އިރާނަށް ރައްދު ހަމަލާ ދޭނެ ކަމަށް ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާގެ ވެރިޔާ ހަރްޒީ ހަލޭވީ ބުނެފިއެވެ.

އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާގެ ވެރިޔާ މިހެން ބުނެފައި މި ވަނީ އިރާނަށް ރައްދު ހަމަލާ ނުދިނުމަށް ހުޅަނގުގެ ގައުމުތަކުންނާއި އދ އިން ވެސް އިސްރާއީލަށް ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ.

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލަށް އިސްލާމިކް ރިޕަބްލިކް އޮފް އިރާނުން މިދިޔަ ހަފްތާ ބަންދުގައި ދިން ވަރުގަދަ ހަމަލާ އާއި މެދު ކަންތައް ކުރަންވީ ގޮތެއް ނިންމުމަށް އިސްރާއީލުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ފާއިތުވެ ދިޔަ 24 ގަޑި އިރުގެ ތެރޭގައި އިސްރާއީލުގެ ހަނގުރާމައިގެ ކެބިނެޓްގެ ކުއްލި ދެ ބައްދަލުވުން ބާއްވާފައެވެ.

" އިސްރާއީލާއި ދިމާލަށް މިހާ ގިނަ މިސައިލާއި، ކުރޫސް މިސައިލާއި އަދި ޑުރޯން ތައް ފޮނުވާލުމަކީ އަހަރެމެންނަށް ބަލައިގަނެވޭނެ ކަމެއް ނޫން. މިއީ ސީދާ ހަނގުރާމަ އިއުލާން ކުރުން. އަހަރެމެން ވެސް މި ކަމަށް ރައްދު ދޭނަން." އިސްރާއީލުގެ އަސްކަރިއްޔާގެ ވެރިޔާ މީޑިއާ ތަކާއި ވާހަކަ ދައްކަމުން ބުނެފައި ވެއެވެ.

އިސްރާއީލުގެ އަސްކަރިއްޔާގެ ވެރިޔާ އިރާނަށް ހަމަލާދޭނެ ކަމަށް ބުނި ނަމަވެސް ހަމަލާދޭނެ ވަގުތެއް އަދި ހަމަލާގެ އެހެން އެއްވެސް ތަފްސީލެއް ދީފައެއް ނުވެއެވެ.

އިސްރާއީލުން ރައްދުގައި އިރާނަށް ހަމަލާ ދީފިނަމަ މެދުއިރުމަތީގެ މަޝްރަހު ވަރަށް ގޯސްވެގެންދާނެ ކަމަށާއި ބޮޑު ހަނގުރާމައެއް ފެށުމުގެ ބިރު ވެސް ވަރަށް ބޮޑަށް އެބަ އޮތް ކަމަށް ޔޫރަޕިއަން ޔޫނިއަނުން ވެސް ވަނީ ބުނެފައެވެ.

" އަހަރެމެން މި ތިބީ ފަރުބަދައެއްގެ ކޮޅުގައި. ކިރިޔާ ވެއްޓޭ ނުވެއްޓޭ ހިސާބުގައި. އަހަރެމެން އެންމެން ވެސް މަސައްކަތް ކުރަންވީ މި ނުރައްކާތެރި ފަރުބަދަ އިން ސަލާމަތުން ފައިބާން." އިރާނު އިސްރާއީލްގެ މައްސަލައިގެ ނުރައްކާތެރިކަން ބަޔާން ކުރަމުން ޔޫރަޕިއަން ޔޫނިއަންގެ ހައި ރިޕްރެޒެންޓޭޓިވް ފޯ ފޮރިން އެފެއާޒް އެންޑް ސެކިއުރިޓީ ޖޯސެފް ބޮރެލް ސްޕެއިންގެ ރޭޑިއޯ އެއް ކަމަށްވާ އޮންޑާ ސީރޯ އަށް ދެއްވި އިންޓަވިއު އެއްގައި ވިދާޅުވެފައި ވެއެވެ.

ފަރަންސޭސިވިލާތް، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް އަދި އދ އިން ވެސް ވަނީ އިރާނަށް ހަމަލާ ނުދިނުމަށް އިސްރާއީލަށް ގޮވާލާފައެވެ. އަދި އިރާނަށް ހަމަލާ ދިނުމުގައި ބައިވެރިނުވާނެ ކަމަށް އިސްރާއީލުގެ އެންމެ އެކުވެރި އެމެރިކާ އިންވެސް ވަނީ ބުނެފައެވެ.

