުށް ދެގޮތް މީހުން. ނަތަންޔާހޫ ކައިރީގައި ކިޔަނީ އެހެެން ލަވަހައެއް. ޢަރަބިން ކައިރީ ކަޔަނީ އެހެން ލަވައެއް.

  8. ޢަބްދުﷲ

    އަހަރެން ހިތަށް އަރާ "ނުބައި ސިހުރުވެރިއެއްގެ ސިހުރުގައި ޖެހި، މި ނަތަންޔާހޫ ހިތި ގޮތަކަށް ވޭންދެނިވި މަރަކުން މަރު ގެންނަވާ ތަން" ދުނިޔޭގައި ތިބި ބަޔަކަށް ޢިބްރަތެއް ދެމުން ގެންދަވާފާނެ ކަމަށް...