ހައްދުފަހަނަ އަޅައިފައިވާ ނިބުރުވެރި ޖަމާއަތެއްކަމަށްވާ އައިއެސް އަށް ނިސްބަތްވާ 600 މީހުން މެރުމަށް އިރާޤުގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.

މިދިޔަ އަންގާރަ ދުވަހު އައިއެސްގެ މެންބަރުން މެރުމަށް ކޯޓުން ހުކުމް ކޮށްފައިވާއިރު މެެރުމަށް ހުކުމް ކުރި މީހުންގެ ތެރޭގައި ހިމެނެނީ 300 އަންހެނުންނާއި 300 ފިރިހެނުންނެވެ.

މަރަން ހުކުމް ކުރި މީހުންގެ ތެރެއިން އެންމެ ގިނައީ ތުރުކީ އާއި ކުރީގެ ސޯވިއެޓް ޔުނިއަން ގެ މީހުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އައިއެސް އަކީ ދުނިޔޭގެ އެތަކެއް ގައުމުތަކަކާއި ދެކޮޅަށް ފާޅުގައި ހަމަލާތަށް ދީފައިވާ ނިބުރުވެރި ޖަމާއަތެކެވެ، އެގޮތުން އައިއެސް އިން އެންމެ ގިނައިން ހަމަލާ ދީފައިވަނީ އީރާގަށެވެ. މީގެ ކުރިން އީރާޤުގެ ބޮޑު ބައެއް އައިއެސްގެ ބާރުގެ ދަށުގައި އޮތް ނަމަވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އީރާޤުން ވަނީ އައިއެސްގެ މަށްޗަށް ނަސްރު ހޯދާ އައިއެސްގެ ގިނަ ބަޔަކު ހައްޔަރުކޮށްފިއެވެ.

އައިއެސްއިން ވަނީ ދުނިޔޭގެ ބޮޑެތި ބާރުތަކާއި ދެކޮޅަށްވެސް ބޮޑެތި ހަމަލާތަކެއް ދީފައެވެ.

މީގެ ދެތިން އަހަރު ކުރިން އައިއެސް އަކީ މުޅި ދުނިޔެއަށް އޮތް ބޮޑު ބިރަކަށް ވީނަަމަވެސް އައިއެސްގެ ހިލާފަތާއި ދެކޮޅަށް ދުނިޔެ އިން ކުރި ވަރުގަދަ ހަނގުރާމައަށް ފަހު މިހާރު އެޖަމާޢަތް ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ.

އައިއެސް އިން ހިފި އިރާޤުގެ ބޮޑު ސަރަހައްދާއި ސީރިއާގެ ބޮޑު ސަރަހައްދުން މިހާރު އެޖަމާޢަތުގެ ހަނގުރާމަވެރިން ވަނީ ފައްސާލާފައެވެ.

އައިއެސްގެ އެންމެ ބާރުގަދަ ދުވަސްވަރު އެޖަމާޢަތުން ވަނީ އެތައް ގަތުލުއާމެއް ވެސް ހިންގާފައެވެ. ބައެއް މީހުންގެ ކަރު ބުރިކޮށްލާ އެމަންޒަރު އާންމު ކުރިިއިރު އަނެއް ބަޔަކު ދިރިތިއްބާ އަންދާވެސް ލާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަސްލު

    މިއީ އެމެރިކާއިން ގެނާ ބޮޑު ބިޔަ ޑެމޮކުރަސީ. ސައްދާމް އަކަށް ވަކީ ދޫނުރޭ މީހުން މަރަން ވީމަ.