ސްޓޭޓް ބެންކް އޮފް އިންޑިއާއަށް އޮޅިގެން އިންޑިއާގެ ތަރުކާރީ ވިއްކާ މީހެއްގެ އެކަނުންޓަށް 4 ކުރޯޑް ރުޕީސް ނުވަތަ 8.9 މިލިއަން ދިވެހި ރުފިޔާ ޖަމާކުރެއްވިއްޖެއެވެ.
ރިޕޯޓްތަށް ބުނާ ގޮތުން އެސްބީއައިން މި ފައިސާ ޖަމާކުރެވުނީ ދީޕަކް ސިންގް ނަމަކަށް ކިޔާ މީހެއްގެ އެކައުންޓަށެވެ.
ޓައިމްސް އޮފް އިންޑިއާއަށް މައުލޫމާތު ދެމުން ދީޕަކް ބުނީ އޭނާގެ ސޭވިންގް އެކައުންޓަށް 4 ކުރޯޑް ރުޕީސް ކުއްލި ގޮތަށް ލިބުމުން ހައިރާންވެ އުފާވި ކަމަށެވެ.
ދީޕަކް ބުނީ މި އުފާވެރިކަން ދިގު ދެމިގެން ދިޔައީ އެންމެ ގަޑިއިރަކަށް ކަމަށާއި އިރުކޮޅެއް ފަހުން އެސްބީއައިން މިއީ އޮޅިގެން އެރޯއެއްގެ ސަބަބުން ކުރިމަތިވި ކަމެއް ކަމަށް އެންގި ކަމަށެވެ.
އިންޑިއާގެ ސްޓޭޓް ބޭންކަށް މީހެއްގެ އެކައުންޓަށް ބޮޑު އަދަދަކުން ފައިސާ ޖަމާކުރެވުމުން ގިނަ ބަޔަކު ވަނީ ބޭންކިން ނިޒާމުގެ ސެކުރިޓީ އާއި ރައްކާތެރި ކަމާއި މެދު ސުވާލު އުފައްދާފައެވެ.
އެސްބީއައިގެ ބްރާޗް މެނޭޖާ ބުނީ މިއީ ކޮންޕިއުޓަރު އެރޯއެއް ކަމަށެވެ.
އަހަރެން އެކައުންޓައް ތިޔައްވުރެ ގިނައިން ޖަމާވި..އެނުވި ހަބަރަކައް..ގެރިމޯދީ ވެއްޖެއްޔާވެ ހަބަރަކައް..
ވަޓް........