ޕަލަސްތީނުގެ ހުޅަނގު އައްސޭރީގެ 800 ހެކްޓަރުގެ ބިން އިސްރާއީލުގެ ނިރުބަވެރިން ހިފައިފިއެވެ.

އިސްރާއީލުގެ ފިނޭންސް މިނިސްޓަރު ބެޒާލެލް ސްމޮޓްރިޗް ބުނާގޮތުން އެމީހުން ހިފާފައިވާ ޕަަސްތީނުގެ ހުޅަނގު އައްސޭރީގެ 800 ހެކްޓަރ (1،977 އަކަމީޓަރު) ބިން އިސްރާއީލް ދައުލަތުގެ ބިމެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފައެވެ. ހުކުރު ދުވަހު މިކަން އިއުލާންކޮށްފައި ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ މަޝްވަރާ ކުރެއްވުމަށް އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޯނީ ބްލިންކެން އިސްރާއީލަށް ވަޑައިގެންނެވި ދަނޑިވަޅެއްގައެވެ.

ބައިނަލްއަގްވާމީ އިދިކޮޅު ފަރާތްތައް އިތުރުވަމުން ދިޔަ ނަމަވެސް ހުޅަނގު އައްސޭރީގައި އާބާދީ ބިނާކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ޔަހޫދީ ސަރުކާރުން އަޒުމް ކަނޑައަޅާފައިވާޖަން މިވަނީ އިއުލާންކޮށްފައެވެ.

އެމެރިކާއިން މިދިޔަ މަހު ބުނެފައި ވަނީ ހުޅަނގު އައްސޭރީގައި އިސްރާއީލުން އާބާދީތައް ފުޅާކުރުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށާއި އެއީ ކުރީގެ ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުން އަނބުރާ ގެންދިޔަ އެމެރިކާގެ ޒަމާންވީ ސިޔާސަތަށް އެނބުރި އައުމުގެ އިޝާރާތެއް ކަމަށެވެ. މި ބަދަލާއެކު އެމެރިކާ އަނބުރާ ދުނިޔޭގެ ގިނަ ގައުމުތަކާ އެއްގޮތަށް ކުރިއަށް ގެންދިޔައިރު، 1967 ވަނަ އަހަރުގެ މެދުއިރުމަތީ ހަނގުރާމައިގައި އިސްރާއީލުން އަތުލައިގަތް ފަލަސްތީނުގެ ސަރަހައްދުގައި ބިނާކުރި އާބާދީތަކަކީ ގާނޫނާ ހިލާފު އާބާދީތަކެއް ކަމަށް ދެކެއެވެ.

މި މަހުގެ ކުރީކޮޅު ހިއުމަން ރައިޓްސްގެ ޗީފް ވޯލްކަރ ޓާކް ވިދާޅުވީ، އިސްރާއީލުން އާބާދީތައް ގާއިމްކޮށް ފުޅާކުރަމުން ފެންދިޔުމަކީ ބައިނަލްއަގްވާމީ ގާނޫނުގެ ދަށުން "ހަނގުރާމައިގެ ޖަރީމާއެއް" ކަމަށެވެ. ފަލަސްތީނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ޕަލަސްތީނުގެ ބިން ހިފެހެއްޓުމާއި އެތަންތާނގައި ޔަހޫދީންގެ އާބާދީ ބޮޑުކުރުން ކުށްވެރިކޮށްފައެވެ.

ފަލަސްތީނުގެ ފޮރިން މިނިސްޓްރީން އެންމެ ފަހުން ނިންމި ނިންމުމުގައި ބުުނާގޮތުން ނިރުބަވެރިން މި ހިންގާ ލާއިންސާނީ އަމަލުތައް ހުއްޓުބޭނެ ބައިނަލްއަގުވާމީ އެއްވެސް ގަރާރެއް ވެސް ނެތެވެ. ފަލަސްތީނުގެ ރައްޔިތުންގެ ހިމާޔަތް ކުރުމުގައި ބައިނަލްއަގްވާމީ ގޮތުން ވަނީ ނާކާމިޔާބުވެފައެވެ،

އިސްރާއީލާ އެކު މިނިވަން ފަލަސްތީނުގެ ދައުލަތަކާއެކު ދެ ދައުލަތުގެ ހައްލަކަށް ވާސިލްވުމަށް މަސައްކަތްތައް އަލުން ފެށުމަށް ބައިނަލްއަގްވާމީ ޕްރެޝަރު ބޮޑުވެފައިވަނީ ޣައްޒާގައި ގާތްގަނޑަކަށް ހަ މަސް ދުވަހުގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރާ މަސައްކަތްތަކުގެ ދަނޑިވަޅެއްގައެވެ. އޮސްލޯ އެއްބަސްވުންތަކުގައި ސޮއިކުރިފަހުން ފަލަސްތީނުގެ އިސްރާއީލްގެ ބާރުގެ ދަށަށް ގެނެސް އެމީހުންގެ ދައުލަތު ދަނީ ފުޅާކުރަމުންނެވެ.