ޖަޕާނުގެ އަލިފާން ފަރުބައެއް ގޮވާ އެގައުމުގެ ހުޅަގުގެ ސަރަހައްދުތަކަަށް ލޮޅުން އަރައިފިއެވެ.

"އެމް ޓީ އަސަމާ" ގެ ނަމުން ނަންދީފައިވާ މި އަލިފާން ފަރުބަދަ ގޮވަން ފަށާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އަލިފާން ފަރުބަދަ ގޮވުމާއި އެކު ދުމާއި އަލިފާނާއި އެކު އަޅި ވަނީ 600 މީޓަރު މައްޗަަށް އަރާފައެވެ.

ޖަޕާނުގެ މޫސުމާއި ބެހޭ އިދާރާއިން ވަނީ އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން މައްޗަށް އެރި ހޫނު އަލިފާން 2 ކިލޯ މީޓަރުގެ ސަރަހައްދަށް ވެހިދާނެ ކަމުގެ އިޒާރުދީ ލެވެލް 2 ގެ އިންޒާރެއް ނެރެފައެވެ.

އަލިފާން ފަރުބަދަ ގޮވުމުގެ މި ހާދިސާގައި މިހަކަށް ގެއްލުންވި ކަމުގެ ރިޕޯޓެއް އަދި ނުލިބެއެވެ.

މި އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން އިއްޔެ ޖަޕާނުގެ ހުޅަނގުގެ އެކި ސަރަހައްދުތަކަށް އެކި ވަރުގެ ލޮޅުތަށް ވަނީ ރިޕޯޓް ކުރެވިފައެވެ.

ޖަޕާނު ވެސް ހިއްސާ ކުރާ "ޕެސިފިކް ރިންގް އޮފް ފަޔާ" ހިއްސާ ކުރާ ސަރަހައްދަކީ ވަރަށް ގިނައިން ބިންހެލުންތައް އަންނަ އަދި އަލިފާން ފަރުބަދަ ގިނަ ހިސާބެކެވެ. ރިންގް އޮފް ފަޔާ ސަރަހައްދުގެ ކަނޑުއަޑީގައި 400 އަށް ވުރެ އަލިފާން ފަރުބަދަ 25،000 މޭލުގެ ސަރަހައްދަކަށް ފެތުރިފައިވެއެވެ.

އިންސާނީ ދަރިފަސްކޮޅަށް ގެއްލުންވާފަދަ ސުޕަ ވޮލްކޯނޭ އެއް ގޮވަނީ ކޮންމެ 100000 އަހަރަކުން އެއް ފަހަރު އެވެ. ސައިންވެރިން ލަފާ ކުރާ ގޮތުގައި މި ފަދަ އަލިފާން ފަރުބަދައެއް ގޮވައިފި ނަމަ މުޅި ދުނިޔޭގެ ބޮޑު ސަރަހައްދެއް ބަނޑަށް ޖެހި ދުނިޔެ އާދަޔާ ހިލާފަށް ފިނި ގަދަވެގެން ދާނެ ކަމަށެވެ. ސަބަބަކީ ފަރުބަދައިން ނިކުންނަށް އަޅީގެ ދުމުން ދުނިޔެއަށް އިރުގެ އަލިކަން ނުލިބޭނެތީއެވެ.