ކޮވިޑް-19 އާ ގުޅިގެން އިނގިރޭސިވިލާތުގެ ރައްޔިތުންނަށް ހިތްވަރު ދެއްވުމަށް އެ ގައުމުގެ ރާނީ އެލިޒަބަތު ގައުމާ މުޚާތަބު ކުރައްވަން ނިންމަވައިފިއެވެ.

ރާނީ އެލިޒަބަތަކީ ވަރަށް މަދުން ނޫނީ ގައުމުގެ ރައްޔިތުންނާ މުޚާތަބް ކުރައްވާ ބޭފުޅެއް ނޫނެވެ. އެގޮތުން އާދިއްތަ ދުވަހު ދެއްވާ ހިތާބުގައި އެ ގައުމުގެ ރައްޔިތުންނަށް ހިތްވަރު ދެެއްވާ ވާހަކަފުޅު ދައްކަވާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ޓީވީން ދުރަށް ދައްކާ ގޮތަށް ދޭ މި ތަގުރީރުގައި ކޮވިޑް-19 އާ ގުޅިގެން އާންމުންނަށް އިލްތިމާސްތަކެއް ކުރައްވާނެ ކަމަށް މީޑިއާ ރިޕޯޓްތަކުގައިވެއެވެ.

އުމުރުފުޅުން 93 އަހަރުގެ ރާނީ އެލިޒަަބަތު އެ ގައުމުގެ ރައްޔިތުންނާ މުޚާތަބުކުރައްވާ މިއީ ފަސް ވަނަ ފަހަރެވެ.

ގައުމާއި މުޚާތަބްކުރައްވާ އެކަމަނާ ދައްކަވާނެ ވާހަކަތައް މިހާރު ރެކޯޑްކޮށް ނިމިފައިވާއިރު، އެ ރެކޯޑިންތައް ކުރިއަށް ދިޔައީ ވިންޑްސޯ ކެސްލްގައި އައިސޮލޭޝަންގައި ހުންނަވައިގެންނެވެ.

އެކަމަނާ އައިސޮލޭޝަންގައި ހުންނެވީ އުމުރުފުޅުން 98 އަހަރުގެ ފިރިކަލުން، ފިލިޕް ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެންނެވެ.

އިނގިރޭސިވިލާތުގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ގިނަވަމުންދާ އިރު، މި ބަލީގައި އެ ގައުމުން މަރުވި މީހުންގެ އަދަދު ވެސް މަދު ނުވެ އިތުރުވަމުން ދިއުމަކީ އެ ގައުމުގެ ސިއްހީ މަސައްކަތްތެރިންގެ އެންމެ ބޮޑު ކަންބޮޑުވުމެވެ.

މީގެ ކުރިން ރާނީ އެލިޒަބަތު އެ ގައުމުގެ ރައްޔިތުންނާ މުޚާތަބުކުރެއްވީ ހަތަރު ފަހަރެވެ. އެއީ ގަލްފް ހަނގުރާމައިގެ ދުވަސްވަރާއި، އަމީރާ ޑަޔާނާ މަރުވުމުންނާއި އެކަމަނާގެ މަންމަފުޅު އަވަހާރަވެގެން އަދި އެކަމަނާގެ އަލިމަސް ޔޫބީލް ފާހަގަކުރުމަށެވެ.

ދުނިޔޭގެ ހުރިހާ ހިސާބަކަށް ފެތުރިފައިވާ ކޮވިޑް-19 ވައިރަސް ހުއްޓުވުމަށް ގައުމުތައް އޮތީ ނުކުޅެދިފައެވެ.

އިއްޔެ އިނގިރޭސިވިލާތުން 684 މީހަކު މަރުވެފައިވާއިރު މިއީ އެއް ދުވަސް ތެރޭ އެ ގައުމުން އެންމެ ގިނަ އަދަދެއްގެ ބަޔަކު މަރުވި ދުވަހެވެ.

އިއްޔެގެ ނިޔަލަށް އެ ގައުމުން މަރުވި 684 މީހުންނާ އެކު މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 3،605 އަށް އަރައިފައެވެ. އަދި މިދިޔަ 24 ގަޑިއިރު ތެރޭ އެ ގައުމުން މުޅިން އަލަށް 4،450 މީހަކު ވައިރަހަށް ފައްސި (ޕޮސިޓިވް) ވެފައިވާއިރު މިއީ އެއް ދުވަސް ތެރޭ އެންމެ ގިނަ ބަޔަކު ފައްސިވި ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖައުފަރު

    ފަލަސްތީނުގަ ހިނގަމުންދާ ހަމަނުޖެހުމުގެ ޒިންމާ ނަގަން ޖެހޭނީ ކަލޭމެން އިނގިރޭސީން ކަލޭމެނަށް ގެއްލުމާއި ހަލާކުހުރި އާމީން !

    19
    • ??

      މީހުންނަށް ބަދު ދުޢާ ނުކޮށް ހުރޭ! މުސްލިމަކަސް ކާފަރަކަސް ކޮންމެ މީހަކަށްވެސް ހަމްދަރުދީ ވާންޖެހޭނެ ކަމަށް ކީރިތި ރަސޫލާ ހަދީސްފުޅު ކުރެއްވި. އެހެންނޫނަސް ފަލަސްތީނަކާ ރާނީ އެލިޒަބަތު ގައުމާއި މުހާތަބު ކުރެއްވުމާއި ހުރީ ކޮން ގުޅުމެއް؟؟

      6
      5
  2. ބޯކިބާ

    މިދައިތަ ގައުމާ މުހާތަބު ކުރުމަށްވުރެ ކެރަލާ ކަތީބު އެރަށުމީހުނާ މުހާތަބުކުރާވާހަކަ އަހަރެމެނަށް މުހިންމީ. ބޭކާރުމީހެއް ތިޔާ.