ފަހުގެ ތާރީހެއްގައި ދުނިޔެ ދުށް އެންމެ އަނިޔާވެރި ނިރުބަވެރި ޖަމާއަތް ކަމުގައިވާ އައިސެސްގެ ބޮޑުންނަށް ލިބޭ ފައިސާ ގިނަ ކަމުން ވަޅުލަނީވެސް އީރާގުގެ ހަނަފަސް ސަހަރާ ތަކުގެ އަޑީގައި ކަމަށް އަމިއްލަ ޖާނު ގޮއްވާލައިގެން މަރުވެފައިވާ އެ ޖަމާއަތުގެ ލީޑަރު، އަބޫބަކުރު އަލް-ބަޣުދާދީގެ ޅިއަނު ބުނެފިއެވެ.
މީގެ ދުވަސްކޮޅެއް ކުރިން އީރާނު އިންޓެލިޖެންސުން ހިފައި ހައްޔަރު ކޮށްފައިވާ މުހައްމަދު އަލީ ސަޖެތު އަކީ ބަޣުދާދީގެ ޅިއަނެއް ނަމަވެސް، އޭނާ ހައްޔަރު ވުމަށް ފަހުގައި ވަނީ ބަޢުދާދީ ފިލައިގެން އުޅޭ ތަނުގެ މައުލޫމާތުތައް ކަމާ ބެހޭ ފަރާތްތަކާއި ހިއްސާ ކޮށްފައެވެ.
ބަޣުދާދީ އަދި އައިއެސް އާއި ބެހޭ ގޮތުން ޓީވީ ޗެނަލަކަށް ސަޖެތު ދިން އިންޓަވިއު އެއްގައި ބުނެފައި ވަނީ އޭނާ ހިމެނޭހެން އައިއެސްގެ އިސްވެރިންނަށް މިލިއަނުން ފައިސާ ލިބޭ ކަމަށާއި އަދި ފައިސާތައް ގިނަކަމުން ވަޅުލަނީވެސް ހަނަފަސް ސަހަރާ ތަކުގެ އަޑީގައި ކަމަށެވެ.
"އަހަންނާއި އައިއެސްގެ އިސް ބައެއް މީހުން އެއް ފަހަރު ސަހަރާގައި 20 މިލިއަން ޕައުންޑު (397 މިލިއަން 446،615 ދިވެހި ރުފިޔާ) ވަޅުލިން. ނަމަވެސް އެ ސަރަހައްދުގައި ބަކަރި ހުއި ހައްޕަން އުޅޭ ބަޔަކު ވަނީ އެ ފައިސާތައް ނަގާފައި" ސަޖެތު ބުނެފައި ވެއެވެ.
އައިއެސްގެ އެންމެ ކާމިޔާބު ދުވަސްވަރު އެމީހުން ވަނީ ބިލިއަނުން ފައިސާ ހޯދާފައެވެ. މި ފައިސާތައް އެމީހުންނަށް ލިބެނީ ފޭރިގަތްފައިވާ ތެޔޮ ވަޅު ތަކުންނާއި ޓެކްސްގެ ނަމުގައި އާއްމުން އަތުން ނަގާ ފައިސާ އިންނާއި، މީހުންނާއި ތަންތަން ލޫޓުވައި އަދި ވަގަށްނަގައިގެން ހޯދާ ފައިސާގެ އިތުރުން އެކިއެކި ޤައުމުތަކުންނާއި މުއްސަނދިންގެ ފަރާތުންނެވެ.
އައިއެސްގެ ލީޑާރު މިހާރު މަރުވެފައި ވާއިރު ސަޖިތު ވަނީ އޭނ މަރުވި އިރު ހުރިތަން ވަރަށް ތަފްސީލްކޮށް ކިޔައިވެސް ދީފައެވެ. "އޭނާ އުޅުނީ 8 މީޓަރުގެ ދިގު ބިންގަރާހެއްގައި. އެތަނުގެ ފުޅާ މިނުގައި 5 ވަރަކަށް މީޓަރު ހުންނާނެ. އަދި އެތާ އެތެރޭގައި ޤުރުއާނާއި ދީނީ އެނޫންވެސް ފޮތްތައް ހިމެނޭހެން ކުތުބުޙާނާ (ލައިބްރަރީ) އެއްވެސް ހުންނާނެ" ސަޖެތު ކިޔައިދިނެވެ.
