މިހާރު އެމެރިކާ އަށް އަރަމުންދާ ތޫފާނުގެ ސަބަބުން އެ ގައުމުން އެތައް ބަޔަކު މަރުވަމުން އެބަ ގެންދެއެވެ.

އެމެރިކާގެ ދެކުނު އައްސޭރި އަށް އިއްޔެ އިން ފެށިގެން އަރަމުންދާ ތޫފާނުގެ ސަބަަބުން މިހައިތަނަށް ޖުމްލަ 18 މީހެއްގެ ފުރާނަ ގެއްލިފައި ވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި ތޫފާނު އެހެން ހިސާބުތަކަށް މިސްރާބު ޖަހަައި، އިތުރު ބައެއްގެ ފުރާނަ ގެއްލިދާނެ ކަމުގެ ބިރު މިހާރު ވަނީ އުފެދިފައެވެ.

މި ތޫފާނުގެ ސަބަބުން އެމެރިކާގެ މިސިސިޕީ އިން 11 މީހަކު މަރުވެފައި ވާއިރު، އެ ސަރަހައްދުގައި ނަގޫރޯޅި އާއި ފެންބޮޑުވުމާއި، އާދަޔާ ޙިލާފަށް ގުގުރައި ވިއްސާރަ ކުރާނެކަމަށް މޫސުމާ ބެހޭ އިދާރާތަކުން ދަނީ އިންޒާރު ދެމުންނެވެ.

ކްރިސްޓިއަން ދީނުގެ މީހުން ފާހަގ ކުރާ އީސްޓާ އާއި ދިމާކޮށް މިފަދަ ކަމެއް ވުމުން މިސިސިޕީގައި ކުއްލި ނުރައްކަލުގެ ޙާލަތު ވަނީ އިއުލާން ކޮށްފައެވެ. އެ ސްޓޭޓުގެ ގަވަރނަރު ބުނެފައި ވަނީ މިއީ އެއްވެސް ބަޔަކު އީސްޓާ މުނާސަބާ ފާހަގަކުރަން ބޭނުންވި ގޮތް ނޫން ކަމަށެވެ.

އެމެރިކާގެ އެހެން ހިސާބުތަކަށް މި ތޫފާނުގެ އަސަރު ކުރިއަށް ހުރި ދުވަސްތަކުގައި ކުރާނެކަމަށް ބެލެވޭއިރު، މިހާރު ދުނިޔޭގައި ފެތުރެމުން ގެންދާ ކޮވިޑް-19 ވައިރަސް ވެސް އެންމެ ގަދައަށް ފެތުރި، އެންމެ ގިނަ ބަޔަކު މަރުވަމުން ގެންދަނީވެސް އެމެރިކާގައިކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޣަތަމް

    ސަޅި

    20
    4
  2. އެންޖެލީނާ

    އަދިވެސް ވާވަރު ކުޑަ އެމެރިކާއަށް! އެތައް މުސްލިމް ގައުމެއްގެ ކުށެއްނެތް އެތައް މިލިއަން މުސްލިމުނެއް މަރައިފި. މާތްﷲގެ ކުޅަދުން ވަންތަކަން..

  3. ނައިނ

    އެއްކަލަ ގައުމުތަކައް އުދުއާނީ ހަމަލާދީ މައުސޫމު އެތަކެއް ރައްޔިތުން މަރާ ހުސްކުރަމުން ދިޔަ އެމެރިކާ އެދަނީ ހަފުސްވަމުން.. މިއީ ދެވަނަ ބޮޑު ހަނގުރާމާގައި 1 ލައްކަ މީހުން އެއްފަހަރާ ބޮމުން އަނދާލި އެމެރިކާ..