އިރާނުން އިސްރާއީލަށް ހަމަލާދީފައިވަނީ ސީރިއާގެ ވެރި ރަށް ދިމިޝްޤު ގައި ހުންނަ އިރާނުގެ ކޮންސިއުލޭޓަށް އިސްރާއީލުން ހަމަލާ ދީ އިރާނުގެ އަސްކަރިއްޔާގެ އެންމެ ވަރުގަދަ ޔުނިޓް އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސްގެ ބައެއް ސިފައިންނާއި އިސް ކޮމާންޑަރެއް މަރާލި ހާދިސާ އާއި ގުޅިގެންނެވެ.

އިރާނުން އިސްރާއީލަށް ފޮނުވާލި ގިނަ މިސައިލާއި ޑުރޯންތަކެއް ވަނީ އިސްރާއީލަށް ފޯރުމުގެ ކުރިން އެމެރިކާ، އިނގިރޭސިވިލާތް އަދި އުރުދުން އިން ވައްޓާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކަލޯ

    ކަލޭމެންޔަހޫދީން ފަނާވެ ނެތިގެންދާނެކަން
    ހަމަކަށަވަރުން މިއީޟައްކެއްއޮތްކަމެއްނޫން
    ވީމާ ރައްދުދޭންއަވަސްކުރޭ
    ޔަހޫދީ شيطان ހަމަލާނުދޭނެކަމަށް
    ހީކުރަނީ އެމެރިކާ

    39
    1
  2. ކަލޯ

    ކަލޭމެންޔަހޫދީން ފަނާވެ ނެތިގެންދާނެކަން
    ހަމަކަށަވަރުން މިއީޟައްކެއްއޮތްކަމެއްނޫން
    ވީމާ ރައްދުދޭންއަވަސްކުރޭ
    ޔަހޫދީ شيطان ހަމަލާނުދޭނެކަމަށް
    ހީކުރަނީ އެމެރިކާ
    ކަލޭމެންއެއްމެންދަންނާތި ތިޔާގެތެރެއިން
    އެކެއްގެ އަތްވެސް ނުކަޑާ އީރާނުން
    ދޫކޮށްނުލާނެކަން

    17
  3. Anonymous

    "އިސްރާއީލުގެ އަނިޔާވެރި" އޭ ލިޔުމުގެ ބަދަލުގައި އަނިޔާވެރި ޒަޔަނިސްޓް ޔަހޫދީންނޭ ލިޔުން ރަނގަޅު ކަމަށް ފެނޭ. އިސްރާއީލަކީ ޔައުޤޫބު ޢަލައިހިއް ސަލާމްގެ ނަންފުޅެއް ކަމަށް ވާތީ.

    11
  4. Anonymous

    ޒަޔަނިސްޓް އިޒްރޭލުގެ ބަފާ އެމެރިކާއިންވެސް ބުނެފައި އޮތީ ރައްދުގައި ހަމަލާ ނުދޭން. އަދި ދޮން ބައްޕަ ފަރަންސޭސީ ވިލާތުންވެސް ބުނެފައި އޮތީ އެހެން. ސަބަބަކީ އިރާނަށް ރައްދުގައި ހަމަލާ ދީފިނަމަ ދުނިޔޭގެ އެންމެ ބޮޑު އަސްކަރީ ބާރު ކަމަށްވާ ރަޝިޔާއިން އިރާނުގެ ކޮޅަށް އަރާނެކަން ރަޝިޔާއިން ބުނެފައިވާތީ. އަނެއްކާ އީރާނަކީވެސް ދުނިޔޭގެ އެންމެ މަތީ ފަންތީގެ އަސްކަރީ ބާރު ކަމަށް ވާތީ. ޓ
    ޓެރަރިސްޓް ޒަޔަނިސްޓް ޔަހޫދީ ދައުލަތުން ރައްދުގައި އިރާނަށް ހަމަލާ ދީފިނަމަ އެމެރިކާއާއި ހުޅަނގުގެ އިސްތިޢުމާރީ ބާރުތަކާއި ޒަޔަނިސްޓް އިޒްރޭލަށް ފޫނުބެއްދޭ ވަރުގެ ގެއްލުންތަކަކާއި ކުރިމަތިލާން ޖެހޭނެތީ. އެކަމަށް ބިރުން.

    16
  5. ާއަލީބުނީ

    މަކުނުތަކުގެ އަތައް އަލިފާނާ ކުޅެންދީ. ފިހޭތަން ބަލަން

  6. މިރާ

    ޔަހޫދީ ޒައިނިސްޓުންގެ ދުވަސްދުއްވާލާތަން މާތްﷲ ރަހުމަތުން ވަރަށްއަވަހަށް ފެނިގެންދާނެ ﷲ އަކުބަރު ﷲ އަކުބަރު ﷲ އަކުބަރު.