އިރާޤުގައި ހުންނަ އެމެރިކާ އެމްބަސީ އަށް އިއްޔެ އިރާޤު ރައްޔިތުން ހަމަލާ ދިނުމުން އިރާޤުގައި ހުރި އެމެރިކާގެ މަސްލަހަތުތައް ހިމާޔަތް ކުރުމަށް ބޮޑު ލަޝްކަރެއް ފޮނުވަން ނިންމާފައިވާ ކަމަށް އެމެރިކާ އިން ބުނެފިއެވެ.

އެމެރިކާގެ ދިފާޢީ ވަޒީރު މާކް އެޕާ ވިދާޅުވީ ބަޣުދާދުގައި ހުންނަ އެމެރިކާގެ އެމްބަސީއަށް ގެއްލުން ދިނުން އެއީ ކުޑަކަމެއްގެ ގޮތުގައި އެމެރިކާ އިން ނުބަލާނެ ކަމަށާއި އިރާޤުގައި ހުރި އެމެރިކާގެ މަސްލަހަތުތަކާއި އިރާޤުގައި ތިބި އެމެރިކާ ރައްޔިތުން ހިމާޔަތް ކުރުމަށް ސިފައިން ފޮނުވަން މިހާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަމުރު ކޮށްފައިވާ ކަމަށެވެ.

އިރާޤަށް ފުރަތަމަ ފޮނުވަން ހަމަޖެހިފައި ވަނީ އެމެރިކާގެ 750 ސިފައިންނެވެ. އިރާޤަށް ފޮނުވާނީ އެމެރިކާގެ ކެރޮލައިނާގެ ފޯޑް ބްރެގްގައި ގާއިމުވެ ތިބޭ ސިފައިންގެ ތެރެއިން "82 ވަނަ އެއާބޯން ޑިވިޝަން" ނަމަކަށް ކިޔާ ލަޝްކަރުގެ ސިފައިންނެވެ. މިއީ ދާންޖެހުނު ކޮންމެ ތަނަކަށް ދިއުމަށް އަބަދުވެސް ކުއްލި ހާލަތުގައި އޮންނަ ސިފައިންގެ ލަޝްކަރެކެވެ.

"ދުނިޔޭގެ ހުރިހާ ތަނެއްގައި ހުރި އެމެރިކާގެ މަސްލަހަތުތަކާއި އެމެރިކާގެ ރައްޔިތުން، އެމެރިކާ އިން ހިމާޔަތް ކުރާނެ. އިރާޤުގައި މިހާރު ހިނގަމުން އެގެންދާ ކަންކަމަކީ އެމެރިކާ ސަރުކާރުން ބަލައިގަންނަ ކަންކަމެއް ނޫން." ދިފާޢީ ވަޒީރު ވިދާޅުވިއެވެ.

މިހާރު ފްލޮރިޑާގައި އާއަހަރުގެ ޗުއްޓީ ހޭދަކުރަމުން ގެންދާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނީ އެމެރިކާގެ އެމްބަސީއަށް ދިން ހަމަލާ ވަރަށް އަވަހަށް ވަރަށް ފުރިހަމަ އަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. "އިރާޤުގެ ބަޣުދާދަކީ، ލީބިއާގެ ބެންޣާޒީއަކަށް ނުވާނެ." ޓްރަމްޕް ބުންޏެވެ.

ލީބިއާގެ ބެންޣާޒީގައި ހުންނަ އެމެރިކާގެ އެމްބަސީއަށް 2012 ވަނަ އަހަރު ހަމަލާދީ އެމެރިކާގެ ސަފީރު ހިމެނޭ ހެން އެމެރިކާގެ ހަތަރު ރައްޔިތަކު އަވަހާރަކޮށްލިއެވެ.

އިރާޤުގެ ބަޔަކު އިއްޔެ އެމެރިކާ އެމްބަސީއަށް ހަމަލާދިނީ އިރާޤުގައި ހަރަކާތްތެރިވާ ޝީޢީ ހަނގުރާމަވެރިންނަށް އަމާޒުކޮށް ދާދިފަހުން އެމެރިކާ އިން ވައިގެ ހަމަލާތަކެއް ދިނުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖިންނި

    ސޮލީބީން ބިރުގަނެއްޖެ ސާބަހޭ މުޖާހިދީން ހިތްވަރުކޮށްލާ ހިތްވަރުކޮށްލާ ހިތްވަރުކޮށްލާ

    23
    2
  2. ވަލީދު

    الله أكبر الله أكبر الله أكبر
    އެމެރިކާ ބަލިވާނެ މުސްލިމުންގެ އަތުން. އެދުވަސް ވަރަށް ގާތް އިން ޝާ الله.

    26
    1
  3. ަމާލް

    ޑަރުނެހީ

  4. މޯދިީ

    ބަލަ އެމެރިކާޔަށް ބޭނުންއިރަކު ބޭނުން ގައުމަކަށް އެރެންޏަމު އިންޑިޔާއަށްވެސް މިސަރަހައްދުގެ ގައުމުތަކަށް އެރޭނެ، ޚާއްސަކޮށް ދިވެހިރާއްޖެ މިކިޔ/ަ ގައުމަކީ އިންޑިޔ/ަގެ ބަޔެއް!