ޣައްޒާ އިން އިސްރާއީލް އަށް ރޮކެޓު ހަމަލާތަކެއް ދީފިއެވެ.

ޣައްޒާ އިން ދާދި ދެންމެއަކު އިސްރާއީލަށް 4 ރޮކެޓު ހަމަލާ އެއް ފޮނުވާލާފައި ވާއިރު އިސްރާއީލުގައި މިހާރު ދަނީ ރޮކެޓު އެލާޓު ސައިރެން އަޅަމުންނެވެ.

ސައިރެން އަޅާފައި ވަނީ އެ ގައުމުގެ ނަހަލް އޫޒް އާއި ސާދްގެ އިތުރުން ކުފަރު އަޒާ އަވަށުގައެވެ.

މި ހަމަލާގައި އިސްރާއީލުގެ އެއްވެސް މީހަކަށް އަނިޔާ އެއްވިކަން ފަލަސްތީނުން ހާމަ ކޮށްފައި ނުވި ނަމަވެސް، އިސްރާއީލުގެ ސިފައިން ބުނެފައި ވަނީ ޖުމްލަ 4 ރޮކެޓު ފޮނުވާލި އިރު އެއިން އެއްވެސް ރޮކެޓަކުން މީހަކަށް ގެއްލުމެއް ނުވާ ކަމަށެވެ.

އެ ގައުމުގެ ސިފައިން އިތުރަށް ބުނެފައި ވަނީ 2 ރޮކެޓު ވެއްޓުނީ ހުސް ބިމަކަށް ކަމަށާއި އަނެއް 2 ރޮކެޓު މަތީގައި ވަނިކޮށް ގޮއްވާލާފައިވާ ކަމަށެވެ.

ފަލަސްތީނުން އިސްރާއީލަށް އަމާޒުކޮށް ރޮކެޓު ހަމަލާތަކެއް ފޮނުވާލާފައި މިވަނީ އަނެއްކާވެސް ދުވަސްތަކަކަށް ފަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    އިޒްރާއީލައްގިނައިން ރޮކެޓުތައް ފޮނުވަންވީ.

    17
    2
  2. ޔ

    ދުޢާ އަކީ އީރާނުނުގެ ނާމާން ހަނގުރާމަ ވެރި ޖަމާ އަތް ހިޒްބުﷲ ޢަމަލީގޮތުން ތީގެތެރެ އަށް ވަނުން.. އަހަރެން ހަދާންވޭ 2006 ވަނަ އަހަރު ހިޒްބުﷲ އާ އީ އިސްރާ އީލް ކުރި ހަނގުރާމަ މަތިން.. 33 ދުވަހު ގެ އެތެރޭގައި އިސްރާއީލު ޖެހުނީ ތަރަތަރަ ޖަހާ ރޯން.. ބިރުން އެ ފަހުން ލުބުނާން އަކަށް އެންމެ ބޮމެ އް ވެސް އަޅާ ކަށް ނުކެރޭ.......

    17
    2
  3. ނަތަންޔާހޫ

    އިޒްރޭލު މީހުން ބިރުން ފިލައިފި

    21
    1
  4. Anonymous

    އަނެއްކާ ތަޅާ ދުންކާލި އަރުވާލީމަ ބުނާނެ ނިކަމެތި ފަލަސްތީނޭ ތިމަންމެން ހިފައިފިޔޭ. މަޑުން ތިބެން އެނގެންވެއްޖެދޯ މިހާރު

    8
    22
  5. އައްޒާ

    އިޒްރޭލަކަށް ނުކެރޭނެ އައްޒާއަށް ރޮކެޓްގަނޑެއްހާ މިންވަރުވެސް ފޮނުވާލާކަށް ބަލަން ތިބޭ.

    8
    3