އެމެރިކާގެ ދެކުނުގައި އޮންނަ ކެލިފޯނިއާ އަށް ކޮންމެ ތިން މިނެޓަކުން ބިންހެލުމެއް މިހާރު އަންނަމުންދާ ކަމަށް ދިރާސާ އަކުން ދައްކައިފިއެވެ. މި ބިންހެލުންތައް އަންނަނީ އިންސާނުންނަށް އިހްސާސް ކުރެވޭ ވަރަށް ވުރެ ބާރުމިން ދަށްކޮށް ކަމަށް ދިރާސާ އިން ދައްކައެވެ.

ނަމަވެސް ސައިންސްވެރިން ގަބޫލު ކުރާ ގޮތުގައި މިއީ ބާރުގަދަ ބިންހެލުމެއް އަންނަން ތައްޔާރުވަމުންދާ ކަމުގެ ނިޝާނަކަށް ވުން ވަރަށް ގާތެވެ.

"ބާރުގަދަ ބިންހެލުންތަކަކީ އެތައް ދުވަހެއް ވަންދެން އޭގެ އަލާމާތްތައް ފެނިފައި އަންނަ އެއްޗެއް. މިއީ ބާރުގަދަ ބިންހެލުމެއް މިސަރަހައްދަށް އަންނަ އުޅޭކަމުގެ ވަރަށް ބޮޑު ހެއްކެތް." ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ޒެކަރީ ރޯސް ވިދާޅުވިއެވެ. އޭނާ އަކީ ކެލިފޯނިއާ އިންސްޓިއުޓް އޮފް ޓެކްނޮލޮޖީގައި މަސައްކަތް ކުރާ ޖިއޮގްރަފީގެ ތަޖުރިބާކާރު ސައިސްވެރިއެކެވެ.

ރޯސް ވިދާޅުވާ ގޮތުގައި އެމެރިކާގެ ދެކުނުގެ ސަރަހައްދުތަކުން ފެންނަ ހެކިތަކަށް ބަލާއިރު މިސަރަހައްދަށް އަންނާނެ ބިންހެލުމަކީ އިންސާނީ ދަރިފަސްކޮޅު ނެތިގެން ހިނގައިދާނެ ވަރުގެ ބާރުގަދަ ބިންހެލުމަކަށް ވެސް ވެދާނެއެވެ. ނަމަވެސް އެބިންހެލުން މިހާރު ދުނިޔޭގައި ތިބި މީހުންގެ ޖީލްތަކަށް ފެނުނު ދުރު ކަމަށް އޭނާ ބުނެއެވެ.

މިހާރު މިސަރަހައްދަށް އަންނަމުންދާ ބިންހެލުންތަކުގެ ބާރުމިން ހުރީ އެވްރެޖްކޮށް 0.3 މެގްނެޓިއުޑްގައެވެ. ބައެއް ބައެއް ބިންހެލުންތައް 1.7 މެގްނެޓިއުޑްގައި ވެސް އައިސްފައި ވެއެވެ. ފާއިތުވި ދިހަ ވަރަކަށް އަހަރު ތެރޭގައި މިފަދަ 495 ބިންހެލުން ހަމައެކަނި ދެކުނު ކެލިފޯނިއާ އަށް ވެސް އައިސްފައި ވާނެ ކަމަށް ލަފާކުރެވެއެވެ.

އެމެރިކާއަށް ބާރުގަދަ ބިންހެލުމެއް އަންނަން އުޅޭ ކަމުގެ ނިޝާންތައް ފެންނަ ކަމަށް ސައިސްވެރިންގެ އެތައް ދިރާސާއަކުން ދަނީ ދައްކަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގަމާރުލް ގައުމު

    ބިންހެލުން އަންނާނެއެއްނު އަންހެން ކުދީން ޖީންލަނީ އެކަންޏެއް ނޫނޭ. ޖީން އުފައްދާ އޭގެ ވިޔަފާރިވެސް ކުރަނީ.

    2
    1
  2. ގަމާރުމޯލްޑިވިއަންމ

    ނައީޔާ ެެ ރަނގަޅެއްނު.މޫނު ބުރުގާ ނާ ޅާ