ބަރަކާތްތެރި ރަމަޟާން މަސް މިހާރު މި އޮތީ ބޯމަތިވެފައެވެ. މި މައްސަރަކީ ހުރިހާ ގޮތަކުންވެސް މުސްލިމުންނަށް ހެޔޮކަން ބޮޑުވެެގެންވާ މައްސަރެކެެވެ. އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރަމުން އަންނަ މައްސަރުގައި އެކި ގައުމުތަކުން ރޯދަ ހިފައިގެން ތިބެން ޖެހޭ ގަޑި ތަފާތުވެ. ބައެއް ގައުމުތަކުގައި 20 ގަޑިއިރަށްވުރެ ގިނައިރުވަންދެން ރޯދަ ހިފައިގެން ތިބެން ޖެހޭނެއެވެ.

މިގޮތަށް ބައެއް މުސްލިމުން އުޅޭ ގައުމުތަކުގައި ރޯދައަށް ތިބެން ޖެހޭ ވަގުތުތައް ކަނޑައަޅާފައިވަނީ އެ ގައުމެއްގެ ފަތިސް ނަމާދަށް ބަންގި ގޮވާ ވަގުތުން ފެށިގެން މަގްރިބް ނަމާދަށް ބަންގި ގޮވުމާއި ހަމައަށެވެ.

އެގޮތުން ރަޝިއާގެ މުރްމަންސްކްގައި ރޯދައަށް 20 ގަޑިއިރާއި 45 މިނިޓް ވަންދެން ރޯދަ ހިފަން ޖެހެއެވެ. މިއީ މި ރޯދަ މަހު އެންމެ ގިނައިރު ރޯދައަށް ތިބެން ޖެހޭ ގައުމެވެ. މީގެ އިތުރުން އައިސް ލޭންޑް މީހުން 19 ގަޑިއިރުވަންދެން ތިބެން ޖެހޭއިރު، ސްވެޑަންގެ މީހުންވެސް 19 ގަޑިއިރު ވަންދެން ރޯދަ ހިފައިގެން ތިބެން ޖެހޭ ކަމަށް ގަލްފް ނޫހުގައި ބުނެފައި ވެއެވެ.

މި ރޯދަމަހު އެންމެ މަދު ވަގުތު ކޮޅަކަށް ރޯދަ ހިފައިގެން ތިބެން ޖެހޭ ގައުމުތަކުގެ ތެރޭގައި އާޖެންޓީނާ ހިމެނެއެވެ. އެ މީހުން ރޯދައަށް ތިބެން ޖެހޭނީ 11 ގަޑިއިރަށެވެ. މިއީ އެ ގައުމުގައި އިރު އަރާ ގަޑިއާއި އިރުއޮއްސޭ ގަޑި ކައިރިވުމުން ވާ ގޮތެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޭމާޓް

    ތިތަނަކަށްނު ރޯދަ ހިފަން ދާންވީ. ގައިމު ސަވާބު ފުންޏެއް ލިބޭނެ. ޖިހާދަށް ނުދިޔަޔަސް ހޫރުއައިންތައް ލިބޭނެތާ

  2. ޝަލަފް

    މަ މިދަނީ އާޖެންޓީނާއައް ރޯދަވިއްލަން.