މިހާރު އެ ޖަމާއަތް ހިންގުމާއި އެހެން ފަރާތަކުން ހަވާލުވެފައި ވާއިރު މެދުއިރުމަތީގެ ހާލަތު ދިރާސާ ކުރާ ފަރާތްތަކުން ވަނީ އެމީހުން ބަޣުދާދީގެ މަރުގެ ބަދަލު ހިފުމަށް ވަރުގަދަ ހަމަލާ ތަކެއް ދޭނެ ކަމަށް ބުނެ ސަމާލުވާން އަންގާފައެވެ.
ތިމީހާ ތިހެރީ މަޖްބޫރު ކޮށްފަ، ނުވަތަ ތިއީ ބޮޑު ކައްޒާބެއް!!!
ބުރޯ ހާސްނުވެބަލަ.. ބުރޯ މެންނަށް ނޭނގެތަ ސީއައިއޭއިން ކުޅޭ ކޮންސްޕިރެސީ ގޭމުތައް؟؟ މިވާގޮޔަކީ ސީއައިއޭއިން ނޫނީ އެމެރިކާ ސަރުކާރުން އެއްޗެއް ބުނެފިއްޔާ ހިތުގަ ޝައްކެއްނެތި ޤަބޫލުކުރޭ.. ރައްބުޕް ކާއިނާތުގެ އަމުރުތަކާ އެންގެވުންތައް ޤަބޫލުކުރަންވީމަ ގިނަ މީހުންނަށް ދަތިވޭ.. ތިޔަ ކަހަލަ ކިތަންމެ ބިނއލާދިންއަކާ ބަޢުދާދީއެއް އުފައްދައި މަރާނެ އެމެރިކާއިން އަދި.. ކުޑަ މިނުން އެއިން މީހަކު މަރުވެފަ އޮތް ފޮޓޯއެއްވެސް ނުފެންނާނެ.. މި ގޭމުގަ ޖަމާއައްތައް އުފައްދާ ވެރިކަންދީ އެމީހުން މަރާފަ އަނެއްކާ އެހެންބަޔަކު ގެނެސް ގޭމު ޖައްސާނީވެސް އެމީހުން..
ކަށްވަޅުގެ އަޒާބުން މިންޖުވާނެތަ މީހުންގެ ހައްގުތައް ބޮލުގަ އަޅައިގެން ފައިސާއާއެކީ އެންމެ އަޑީގަ އޮވެވެންޔާ
ރީއްޗެއްނު! ބަޣްދާދީއަށް ލިބޭ ފައިސާ ގިނަކަމުން ސަހަރާގައި ވަޅުލަނީ! މީނާ އެކި ޤައުމުތަކުން ގެންދާ އަންހެންވެރިން އެމީހުންގެ ޅަދަރިންނާއެކު އުޅެނީ ބިކަޙާލުގައި!
ޖާނު ގޮއްވާލީ ބިމުއަޑީގައި، ބިންގަރާސްގައި. ގޮވުމުގެ ބާރު ގަދަކަން ނިކަން ބައްލަވާ މަތީގައިވާ ފޮޓޯއިން. އެންމެ ކޮންކްރީޓް ކޮޅެއްވެސް އެ ހުންނަންޖެހޭ ތާނގައި އެބަ ހުރިތޯ؟ މިވަރުގެ ބާރުގަދަ ގޮވުމަކުން ގޮވި އިރު އެމެރިކާގެ ސިފައިން ތިބީ އެބުނާގެޔަކާ ކިހާ ދުރުގަބާ؟ އަދި އެމެރިކާ ސިފައިންގެ މީހެއް މަރުނުވޭ، ޒަހަމްނުވޭ. ހަމަ އެކަނި ޒަހަމްވީ "ކޭ.ނައިން" ކުއްތާ އެއް ކަމަށް ޓްރަންޕް ބުނި. ފުރަތަމަ ހަމަލާދިނީވެސް އެބުނާ ކޭ.ނައިން ކަމަށްވަނީ. އަދި އެމެރިކާ ސިފައިން 11 ކުޑަ ކުއްޖަަކު އެތަނުން ސަލާމަތްކުރި. ގައިގަ ބޮންހަރުކޮށްގެން ހުރި މީހަކު މަރަށް ބިރުން ރޮމުން ދުވުނީ. ދުވުނުއިރު ކީއްބެ ބަޑި ނުޖެހީ. އެކެރިކާގެ ސްޕެޝަލް ފޯރސްގެ ސިފައިން.
ޢެއްވެސް ސުވާލެއް ނޫފެދޭތަ ހަމަ؟
ވަރަށް ފިޑި ޅިޔަނެއް.