އިންޑިއާގައި އަލަށް އުފަންވީ ތުއްތު ކުއްޖަކު، ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ފައްސި (ޕޮޒިޓިވް) ވެއްޖެއެވެ.

ނޫސްތައް ބުނާގޮތުގައި ކޮވިޑް-19 އަށް އެޤައުމުން ފައްސިވި އެ ކުއްޖާގެ އުމުރަކީ އެންމެ ތިން ދުވަހެވެ. އެ ކުއްޖާއަށް މި ވައިރަސް ޖެހިފައިވަނީ ހޮސްޕިޓަލަށް ކޮވިޑް-19 ޖެހިގެން ބައެއް މީހުން ކުރިން ގޮސް ފަރުވާ ހޯދާފައި ވަނިކޮށެވެ.

މުމްބާއީގައި ހުންނަ ސައި ހޮސްޕިޓަލްގައި ވިހެއި މި ތުއްތު ކުއްޖާގެ ހަށިގަނޑަށް ކޮވިޑް-19 ގެ ނުރައްކާތެރި އިންފެކްޝަންގެ އަސަރުކޮށްފައި ވަނީ، ކުރިން އެ ހޮސްޕިޓަލުގައި މި ވައިރަށް އަށް ފަރުވާ ހޯދި މީހެއްގެ ހަށިގަނޑުން ވައިރަސް އަރާފައިވާ އެނދެއްގައި ކުއްޖާ ބޭއްވުމުން ކަމަށް ވެއެވެ. ބައެއް މަސްދަރުތަކުން މިގޮތަށް ރިޕޯޓްކޮށްފައި ވީނަމަވެސް މިކަމާއި ގުޅޭގޮތުން އެ ހޮސްޕިޓަލުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.

އުމުރުން ތިން އަހަރުގެ ކުއްޖަކު އިންޑިއާގައި ކޮވިޑް-19 އަށް ފައްސިވުމާއެކު އެކުއްޖާ ވެފައިވަނީ އެޤައުމުން މި ވައިރަސް ޖެހުނު އެންމެ ތުއްތު ކުއްޖާއަށެވެ. ނޫސްތައް ބުނާގޮތުގައި އެކުއްޖާ ކޮވިޑް-19 ވައިރަސް އަށް އިންފެކްޓުވީ ވިހައިގެން ހޮސްޕިޓަލުން ނެގި ކޮޓަރި ރަނގަޅަށް ޑިސްއިންފެކްޓު ނުކޮށް ހުރުމުގެ ސަބަބުންނެވެ.

އެ ކުއްޖާ ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން އޭނާގެ މަންމަ ވެސް ޓެސްޓު ކުރުމުން މި ވައިރަސް އަށް ވަނީ ފައްސިވެފައެވެ. އެއާއެކު މިހާރު އެ ދެމައިން ވަނީ މުމްބާއީގެ އެހެން ހޮސްޕިޓަލެއްގައި ކަރަންޓީނުކޮށްފައެވެ. މިހާރު އެ ދެމައިން ބައިތިއްބާފައި ތިބި ހޮސްޕިޓަލަކީ މުމްބާއީގައި ކޮވިޑް-19 ޖެހޭ މީހުންނަށް ޚާއްސަ ކޮށްފައިވާ ހޮސްޕިޓަލެކެވެ.

މިކަމާއި ގުޅޭގޮތުން ބައެއް ނޫސްތަކަށް މަޢުލޫމާތު ދެމުން އެކުއްޖާގެ ބައްޕަ ބުނެފައިވަނީ، ދެމައިންނަށް ކޮވިޑް-19 ޖެހިފައިވާކަން އެނގުނީ އަލާމާތްތައް ފެނިގެން ކުރިން ތިބި ހޮސްޕިޓަލުން ހެދި ޓެސްޓުތަކަކުންނެވެ. އެއާއެކު އެދެމައިންނަށް ފަރުވާދީ އަޅާލުމަށް ހޮސްޕިޓަލުގެ ނަރުހުންނާއި ޑޮކްޓަރުންވެސް ބޭނުން ނުވިކަމަށާއި، އެދެމައިން އެ ހާލުގައި ފަރުވާއެއް ނެތި ދުވަސްތަކެއް ވަންދެން އެނދުމަތިވެފައި ތިބެން ޖެހުނު ކަމަށެވެ.

މި ދެމައިންނަށް މިހާރު މުމްބާއީގައި ފަރުވާދެމުންދާ ހޮސްޕިޓަލުގައި ކޮވިޑް-19 ޖެހިފައިވާ 120 އަށްވުރެ ގިނަ މީހުން ތިބި ކަމަށް ވެއެވެ.

އިންޑިއާ އަކީ ދުނިޔެއިން ކޮވިޑް-19 ފެނުނު 200 އަށްވުރެ ގިނަ ޤައުމުތަކުގެ ތެރެއިން މި ވައިރަސްގެ ނުރައްކާ މިހާރު އެންމެ ބޮޑުވަމުން އަންނަ އެއް ޤައުމެވެ. މިހާތަނަށް އެޤައުމުން މި ވައިރަސް އަށް ޖުމްލަ 1998 މީހަކު ފައްސިވެފައިވާއިރު، އޭގެތެރެއިން ޖުމްލަ 58 މީހަކު ވަނީ މަރުވެފައެވެ. ފާއިތުވެދިޔަ 24 ގަޑިއިރުތެރޭގައި އެކަނިވެސް އެޤައުމުން 600 އަށްވުރެ ގިނަ މީހުންނަށް މި ވައިރަސް ޖެހިފައިވާކަން ހާމަވެފައިވާއިރު، އިއްޔެ އެކަނިވެސް 23 މީހަކު ވަނީ މަރުވެފައެވެ.

އިންޑިއާ އިން ކޮވިޑް-19 ފެނިފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުއެވެ. އެއަށްފަހު އެޤައުމުގެ އެކި ހިސާބުތަކުގައި މި ވައިރަސް ދަނީ ފެތުރެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޜައްޔިތު މީހާ

  ތިތުއްތު ކުއްޖާ އާއިމަންމަ އަށް އެހޮސްޕިޓަލުން ޕޮސިޓިއު ވީމަ އަޅާނުލާ އެކަހެރި ކޮއް އެއްލާލުން ތިއީ ތިފަދަ ކުރިއަޜާ ފަ ވާގައުމަކުން ކުރަން ހެޔޮނު ވާނެ ކަމެޢް ! ތީއޯގާތެރި ކަން ހުރި ސިއްހީ ދާއިރާ ގެ މީހުން ތިބިތަނެ ނޫން! ދިވެހިން ކަމެވާއިރަށް ވެސް މިދެވެނީ ތިތަނަށް! ތިވަރުގެ ބަޔަކު މި ދިވެހިން ނަޢް އަޅާނެބާ !

 2. ޜައްޔިތު މީހާ

  މިފޮނުވި ކޮމެން ޓު ފޮނުވާ

 3. އަޅުގަނޑު

  މާތްﷲ ދެމައިންނަށްވެސް ޝިފާ ދެއްވަވާށި ޔާ ރަޙުމާން އާމީން

 4. Anonymous

  3 ދުވަހޭ ކިޔާފަ އަނެއްކާ ތިން އަހަރޯ