ނިއުޒިލޭންޑް އިން އެގައުމުގެ ސަރުކާރުގެ ވެބްސައިޓް ތަކުގައި ހިމެނޭ ޗާޓުތަކުން އިސްރާއީލު ފޮހެލައި އިސްރާއީލުގެ ބަދަލުގައި އެ ޗާޓު ތަކުގައި ފަލަސްތީނު ފާހަގަ ކޮށްފިއެވެ.
ނިއުޒިލޭންޑް އިން ގެނައި މި ބަދަލު އެންމެ ބޮޑަށް ފެނުނީ އެގައުމުގެ އިމިގްރޭޝަންގެ ވެބްސައިޓުންނެވެ. އެ ވެބްސައިޓުގައިވާގޮތުން ގުދުސް އަކީ ފަލަސްތީނުގެ ވެރިރަށެވެ.
ނިއުޒިލޭންޑް އިން އިސްރާއިލު ދުނިޔޭގެ ޗާޓުން ފޮހެލުމުން ނިއުޒިލޭންޑްގައި ހުންނަ އިސްރާއީލު އިންސްޓިޓިއުޓް އޮފް ނިއުޒިލޭންޑް އިން ވަނީ މައާފަށް އެދުމަށް ނިއުޒިލޭންޑް ސަރުކާރަށް ގޮވާލާފައެވެ.
އެމެރިކާ އިން ވަނީ އިސްރާއީލުގެ ވެރިރަށަކީ ގުދުސް ކަމަށް ބަލައިގަނެ އެ ގައުމުގެ އެމްބަސީ ގުދުސް އަށް މިދިޔަ އަހަރު ބަދަލުކޮށްފަ އެވެ. ހަމައެހެންމެ، މިކަމުގެ ސަބަބުން ފަލަސްތީނަށް މިނިވަން ދަޢުލަތެއްގެ މަޤާމު ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ވަނީ ހިޔަނި އެޅިފައެވެ. އެމެރިކާގެ އެންބަސީ ގުދުސް އަށް ބަދަލުކުރުމާއި ދެކޮޅު ހެދި ގައުމުތަކުގެ ތެރޭގައި ނިއުޒިލޭންޑް ވެސް ހިމެނެެއެވެ.
އެމެރިކާގެ އެމްބަސީ ގުދުސް އަށް ބަދަލުކުރިއިރު އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ގިނަ އަދަދެއްގެ ފަލަސްތީނުގެ ރައްޔިތުން އަންނަނީ މުޒާހަރާ ކުރަމުންނެވެ. މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް އިސްރާއީލުގެ ސިފައިން އަންނަނީ ހަމަލާތައް ދެމުންނެވެ. ޝަހީދުކޮށްފައިވާ މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށް މީޑިޔާ ރިޕޯޓުތައް ބުނެއެވެ.
އެތައް އަހަރެއް ވަންދެން އެމެރިކާ އިން ހިފަހައްޓަމުން އައި ބައިނަލްއަޤުވާމީ އުސޫލުތަކާއި އެނޫންވެސް ހަމަތައް ފޫ އަޅުވާލުމަށްފަހު، އިސްރާއިލުގެ ވެރިރަށުގެ ގޮތުގައި ޤުދުސް ބަލައިގަތުމަށް، ޓްރަމްޕް ނިންމި ނިންމުމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ބޮޑެތި މުޒާހަރާތަކެއް ކޮށްފައިވެއެވެ.
ޝުކުރިއްޔާ ވަރަށްބޮޑަށް ޝުކުރިއްޔާ .. ތިޔަކޮށްލެވުނީ ވަރަށްރަނގަޅުކަމެއް.. އިސްލާމީ ލީޑަރުންނަށްވެސް ކުރަންނުކެރުނުކަމެއް އަންހެންކަނބަލަކު ކޮށްލުމީ އިސްލާމީއުންމަތުން ކަމަނާއަށް ސެލިއުޓުކުރާނެކަމެއް .. ޝުކުރިއްޔާ އަދިވެސް.
ސާބަސް ނިއުޒިލަޏްޑް....
ތިފޮޓޯއާއި ތިލިޔެފައިވާ ލިޔުމަކާއި އެއްވެސް ގުޅުމެއް ނެތް! ފަލަސްތީނެއް ނޫންތޯ ފޮހެލާފަ އެވަނީ؟
ތިފޮޓޯއާއި ތިލިޔެފައިވާ ލިޔުމަކާއި އެއްވެސް ގުޅުމެއް ނެތް! ފަލަސްތީނެއް ނޫންތޯ ފޮހެލާފަ އެވަނީ؟
ފޮޓޯގަ ވާ އަހަރު ތަކަށް ބެލުމުން މަނަޒަރު ވަރަށް ސާފު
އެމެރިކާއިން މިފަހަރު އީރާނަށް ހަމަލާދީފިނަމަ ދުނިޔޭގެޗާޓުން އިޒުރޭލް ގެއްލުވާލާނެ. ހޯހޯ ނަމަނަމަ ބޭހާ ނުކުޅޭތި ބަޑި....................... ނޭ