ފަލަސްތީނުގެ ޣައްޒާގައި ބަނޑުހައި ހޫނުކަން އިންތިހާއަށް ވަނީ ކުރިމަތިވެފައެވެ. ކޮންމެ ދުވަހަކުވެސް ބަނޑުހައި ހޫނު ކަމުގައި އެތައް ބަޔަކު ދަނީ މަރާއި ހަނގުރާމަ ކުރަމުންނެވެ.

ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ހަމަލާތައް ދޭން ފެށި ފަހުން ޣައްޒާއަށް ބޭނުންވާ މިންވަރަށް އެހީ ނުލިބި އެތައް ބަޔަކު ހާލުގައި ޖެހިފައިވާއިރު، މިއީ ބަނޑުހައި ހޫނު ކަން. ތަހައްމަލު ކުރަމުންދާ ދެ ކުއްޖެއްގެ ވާހަކައެވެ.

މިގޮތުން ބަނޑުހައިހޫނުކަމުގެ ސަބަބުން އެއްމާބަނޑު ތިން ކުދިންގެ ހަށިގަނޑު ދަނީ މަރުވަމުންނެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި އެ ކުދިންނަަށް ވާނީ އެންމެ އަހަރެކެވެ. އެ ފޮޓޯތަކުން އަންހެނަކު(ބެލެވޭގޮތުގައި މަންމަ) އެ ކުދިން އުރާލައިގެން ކަހަލަ ގޮތަކަށް ހުންނައިރު، އެއް ކުއްޖަކު ރޯ މަންޒަރު ފެނިގެން ދެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެ ކުދިންނާއެކު މަންމަ ދިރިއުޅެމުން ގޮސްފައި ވަނީ އެތައް ހާސް ބަޔަކު ހިމާޔަތް ހޯދަމުން އަންނަ އަލް ޝިފާ ހޮސްޕިޓަލުގައެވެ.

އެހެން ނަމަވެސް ފާއިތުވެދިޔަ ދުވަސްތަކުގައި އިސްރާއީލުގެ އަސްކަރިއްޔާ އިން މެދުނުކެނޑި އަލް ޝިފާ ހޮސްޕިޓަލަށް ހަމަލާތައް ދިޔައީ ދެމުންނެވެ.

އެހެން ނަމަވެސް މި ކުދިންގެ މަންމަ ވަނީ އެ ކުދިންނާއެކު އެ ބިރުވެރި މާހައުލުން ނުކުމެފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެ ކުދިންގެ މަންމަ ވަނީ އެކުދިން އަލްޝިފާ މެޑިކަލް ހޮސްޕިޓަލުން ނުކުމެ، ފައިމަގުގައި ޣައްޒާގެ ދެކުނުފަރާތަށް ގޮސްފައެވެ. އެ ކުދިންނަަށް ކާނެ އެއްޗެއް ލިބޭތޯވެސް ޣައްޒާގައި އެތައް އާއިލާއަކު ދިރިއުޅެމުން ދަނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށްވާއިރު، އާއިލާއާ ދަރިވަރުންގެ ހިމާޔަތުގައި އުޅޭ މީހުން މަދެއް ނޫނެވެ.

ޣައްޒާއަކީ ފަހަކަށް އައިސް ބަނޑުހައިހޫނުކަމުގެ އެންމެ ބޮޑު ކާރިސާއާ ކުރިމަތިވެފައިވާ ސަރަހައްދެވެ.

ބަނޑުހައިހޫނުކަމާއި ބަލީގެ ސަބަބުން ޣައްޒާގައި ދުނިޔެ ދޫކުރާ މީހުންގެ އަދަދު ވަރަށް އަވަހަށް، ބޮމާއި ބަޑީގެ ހަމަލާގެ ސަބަބުން ޝަހީދުވާ މީހުންގެ އަދަދަށް ވުރެ މައްޗަށް ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.