ސައުދީ އަރައްބިޔާއާއި އެގައުމަށް ހެޔޮ އެދޭ ހުރިހާ ފަރާތްތަކުން ތިބީ އިރާގު އާއި އެކުގައި ކަމަށް އެގައުމުގެ ޑިފެންސް މިނިސްޓްރީގެ ނައިބު ޕްރިންސް ހާލިދް ބިން ސަލްމާން ވިދާޅުވެއްޖެއެވެ.
އިއްޔެ ސަލްމާން ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ، ސައުދީން އަބަދުވެސް އޮންނާނީ އިރާގާއި އެކު ކަމަށާއި އެހެން ގައުމުތަކުގެ މެދުގައި ހިނގާ ހަނގުރާމައިގެ އަސަރު އިރާގަށް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މީގެ އިތުރުންވެސް އެ ގައުމުން އިރާގަށް ދެވެން އޮތް ހުރިހާ އެހީތެރިކަން ދޭނެ ކަމަށް ސަލްމާން ވިދާޅުވިއެވެ.
ސަލްމާން ވިދާޅުވީ، މާޒީވެގެން ގޮސްފައިވާ ދުވަސްތަކުގައި އިރާގުން ވަނީ ހިތްދަތި ދުވަސްތަކަކާއި ކުރިމަތި ވެފައި ކަމަށާއި، އެގައުމުގެ އެންމެންގެ ވެސް އުއްމީދަކީ ކުރިއަށް އޮތް ދުވަސް ތަކުގައި އެގައުމަށް ފާގަތި ކަމާއި އަމާން ކަން އައުން ކަމަށެވެ.
"އިރާގް ދެކެ ލޯބިވާ ހުރިހާ ފަރާތްތަކުން އެދެނީ އެގައުމަށް ދިމާވެފައިވާ ހިތްދަތި ދުވަސްތަކަށް ނިމުމެއް އައުމަށް. އަޅުގަނޑުމެންގެ ފަރާތުން އިރާގަށް އެކަމުގައި ފުރިހަމަ އެއްބާރުލުން ލިބޭނެ." ސަލްމާން ކުރެއްވި ޓްވިޓުގައި ބުނެފައިވެއެވެ.
އިރާގުގައި އެމެރިކާގެ ސިފައިން ތިބޭ 2 ތަނަކަށް އިރާނުން ފޮނުވާލި މިސައިލް ހަމަލާގައި ގިނަ އަދަދެއްގެ އެމެރިކާ ސިފައިން މަރުވެފައިވާ ކަމަށް އެގައުމުގެ ޓީވީން ބުނެފައިވި ނަމަވެސް އިއްޔެގެ ވަގުތެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނީ، އިރާނުން ފޮނުވާލި ހަމަލާގައި އެމެރިކާ އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި، އެ ހަމާލާ ލިބުނު ސަރަހައްދުތަކަށްވެސް މާ ބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.
އިސްލާމީ ގައުމަކަށް ވެއޮވެ މުޅިދުނިޔެ ހަލާކު ކުރަނީ ސައުދީ
ކޮން ވާހަކައެއް ދައްކާކަށް އިރާގަށް އެމެރިކާ ސިފައިން އަރުވާ މުޅިގައުމު ފުނޑާލާފަ ދެން މަހާނަ މައްޗޭ ނުކިޔާ ތީ އެމެރިކާ އާއި ގުޅުގެން މުސްލިމް ގައުމުތައް ހަލާކު ކުރާ ބައެއް....
ސައޫދީ ރައްކާ ކުރައްވާނދޭވެ. އިސްލާމީ ދުނިޔެއާ ސަރަހައްދުގެ މަސްލަހަތަށްް އަބަދުވެސް އިސްކަން ދޭނެ.
އެއީ އެމެރިކާގެ ސިޓީއެކޭ ދެލޯފުޅާ.
މާބޮޑަށް އެނގެނީ ކަލެއަށް
އެމެރިކާއަކީ ކާފަރު ގައުމެއް
ސައޫދީ އަކީ މުސްލިމު އިސްލާމީ ޝަރީޢަތު ގާއިމު ކުރާ ގައުމެއް.
ދެ ޙަރަމު ހުރީ އެގައުމުގަ
ދެ ލޯ ކަނު ވެފަ ތަ އެމެރިކާގެ ސިޓީއެކޭ ބުނަނއ
ކީއްވެ! ކަލޭމެން ތިބޭ އެމެރިކާއާއެކީ. ހުރިހާ ނުބަޔަކީ ކަލޭމެން.