މަންމައާއި ދަރިޔަކާ ދެމެދު އޮންނަ ގުޅުމަކީ ވަރަށްވެސް މާތް ގުޅުމެކެވެ. ދަރިއަކަށް އޭނާގެ ކުރިމަތީގައި އޭނާގެ މަންމައަށް އަނިޔާ ކުރާނަމަ އެތަން ބަލާކަށް ނުހުރެވޭނެއެވެ. އިންޑިޔާގެ ވެރިކަން ކުރާ ރަށް ދިއްލީގައި ކަން ހިނގާ ދިޔައީ މިފަދަ ގޮތަކަށެވެ.

އިންޑިޔާގެ ނިއުދިއްލީގައި އުމުރުން 24 އަހަރުގެ މީހަކު އޭނާގެ ދޮން ބައްޕަ މަރާލީ އޭނާގެ މަންމައަށް ކުރަމުން ދިޔަ އަނިޔާ ބަލަން ނުހުންނަން ވެގެންނެވެ.

"ކޮންމެ ދުވަހަކު އަނިޔާ ކުރޭ. އެތައް ފަހަރަކު މައްސަލަ ޖެއްސިން. ވީކަމެއް ނެތް. އެހެންމެ، އަހަރެން އަހަރެންގެ ދޮން ބައްޕަ މަރާލައިފިން." ބަޑިން ހަމަލާދީ ދޮން ބައްޕަ މަރާލުމަށްފަހު ފުލުހުންނަށް ގުޅާ 24 އަހަރުގެ އެ ޒުވާނާ ބުނެފައިވެއެވެ.

24 އަހަރުގެ ޒުވާނާ ބުނެފައިވަނީ އޭނާ އެތައް ފަހަރަކު އެހީތެރިކަން ހޯދަން އެދި ފުލުހުންގެ ކައިރިއަށް ދިޔަ ކަމަށެވެ. ނަމަވެސް އެހީތެރިކަން ނުލިބުމުން އަމިއްލައަށް ގޮތް ނިންމަން ބޭނުންވީ ކަމަށް ބުނެފައިވެއެވެ.

މި މީހާގެ މަރުގެ މައްސަލަ އިންޑިޔާގެ ފުލުހުންދަނީ ތަޙްޤީޤް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮކީ

    ރަނގަޅު ނިންމުމެއް

    21
    1
  2. މާޔޫސް ޒުވާނާ

    ހަމަ ތިކަހަލަ ކަމެއް ރާއްޖެގައިވެސް މީގެ އަހަރުތަކެއް ކުރިން ހިނގި. ދޮންބައްޕަ އޭނާގެ މަންމައަށް އަނިޔާކުރާތީ ދޮންބައްޕަ ނިދާފައި އޮއްވާ ވަޅިހަރާ މަރާލީ.