ބާރުގަދަ ބިންހެލުމަކާއި ގުޅިގެން އެމެރިކާ އާއި ކެނެޑާއަށް ސުނާމީއެއް އަރާފާނެ ކަމުގެ އިންޒާރުދީފިއެވެ.
އެމެރިކާގެ ޖިއުލޮޖިކަލް ސާވޭ އިން ބުނާ ގޮތުގައި އެމެރިކާގެ އަލަސްކާ އަށް ބިންހެލުމެއް އައިސްފައި ވަނީ 7.8 މެގްނެޓިއުޑްގެ ބާރުމިނުގައެވެ.
ކެނެޑާ އާއި އެމެރިކާގެ ޕެސިފިކް ކޯސްޓް ސަރަހައްދުގައި ދިރިއުޅޭ މީހުން ރައްކާތެރި ސަރަހައްދުތަކަށް ދާން މިހާރު ވަނީ އަންގާފައެވެ. ސުނާމީ އަރާފާނެ ކަމަށް ލަފާކުރެވޭ ސަރަހައްދުތަކުގެ ތެރޭގައި ހަވާއީއެއް ނުހިމެނެއެވެ.
"މިހާތަނަށް ލިބިފައިވާ މައުލޫމާތައް ބަލާއިރު 300 ކިލޯމީޓަރުގެ ސަރަހައްދަކަށް ސުނާމީ ދަތުރު ކޮށްފާނެ." ސުނާމީ އަރާފާނެ ކަމަށް ލަފާކޮށް ނެރުނު އިންޒާރުގައި ބުނެފައި ވެއެވެ.
ބިންހެލުން އައިސްފައި ވަނީ ކަނޑުގެ ހަމޭލު އަޑިއަށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އެމެރިކާގެ މީޑިއާތަކުން ބުނާ ގޮތުގައި ބިންހެލުމުގެ ސަބަބުން ބައެއް އިމާރާތްތަކަށް ލޮޅުން އަރާފައި ވެއެވެ. ނަމަވެސް އެއްވެސް އިމާރާތެއް ވެއްޓި، މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް އަދި މިހާތަނަށް ލިބިފައި ނެތް ކަމަށް އެމެރިކާގެ މީޑިއާތަކުން ބުނެއެވެ.
ބިންހެލުން އައިސްފައި ވަނީ އަލަސްކާގެ ގަޑިން ރޭގަނޑު 23:12 ހާއިރުއެވެ. މިއަދު ބިންހެލުން އައިތަނަށް ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ވެސް ދިހަ ވަރަކަށް ބިންހެލުން އައިސްފައި ވެއެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ ބިންހެލުންތައް އައިސްފައި ވަނީ ހަތަރު މެގްނެޓިއުޑަށް ވުރެ ވެސް ދަށްކޮށެވެ. އެހެންވެ ގިނަ ބިންހެލުންތައް އައިކަން މީހުންނަށް އިހްސާސް ކުރެވިފައެއް ނުވެއެވެ.
އަލަސްކާ އަކީ މީގެ ކުރިން ވެސް ބާރުގަދަ ބިންހެލުންތައް އައިސް، ބޮޑެތި ސުނާމީތަކެއް ވެސް އަރާފައިވާ ސްޓޭޓެކެވެ.
ގިޔަމަތުގެ ކުދި އަލާމާތްތައް ބިންހެލުން ގިނަ ވުން
ސުބްހާނަﷲ?