އިންޑިޔާ އަށް ޖައްވަށް މީހަކު ފޮނުވުމަށް ކުރަން ޖެހޭ މަސައްކަތްތަކަށް، އެޤައުމުގެ ސަރުކާރުން މިއަދު ހުއްދަ ދީފިއެވެ. އެގޮތުން، އެޤައުމުގެ ކަމާ ބެހޭ ޔޫނިއަން މިނިސްޓްރީ އިން މިއަދުވަނީ އެކަމަށްޓަކައި ބަޖެޓުވެސް ހަމަޖައްސައިދީފައެވެ. މިކަމަށްޓަކައި ހަމަޖައްސައިދިނީ އެންމެ 10،000 ކުރޯޑު ރުޕީސްގެ ބަޖެޓެކެވެ.

2022 ވަނަ އަހަރުގެ ތެރޭގައި އިންޑިޔާ އިން ޖައްވަށް މީހަކު ފޮނުވަން މަސައްކަތް ކުރަމުންދާއިރު، އެޤައުމު ވެގެންދާނީ ހަތަރުވަނަ އަށް ޖައްވަށް މީހަކު ފޮނުވި ޤައުމަށެވެ.

މި ބުރަ ބޮޑު މަސައްކަތަށް ދީފައިވާ ނަމަކީ "ގަރުގަންތުއަން" އެވެ. މި މިޝަންގެ ތެރެއިން ޖައްވަށް މީހަކު ފޮނުވުމުގެ ކުރިން އެކަމަށްޓަކައި އުމްރާނީ ގޮތުން ވާން ޖެހޭ ތައްޔާރީތަކާއި، ޓެކްނޮލޮޖީ އާއި، ކޮމްޕިއުޓަރ ސިސްޓަމްތަކާއި، ފްލައިޓް ހާޑްވެޔަރ ފަދަ ކަންކަން ތަރައްޤީ ކުރާނެއެވެ.

މި އަހަރުގެ ތެރޭގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ އިއުލާން ކުރައްވާފައިވާ މި މިޝަންގައި ތިން މީހަކު ޖައްވަށް ފޮނުވާނެއެވެ. އަދި އެމީހުން މަދުވެގެން ހަތް ދުވަސް، ޖައްވުގައި ހޭދަކުރާނެއެވެ.

މިހާރު ހަމަޖެހިފައިވާ ގޮތުން ޖައްވަށް އިންސާނުން ފޮނުވާ އިންޑިޔާގެ ރޮކެޓު ލޯންޗު ކުރާނީ އެޤައުމުގެ އަންދްރަ ޕްރަދޭޝްގައި ހުންނަ ސްރިހަރިކޮޓާ ސްޕޭސް ޕޯޓް އިންނެވެ.

މިކަން ކުރިއަށް ގެންދާ އިންޑިޔަން ސްޕޭސް ރިސަރޗް އޮގަނައިޒޭޝަން (އައިއެސްއާރްއޯ) ގެ ޗެއަރމަން ބުނެފައިވާ ގޮތުގައި މިއީ ވަރަށް ކުރު މުއްދަތެކެވެ. އެހެންނަމަވެސް، އެކަން ކުރެވޭނެކަމަށް އޭނާ ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ނަޝީދުއަކީ ވަރަށް ތިކަހަލަ ތަންތަނަށް ދާހިއްވާ މީހެއް، އޭނަވެސް ގޮވައިގެން ދާތި.

  2. ޟީތަލަ ހަންނާން

    ގެރިއެއް ނުވަތަ ބަކައްޓެއް ގޮވައިގެން ދާތި، ރޭޕް އިންޑިޔާ