ފަލަސްތީނުގެ ޣައްޒާ އަށް ޔަހޫދީ ޤައިރު ޤާނޫނީ ދައުލަތް އިސްރާއީލުން ދެމުންދާ އަނިޔާވެރި ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ޣައްޒާ އަށް ކުރިމަތިވެފައިވާ އެކި އެކި މައްސަލަތަކާއި ގުޅޭ ގޮތުން ފަލަސްތީނުގެ ރައީސް ދުނިޔޭގެ ވެރިންނާއި ބައްދަލުކުރައްވަން ހަމަޖެހިއްޖެއެވެ.

މި ބައްދަލުވުންތައް ކުރިއަށް ދާނީ ސައުދީ އަރަބިއްޔާގެ ވެރި ރަށް ރިއާދުގައި ކުރިއަންދާ ވޯލްޑް އެކްނޮމިކް ފޯރަމްގެ ތެރެއިން ކަމަށް ފަލަސްތީނުގެ ސަރުކާރުން ވަނީ ބުނެފައެވެ. ސައުދީގެ ވެރި ރަށް ރިއާދުގައި ބާއްވާ މި ފޯރަމަށް ދުނިޔޭގެ ބާރުގަދަ ގިނަ ގައުމުތަކެއްގެ ވެރިން ޒިޔާރަތް ކުރަން ވަނީ ހަމަޖެހިފައެވެ.

" ކުޑަ ދުވަސް ކޮޅެއް ތެރޭގައި ދުނިޔޭގެ ބާރުގަދަ ގައުމުތަކުގެ ބައިނަލްއަޤްވާމީ މުޖުތަމައު ގައި ނުފޫޒު ގަދަ ވެރިން ރިއާދަށް އަންނާނެ. މިއީ ފަލަސްތީނުގައި ހިނގަމުންދާ ހަމަނުޖެހުން ތަކަށް ދާއިމީ ހައްލެއް ހޯދުމަށް މަޝްވަރާ ކުރަން ލިބޭނެ ވަރަށް ރަނގަޅު ފުރުޞަތެއް. އަހަރެމެން އުންމީދު ކުރަނީ ފަލަސްތީނުގެ މައްސަލައަށް އަވަސް އަދި ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް" ވޯލްޑް އެކްނޮމިކް ފޯރަމްގެ ރައީސް ބޯޖް ބުރެންޑޭ ނޫސްވެރިންނާއި އެކީ ކުރިއަށް ގެންދިޔަ ނޫސް ކޮންފަރެސްގައި ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުވުންތަކުގައި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އާއި އެމެރިކާގެ ސެކްރެޓީ އޮފް ސުޓޭޓް އެންތަނީ ބުލިންކަން ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ޤަތަރުގެ ބޮޑުވަޒީރު ސެއިހް މުހައްމަދު ބިން އަބްދުލް ރަހްމާން ބިން ޖަޝިމް އަލް ތާނީ އާއި ވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވޯލްޑް އެކްނޮމިކް ފޯރަމުގައި ފަލަސްތީނުގެ ރައީސް ދެން ބައްދަލުކުރައްވާނެ ކަމަށް ބެލެވޭ ލީޑަރުންގެ ތެރޭގައި އޮމާންގެ ވަލީ އަހުދު އަދި ބަހްރައިންގެ ސަރުކާރުގެ އިސްވެރިންގެ އިތުރުން މިސްރުގެ ހާރިޖީ ވަޒީރު ހިމެނެއެވެ.

ވޯލްޑް އޮކްނޮމިކް ފޯރަމުގައި މިސްރުގެ ހާރިޖީ ވަޒީރު ފަލަސްތީނު އިސްރާއީލްގެ ސުލްހައިގެ މަޝްވަރާތަކުގެ އެންމެ ފަހުގެ އަދާހަމަތައް ފޯރަމުގެ ބައިވެރިންނަށް ކިޔައިދެއްވާނެ ކަމަށް ވޯލްޑް އެކްނޮމިކް ފޯރަމްގެ ރައީސް ބުރެންޑޭ ވަނީ ވިދާޅުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރޫޙު ހާނީ

    މީނާ އަކީ އެމެރިކާ އާ އިޖްރޭލުން ފަލަސްޠީނުގެ ޣައްޒާ ގައި ހިންގާ ޖަރީމާތަކުގެ ބައިވެރިއެއްކަމަށް ފަލަސްޠީނުގެ ރައްޔިތުން ދެކެއެވެ. ޢައްބާސް އާ ސަޢޫދީ އާ މިސްރާ ، ޔޫ އޭ.އީ . ވެސް ޙަމާސް ނައްތާލުމަށް އެމެރިކާ އާ އިޒްރޭލު ގެންގުޅޭ ސިޔާސަތށް ތާއީދު ކުރާކަމަށް ފަލަސްޠީނުގެ ރައްޔިތުން ދެކެއެވެ.

  2. އަޅި އަލި

    ފަލަސްތީނުގަ ރައީސްއެއް ހުރޭތަ!

  3. Anonymous

    މީ ކީއްކުރާ މީހެއް! ހުސްގޮނޑިޔެއް ތި ނަންމަތީގައި ބެހެއްޓިޔަސް މާ ރަނގަޅު. ހުޅަގުގެ ޕަޕަޓެއް.