އޭޝިޔާގެ ބައެއް ޤައުުމުތަކަށް ސަޢުދީގެ ވަލީ އަޙްދު އަލްއަމީރް މުޙައްމަދު ބިން ސަލްމާން ކުރައްވާ ދަތުރުފުޅުގެ ތެެރެއިން އެމަނިކުފާނުގެ ފުރަތަމަ މަންޒިލް، ޕާކިސްތާނަށް މިއަދު ވަޑައިގެންފިއެވެ.
ސައުދީގެ ވަލީ އަޙްދަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން އާއި ވަޒީރުންގެ މަޖިލީހުގެ ގިނަ ބޭފުޅުންވަނީ ނޫރް ޚާން އެއަރޕޯޓަށް އެމަނިކުފާނުގެ އިސްތިޤްބާލަށް ވަޑައިގެންފައެެވެ. މިއީ ސައުދީގެ ވަލީ އަޙްދުގެ މަޤާމާ ހަވާލުވި ފަހުން ޕްރިންސް މުޙައްމަދު އެޤައުމަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
ޕްރިންސް މުޙައްމަދުގެ މިދަތުރުފުޅުގައި ޖުމްލަ 20 ބިލިޔަން ޑޮަލަރުގެ މަޝްރޫޢުތަކުގައި ސޮއި ކުރާނެ ކަމަށް މީޑީޔާތަކުގައިވަނީ އަޑު ފެތުރިފައެވެ. މީގެ ތެރޭގައި ޕާކިސްތާނުގެ ޕަންޖާބް ޕްރޮވިންސްގައި 3 ޕަވަރ ޕްލާންޓާއި އިތުރު ޕްރަވިންސެއްގައި އޮއިލް ރިފައިނަރީ އެންޑް ޕެޓްރޯކެމިކަލް ކޮންޕްލެކްސްއެއް ހިމެނެއެވެ.
މިދަތުރުފުޅުގައި ޕްރިންސް މުޙައްމަދު ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދުގައި 2 ދުވަހުގެ މުއްދަތަކަށް މަޑު ކުރުމަށްވަނީ ނިންމާފައެވެ. އެއަށްފަހު މިދަތުރުގައި އިންޑިޔާ އަދި ޗައިނާއަށް ވަޑައިގަތުމަށްވަނީ ނިންމާފައެވެ.
ބަލަ ރާއްޖެ ނާންނަނީތަ؟ މިތާ އެބަ ޖެހޭ ރާޑަރު ކޮޅެއް ބަހައްޓަދޭން.
ރާއްޖެ ބެލުމުގެ ޒިންމާއޮތީ ކަޝްމީރު އަޅުވެތިކޮށްގެން އުޅޭ އަދި މުޅި މި ސަރަހައްދަށް އަތްގަދަކުރަންއުޅޭ އިންޑީޔާއާ ހަވާލުކޮށްފަ... އަދި އެ ބަހައްޓަނީ ރާޑަރު.. ކުރިޔައް އޮތްތާންގަ އަދި އެހެން އެއްޗިހިވެސް ބަހައްޓާނެ
މަނިކުފާނު ރާއްޖެ ނާން ނާތި! އަދި ރާއްޖެ މަތިން ދަތުރު ކުރަންވެސް ނޫލުއްވާތި! ސަބަބަބީ މަނިކުފާނު ހިތް ކިޔާ ފަލެއް، ރަށެއް ފެނިއްޖެނަމަ އެ އަތޮލެއް މަނިކުފާނު ގަންނަން ބޭނުންވެދާނެތީ! މި ޤައުމަގައި ތިބޭ ވެރިންނަކީ ފައިސާ ގެ ދަހިވެތި ކަމުގައި އަރާ ތިބި ބައެއް. ހުރިހާ ގެއްލުމަކާއި ކުރިމަތި ވާނީ ނިކަމެތި ރައްޔިތުން.
ޕުރިންސް ބޯންސޯ..