ނިރުބަވެރި އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ ގަތުލު އާންމުގައި ޝަހީދުކޮށްލި މީހުންގެ އަދަދު 33،797 އަށް އަރައިފިއެވެ.

ފަލަސްތީނުގެ ހެލްތް މިނިސްޓްރީން އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ނިރުބަވެރި އިސްރާއީލުން ވަނީ ފަލަސްތީނުގެ 33،797 މީހަކު ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި 13،800 އަށްވުރެ ގިނަ ކުދަކުދިން ހިމެނޭއިރު، 8،000 މީހުންނަކީ ގެއްލިފައިވާ މީހުންނެވެ.

ނިރުބަވެރިން ދެމުން އަންނަ މި ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު 76،465 އަށް އަރާފައިވާ ކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނި ގޮތުގައި ހުޅަނގު އައްސޭރީގައި ނިރުބަވެރިން ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 465 އަށް އަރާފައެވެ. އޭގެ ތެރޭގައި ވެސް 118 ކުޑަކުދިން ހިމެނެއެވެ. ހުޅަނގު އައްސޭރީން އެކިވަރުގެ ޒަހަމްތައްވި މީހުންގެ އަދަދު އުޅެނީ 4،650 ގައެވެ.

ޣައްޒާގެ އިތުރުން އިސްރާއީލަށް ބަލާއިރު، މި ހަނގުރާމައިގެ އިސްރާއީލުން ބުނާ ގޮތުގައި ޝަހީދުވެފައިވަނީ 1،139 މީހުންނެވެ. އަދި ޒަހަމްވެފައިވަނީ 8،730 މީހުންނެވެ.