ޔަހޫދީންގެ ޤައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާގެ ސިފައިންގެ މީހަކު އިރާނުގެ އަންހެނަކަށް އިސްރާއީލްގެ މޮޅު ކަމަށް ދައުވާ ކުރާ ވައިގެ ދިފާއީ ނިޒާމް އަޔަން ޑޯމް ގެ ސިއްރު ފޮޓޯތަކެއް ފޮނުވި ކަން ހާމަވެއްޖެއެވެ.

އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާގެ ސިފައިންގެ މީހާ މި ފޮޓޯތައް ފޮނުވާފައިވަނީ މަޝްހޫރު މީސް މީޑިއާ ސައިޓް ފޭސްބުކުން އޭނާ ރައްޓެހިވި އިރާނުގެ ޒުވާން އަންހެން ކުއްޖަކަށެވެ. ނަމަވެސް ހަގީގަތުގައި އެ އަންހެން ކުއްޖާ އަކީ އިރާނުގެ ޖާސޫސީ އިދާރާގެ މެދު އުމުރުގެ ފިރިހެނެކެވެ. އިސްރާއީލްގެ ސިފައިންގެ މީހާ އާއި ރައްޓެހި ވެގެން އިރާނުގެ ޖާސޫސީ އިދާރާގެ އޮފިސަރު ފޭސްބުކުން ވާހަކަދައްކާތާ މިހާރު 3 މަސް ދުވަސް ވެއްޖެ ކަމަށް ވެސް އިރާނުގެ މީސް މީޑިއާ މަސްދަރުތަކުން ބުނެއެވެ. އަދި އޭނާ ވަނީ އޭނާގެ އާއިލީ އަދި އެހެނިހެން އަމިއްލަ ވާހަކަތައް އިރާނުގެ ސިއްރު އެޖެންޓަށް ކިޔައިދީފައިއެވެ.

ޔަހޫދީ އަސްކަރިއްޔާގެ މި ސިފައިންގެ މީހާ ކޮމްޕްރޮމައިޒް ކުރެވޭނެ ކަހަލަ އެތައް ފޮޓޯ އަކާއި ވީޑިއޯ އެއް ވެސް އޭނާ ވަނީ އިރާނުގެ އަންހެން ކުއްޖަކަށް ވެގެން ވާހަކަދެއްކި އެ ގައުމުގެ ޖާސޫސީ އިދާރާގެ އޮފިޝަލާއި ހިއްޞާ ކޮށްފައެވެ.

މީސް މީޑިއާގެ ވަޞީލަތްތައް ބޭނުން ކޮށްގެން އިދިކޮޅު ގައުމުތަކުގެ އަސްކަރިއްޔާގެ ސިފައިން ހައްދައިގެން އަސްކަރީ ސިއްރު މައުލޫމާތު ހޯދުމަކީ ގައުމުތަކުގެ ޖާސޫސީ އިދާރާތަކުން އާންމުކޮށް ކޮށް އުޅޭ ކަމެކެވެ.

ޔަހޫދީ މި ސިފައިންގެ މީހާ ހައްދާލުމަކީ ވަރަށް ފަސޭހަ ކަމެއްގެ ގޮތުގައި އިރާނުގެ އޮފިޝަލު ބުނި ކަމަށް އިރާނުގެ މައުލޫމާތު ގެނެސްދޭ މީސް މީޑިއާގެ އެކައުންޓަކުން ވަނީ ބުނެފައެވެ.

ޔަހޫދީންގެ އަސްކަރިއްޔާގެ ސިފައިންނަކީ އަނިޔާވެރި ބައެއްގެ އިތުރުން ފަސޭހައިން ހައްދާލެވޭ މޮޔަ ބައެއްގެ ގޮތުގައި ވެސް މި ވަނީ ފާހަގަވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަން

    އަންހެން ކުއްޖަކަށް ވެގެން ކޮންމެ ގައުމެއްގެ މީހަކުވެސް ވާވައްދާލެވިދާނެ

    21
    1
  2. ސަމާ

    ރާއްޖޭގަ ވަރަށް ފަސޭހައިން ތިކަހަލަ ގޮތަކަށް ސިއްރު މައުލޫމާތު ހޯދާ ލެވޭނެ. މި ދިވެހި ފިރިހެނުން ތިބޭނީ ހޭބަލިވެފަ އަންހެން ކުއްޖެއް ފެނުނަސް

    1
    1