ފަލަސްތީނުުގެ ޣައްޒާ ގައި ކުށެއްނެތް އެއްވެސް މީހަކު ނެތްކަމަށް، އިސްރާއީލުގެ ހައްދު ފަހަނައަޅާފައިވާ ދިފާއީ ވަޒީރު، އެވިއްޓާ ލިބަމަން ބުނެފިއެވެ.
މިކަން ހާމަކޮށް އޭނާ ބުނީ، ފަސްތީނުގެ ހުރިހާ ރައްޔިތުންނަކީ ހަމާސް ޖަމާތުން މުސާރަ ދޭމީހުން ކަމަށާއި މުޒާހަރާގައި އިސްރާއީލް އަސްކަރިއްޔާ އާއި ކުރިމަތިލުމަށް މީހުން ނެރެނީ އެ ޖަމާޢަތުން ކަމަށެވެ.
ފަލަސްތީނުގެ މިނިވަން ކަމަށްޓަކައި އެގައުމުގެ ރައްޔިތުން ކުރަމުންދާ މުޒާހަރާގައި އިސްރާއީލުގެ އަނިޔާވެރި ސިފައިން ޝަހީދު ކޮއްލި ފަލަސްތީނުގެ ރައްޔިތުންގެ އަދަދު 31 އަރައިފައިވާއިރު ފަލަސްތީނުގެ ސިއްޙީ ވުޒާރާއިން ބުނާގޮތުގައި، މުޒާހަރާގައި ޒަހަމްވި މީހުންގެ އަދަދު މިހާރު ވަނީ 2,850 އަށް އަރާފައެވެ. އަދި 79 މީހަކު ވަނީ ސީރިއަސް ހާލަތުގައި އެވެ.
ފަލަސްތީނު ރައްޔިތުން މުޒާހަރާ ކުރަމުން ދަނީ އަމިއްލަ ގެދޮރުން ނެރެ ރެފިއުޖީންނަށް ހަދާފައިވާ ފަލަސްތީން ރައްޔިތުންނަށް އެނބުރި އަމިއްލަ ވަޒަނަށް ދެވޭނެ ގޮތް ހަދައިދިނުމަށް ގޮވާލައެވެ. އެތައް ހާސް ބަޔަކު ބައިވެރިވި މުޒާހަރާ ކުރިއަށް ގެންދިޔައީ ޣައްޒާ ގައެވެ.
މީގެ ދެ ހަފްތާ ކުރިން ފަލަސްތީނުގެ އެތައް ހާސް ރައްޔިތުން "ގްރޭޓް މާޗް އޮފް ރިޓާން"ގެ ނަމުގައި ފެށި މުޒާހަރާތަކަކީ 1948 ވަނަ އަހަރު އިސްރާއީލު އުފެދުމުން، އެބިން ދޫކޮށް ދާން ޖެހުނު ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ ކާބަފައިންގެ ބިމަށް ރުޖޫއަވުމުގެ ހައްގު އޮތް ކަމަށް ބުނެ ކުރާ މުޒަހަރާތަކެކެވެ.
ނަމަވެސް އިސްރާއީލުން ބުނާ ގޮތުގައި އެއީ ޣައްޒާގެ ވެރިކަން ކުރާ ހަމާސްއިން އިސްރާއީލަށް ހަމަލާ ދިނުމަށްޓަކައި ކުރިއަށްގެންދާ މުޒާހަރާތަކެކެވެ.
ބަލަގަ އިސްރާއީލަކީ ގަދަބާރުން ފަލަސްޠީނުގެ ބިމުގައި ގާއިމު ކޮށްފައިވާ ޣައިރުގާނޫނީ ދައުލަތެއް ކަން އަހަރެމެން ދެނެތިބީމުއޭ...!!! އެކަންނޭނގެނީ މިގައުމުން ކެރަފާ ނަޝީދު އާއި އޭނާގެ ބޭބެ ކެރަފާ ނަސީމުއާއި ދެމީހުނަށް.
މިނުބައި ޝައިތާނުގެ ނިމުން ހިތިކުރައްވާ، ވޭންދެނިވި ގޮތެއްގައި މަރުގެންނަވާށި... އާމީން...
މީ ދުނިޔޭގަވާ އެންމެ ފިނޑި ލަދުހަޔާތްކުޑަ ޖަމާއަތް.އެހެންމީހުންގެ ބިން ފޭރިގެން އެބިމުގަ ވަޒަންވެރިވެގެންތިބެ އެބިމުގެ އަހުލުވެރީންނާ ދިމާލަށް މިކިޔަނީ ކުއްވެރީންނޭ.ތިޔަހޫދީންނާއި ކުރިމަތިލުމަށް ފަލަސްތީންގެ އެންމެ ތުއްތު ކުދިންވެސް ނުކުންނަން ޖެހިލުމެއްނުވާނެ. ކިތަންމެވަރަކަށް ބަޑިންނާއި ބޮމުގެ ހަމަލާ ދިންކަމުގަވިޔަސް ފަލަސްތީނުގެ ޅަޒުވާންނުން ނުކުންނާނެ އޮއްގަލުން ހަމަލާދޭން ތިޔަހޫދީންނާއި ދެކޮޅަށް.އޭ...އިޔަހޫދި ޔަހޫދީންނޭ ދެން....ވަޒަނެއް ހަމައެއްނެތި ހޫރިދިޔާ....
ވަކި ސިޔާސީ ޕާޓީއަކުން ބުނެފައިވާތީވެ މިހާރު ނޫހުން ފަލަސްތީނުގެ އެއްވެސް ޚަބަރެއް ނުގެންނަން ނިންމާފަިވުމަކީ ހިތާމަ ހުރިކަމެއް. ސިޔާސީ ވުމަކީ މުސްލިމުންނަށް ނަފުރަތު ކުރަންލިބޭ ފުރުޞަތެއް ކަމުގައި ނުބެލުމަށް މިހާރު ނޫހަށް ގޮވާލަން.
މިކަލޭގެ އަށް ތެދުމަގު ދައްކަވާދޭވެ.
އެވިއްޓާ ލިބަމަން އަށް ދުނިޔެއާއި އާޚިރަތުގެ އަޒާބު މިންވަރު ކުރައްވާށި. އާމީން
އިޒްރޭލަކީ މިދުނިޔޭގަވާ އެންމެބޮޑު ޓެރަރިސްޓް ޖަމާއަތް! ކަލޭމެންގެ ތެރެއިން އެއްވެސްމީހަކު މިރާއްޖެ ނައަންނާތި ކުޅިދައްކާލާނަން! ޖާހިލު އަންނި ކަލޭމެން މިގައުމަށްގެނަސް ކުރިކަންތައް ދެނަށްނުކުރެވޭނެ މިގައުމަކު!