ހައްދުފަހަނަ އަޅާފައިވާ ނިރުބަވެރި އިސްރާއީލުން ލުބުނާނަށް ހަމަލާދީފިއެވެ.

ލުބުނާނުގެ ސަރުކާރު ޓީވީން ބުނެފައިވަނީ އިސްރާއީލުން ހަމަލާދީފައިވަނީ ލުބުނާނުގެ ދެކުނަށް ކަމަށެވެ. މި ހަމަލާ އަމާޒުވެފައިވަނީ ބިން ބެއިލް ސިޓީގެ ގެއަކަށް ކަމަށް ވެސް އެ ޓީވީން ވަނީ ބުނެފައެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި މި ހަމަލާގައި އާދަޔާ ހިލާފަށް ވަރުގަދަ އަޑެއް ވަނީ އިވިގެން ގޮސްފައެވެ. އަދި އެ އަޑު ވަނީ އެ ސަރަހައްދުގެ ބޮޑު ސަރަހައްދަކަށް އިވިގެން ގޮސްފައެވެ.

މި ހަމަލާއާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކަށް އަނިޔާވި ކަމެއް އެނގިފައެއް ނުވެއެވެ.

އިސްރާއީލުން ވަނީ އެ ހަމަލާ އަމާޒުކޮށްފައިވަނީ ހިޒްބުﷲއަށް އަމާޒުކޮށް ކަމަށެވެ.